26 ޖުލައި 2017 | ބުދަ | ފުސް 12

ގެއްލިގެން ހޯދަމުންދާ ކޮޅުވެއްޓީގައި ވިލިފުށީ ދެމަފިރިން!

  • ޖުމްލަ ހަ މީހުން ދަތުރުކުރި
  • އެންމެ ފަހުން ހަބަރެއްވީ މިމަހު 16 ވީ އަންގާރަ ދުވަހުގެ 21:30 ގައި
  • ކޮޅުވެއްޓީގައި ތިބި ދެމަފިރިންގެ ހަތަރު އަންހެން ކުދިން އެބަ ތިބި

| | | RiznaZareer | |



ގެއްލިގެން ހޯދަމުންދާ ވިލިފުށީ ދެމަފިރިން -- ފޮޓޯ:ރާއްޖެ އެމްވީ

ކ.ތުލުސްދޫއިން ފުރައިގެން ލ.ގަމަށް ދަތުރުކުރަމުން ދަނިކޮށް ގެއްލިގެން ހޯދަމުންދާ ކޮޅުވެއްޓީގައި ވިލިފުށީގެ ދެމަފިރިން ތިބި ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެ އެވެ.

 

މި ކޮޅުވެއްޓީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ މިމަހު 16 ދުވަހުގެ ރޭ  21:30 ހާއިރު އެވެ. ޖުމްލަ ހަ މީހުން ދަތުރުކުރި މިކޮޅުވެއްޓީގައި ތިބީ 2 ދިވެހިންނާއި 4 ބިދޭސީން ކަމަށް ވެރި ފަރާތުން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

އެ ދެ ދިވެހިންނަކީ ތ.ވިލިފުށީ ފިނިހިޔާގެ އާދަމް ނައީމްއާއި އޭނާގެ އަންހެނުން އެ ރަށު ކޮށިބިއްލޫރިގޭ ޒުލައިޚާ އުސްމާނު އެވެ.

 

ނައީމްއަކީ މި ކޮޅުވެއްޓީގެ ކެޕްޓަން ކަމަށްވާއިރު ޒުލޭޚާ މާލޭގައި ހުރުމުން އޭނާ ގޮވައިގެން ވިލިފުއްޓަށް ގެންދިޔުމަށް ފުރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.  ނައީމާއި ޒުލޭޚާއަކީ އުމުރުން 50 އަހަރާ ގާތްކުރާ ދެމަފިރިން ކަމަށާއި މި ދެމަފިރިންގެ ހަތަރު އަންހެން ކުދިންވެސް ތިބޭ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.  

 

ކ.ތުލުސްދޫއިން ފުރައިގެން ލ.ގަމަށް ދަތުރުކުރި "މާރިޔާ-3" ގެއްލިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ 16:16 ހާއިރުއެވެ.

 

މިހާތަނަށް ކުރި މަސައްކަތުން މި ކޮޅުވެއްޓީގެ އެއްވެސް ޙަބަރެއް ލިބިފައެއް ނުވެއެވެ.

 

"މާރިޔާ-3" އަކީ ދިގުމިނުގައި 139 ފޫޓު ހުރި، ބޭރުގައި ގަދަ ފެހި ކުލައިގެ ދަވާދު ލާފައިވާ ކޮޅުވެއްޓިއެކެވެ. އަދި ކޮޅުވެއްޓީގެ ފަހަތުގައި ހުދު ކުލަ ލާފައިވާ ސްޕާރ ސްޓްރަކްޗަރ ވީލްހައުސްއާއެކު މަތީގައި ރަތް ދަވާދު ލާފައިވެއެވެ.

މިއުޅަނދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށާއި ފެކްސް ކުރައްވާނަމަ 3391665 ފެކްސް ކުރެއްވުމަށް އެމްއެންޑީއެފުން އެދިވަޑައިގެންނެވި އެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ


ޙަސަން

2 މަސް ކުރިން

Vilifushi eh noon kiyanee. Vilufush kiyanee. Meehunnaai rah rashaai thanthanaai echchessah kiyaa nan nan ran'galhah olhun filuvaigen liyebala

0
0
Guidhoari

2 މަސް ކުރިން

Yageen thi bangaalhin midhemafiringe.dhuvas dhuhvaalafa ethi hifaigen nattaaleem . Lafaakurevenee edhaitha govigen beybege.dhuvas dhuvvaalaafakamah edhaanee

0
0
Guidhoari

2 މަސް ކުރިން

Thivaanee kolhuvegreega thibi bangaalhin deal hadhaafa firihenkaleyge maraafa dhahthagovaigen beyrah fureekamah.

0
0