19 އޭޕުރިލް 2018 | ބުރާސްފަތި | 12 އައްސިދަ

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

  • ފުރަތަަަމަ ވަޑައިގަންނަވާނީ ސައުދީ އަށް
އަހުމަދު އަނޫޝު | IamAhmedAnoosh

| 19 މެއި 2017 | ހުކުރު 13:56 | |ރައީސް ޓްރަމްޕް އަދި ސައުދީ ޑެޕިއުޓީ ކްރައުން ޕްރިންސް މާޗްގައި ވައިޓް ހައުސް ގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ގޫގުލް

ވެރިކަމަށް ވަޑައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވާނެއެވެ.

ގައުމުން ބޭރަށް ރައީސް ޓްރަމްޕް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވާއިރު، ފުރަތަމަ ވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާ އަށެވެ. އަށް ދުވަހުގެ މި ދަތުރުފުޅުގައި އިޒްރޭލް، އިޓަލީ އަދި ބެލްޖިއަމް އަށް ވެސް ވަޑައިގަންނަވާނެއެވެ.

ގައުމުން ބޭރަށް ކުރައްވާ މިދަތުރުފުޅުގައި ރައީސް ޓްރަމްޕާއެކު ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި  ރައީސް ޓްރަމްޕް ގެ އަނބިކަނަބަލުން މެލަނިއާ ޓްރަމްޕާއި، ނެޝެނަލް ސެކިޔުރިޓީ އެޑްވައިޒާ އެޗް.އާރް. މެކްމާސްޓާ އާއި، ސެކްރެޓަރީ އޮފް ސްޓޭޭޓް ރެކްސް ޓިލާސަން އާއި، ސެކްރެޓަރީ އޮފް ޑިފެންސް ޖޭމްސް މެޓިސް އާއި، ދަރިކަނަބަލުން އިވަންކާ ޓްރަމްޕާއި އެކަމަނާގެ ފިރިކަލުން ޖެރެޑް ކުޝްނާ ހިމެނިވަޑައިގަންނަވައެވެ.

ރިޕޯޓުަތައް ބުނާގޮތުން ސައުދީ އަށް ރައީސް ޓްރަމްޕް ކުރައްވާ ދަތުރުފުޅުގެ ސަބަބުން، އަރަބި ދުނިޔޭގައިވާ އެމެރިކާގެ އެންމެ ގާތް ބައިވެރިޔާ ކަމަށްވާ ސައުދީ އާ ދެމެދު، ކުޑަކޮށްނަމަވެސް ގޯސްވެފައިވާ ގުޅުން ބަދަހި ކުރެވޭނެއެވެ.

ރައީސް ޓްރަމްޕް ހޮނިހިރު ދުވަހު ސައުދީގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެއެވެ. އޭގެތޭރޭގައި ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް-ސައުދް އަދި ޑެޕިއުޓީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އާ ބައްދަލު ކުރައްވާނެއެވެ. 

ސައުދީން އެމެރިކާ އެހީއަށް ބޭނުންވާ ކަންކަން އެބަހުއްޓެވެ. އެއީ އިރާނާއި ދެކޮޅަށް މަސައްކަތް ކުރުމުގަޔާއި އަދި ހަނގުރާމަވެރި ޖަމާއަތްތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި އެމެރިކާގެ އެހީތެރިކަމެވެ. 

ރައީސް ޓްރަަމްޕް ގައުމުން ބޭރަށް ދަތުރުފުޅުކުރައްވާއިރު އެތެރޭގެ ތަފާތު ފިއްތުންތަކާއި ވަނީ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް