22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

މޫސަލްގައި ކުރާ ހަނގުރާމަ

މޫސަލް ދޫކޮށް 200،000 އެއްހާ މީހުން ދާނެކަމަށް ބެލެވޭ:އދ

  • މޫސަލް ހިފުމުގެ އޮޕަރޭޝަން ފެށުމާއެކު އެ ސިޓީ ދޫކޮށް 700،000 އެއްހާ މީހުންވަނީ ނުކުމެފަ
  • އިރާގުގެ ފައުޖުތަކުން ދެކޭގޮތުގައި ރޯދައިގެ ކުރިން އެމީހުންނަށް ކާމިޔާބު ހޯދޭނެ
އަބުދުﷲ މުހައްމަދު | 8Abbo

| 19 މެއި 2017 | ހުކުރު 16:14 | |

މަގުބޫލް

  1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
  8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


ޓައިގްރިސް ކޯރުގެ ދެ ފަރާތައް -- ރޮއިޓަރސް

އިރާގުގެ ފައުޖުތަކުން އައިއެސްގެ އަތްދަށުގައި އެންމެ ފަހުން އޮތް ޑިސްޓްރިކްޓް ދޫކޮށް އިރާގުގެ 200،000 އަށްވުރެ ގިނަ މީހުން ދާން ޖެހިދާނެ ކަމަށް އދ.އިން ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު  މޫސަލް ހިފުމުގެ އޮޕަރޭޝަން ފެށުމާއެކު އެ ސިޓީ ދޫކޮށް 700،000 އެއްހާ މީހުންވަނީ ނުކުމެފައެވެ. އެ މީހުން ހިޔާވަހިކަން ހޯދާފައިވަނީ ރައްޓެހިންނާ ގާތްތިމާގެ މީހުންގެގާތުންނާއި ރެފިއުޖީ ކޭމްޕް ތަކުންނެވެ.

އދ އިން އިރާގަށް ކަނޑައަޅުއްވާފައި ހުންނަވާ ހިއުމެނިޓޭރިއަން ކޯޑިނޭޓަރ ލިސީ ގްރާންޑެ ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ އަސްކަރީ އޮޕަރޭޝަން ވަރުގަދަވެ ގަދީމީ ސިޓީ މޫސަލްއާ ކައިރިވަމުންދާއިރު 200،000 އެއްހާ މީހުން ސިޓީ ދޫކޮށް ދާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.

"ސިޓީ ދޫކޮށްދާ މީހުންގެ އަދަދު ވަރަށް ގިނަ ، އަދި އެ ދަނީ އިތުރުވަމުން އެއާއެކު ސިޓީ ދޫކޮށްދާ އާއްމުންނަށް ރައްކާތެރިކަން ދެވޭކަން ކަށަވަރުކުރުންވަނީ ދަތިވެފަ" އޭނާ ވިދާޅުވިއެވެ.

ހިއުމަންރައިޓްސް ވޮޗުން ބުނީ އިރާގުގެ އަސްކަރިއްޔާ އާއި އެގަމުގެ އިތުރު އޮފިޝަލުންވެގެން ގެދޮރުގެއްލިފައިވާ 300 އާއިލާއެއް އަނބުރާ މޫސަލްއަށް ދިއުމަށް މަޖުބޫރު ކުރުވާފައިވާކަމަށެވެ. އެމީހުން އަނބުރާ މޫސަލްއަށް ފޮނުވިއިރުވެސް މޫސަލް އޮތީ އައިއެސްގެ ހަމަލާތައް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމެއްގައި ކަމަށް އެ ޖަމާއަތުން ބުނެއެވެ.

" މި އާއިލާތަކަށް މަޖުބޫރުކޮށްގެން ނުވާނެ ރައްކާތެރި ނޫން އަދި އެކަށީގެންވާވަރަށް ބޯފެނާއި ކާނާއާއި،ކަރަންޓް އަދި ސިއްޚީ ހިދުމަތްތައް ލިބެން ނެތް ސަރަހައްދުތަކަށް ދިއުމަށް" ހިއުމަން ރައިޓްސް ވޮޗްގެ މެދުއިރުމަތީގެ ޑިރެކްޓަރ ލަމާ ފާކިހް ވިދާޅުވިއެވެ.

އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުގެ އެހީއާއެކު އިރާގުގެ ފައުޖުތަކުންވަނީ އެ ސިޓީގެ 12 ވަރަކަށް އަކަ ކިލޯމީޓަރު ސަރަހައްދުން އައިއެސް ފައްސާލާފައެވެ. ބަރަކާތްތެރި ރަމަޟާން މަސް އައުމަށް ހަފްތާއެއްހާ ދުވަސް އޮތް އިރު އިރާގުގެ ފައުޖުތަކުން ދެކޭގޮތުގައި ރޯދައިގެ ކުރިން އެމީހުންނަށް ކާމިޔާބު ހޯދޭނެއެވެ. ނަމަވެސް ގަދީމީ ސިޓީގެ ކޮންޓްރޯލް އޮތީ ހަނގުރާމަވެރިންގެ އަތްދަށުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް