21 ޖެނުއަރީ 2019 | ހޯމަ | 04 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

އެމްޓީސީސީ

އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!

  • އެމްޓީސީސީގެ އަސާސީ ގަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭ އިން ހުއްޓުވީ ޖަލްސާ ފެށެން ވަގުތު ކުޑަތަން ވެފައިވަނިކޮށް
  • އަސާސީ ގަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭ އިން ހުއްޓުވީ ކޯޕަރޭޓް ގަވަނަންސްގެ މައްސަލަތަކެއް ހުރިކަމަށް ބުނެ
އަމިނަތް ނުޒުހާ | Nuzuha

| 19 މެއި 2017 | ހުކުރު 05:05 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  5. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  6. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  7. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  8. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ


އެމްޓީސީސީގެ "ޚާއްސަ ގޮތުން ކުރާ އާއްމު ޖަލްސާ" ގެ ތެރެއިން -- ރާއްޖެއެމްވީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށައެޅުމަށް އެކުންފުނީގެ އެނުއަލް ޖެނެރަލް މީޓިންގއެއް ބޭއްވުމަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (ސީއެމްޑީއޭ) އިން އެކަމަށް ހުރަސްއަޅައިފިއެވެ.

ހޮޓެލް ޖެންގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އޭޖީއެމް މީޓިންގގައި އެމްޓީސީސީގެ ޗެއާމަން އަހްމަދު ނިޔާޒް ވިދާޅުވީ، އަސާސީ ގަވާއިދަށް އިސްލާހު ނުގެންނަން ނިންމީ ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް ސީއެމްޑީއޭ އިން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ.

އެމްޓީސީސީގެ އަސާސީ ގަވައިދަށް އިސްލާހު ގެންނަން ހޮޓެލް ޖެންގައި ބޭއްވި "ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާ" އަށް ހުށަހަޅާފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ޑިރެކްޓަރުންގެ އަދަދު 10 ން ހަތަކަށް މަދު ކުރުމާއި ހިއްސާގެ މޫނުމަތީ އަގު ދަށް ކުރުމާއެކު ރައިޓްސް އިޝޫ ކުރުމެވެ. ނަމަވެސް ޖަލްސާ ބާއްވަން ކައިރިވެފައި ވަނިކޮށް ސީއެމްޑީގެ އެދުމުގެ މަތިން އެ އިސްލާހު ނުގެންނަ ގޮތަށް ނިންމީއެވެ.

ނިޔާޒް ވިދާޅުވީ، ކޯޕަރޭޓް ގަވަނަންސްގެ މައްސަލަ ތަކެއް އެކަމުގައި ހުރިކަމަށް ސީއެމްޑީއޭއިން ބުނެފައިވާކަމަށެވެ. އެހެންކަމުން އެ އިސްލާހު ނުގެންނަން ނިންމީ އެހެންވެކަމަށް ނިޔާޒް ވިދާޅުވިއެވެ.

އެމްޓީސީސީން ބުރާސްފަތިދުވަހު ބޭއްވި ހާއްސަ ޖަލްސާއަށް 123 ހިއްސާދާރުން ހާޒިރުވެފައިވެއެވެ. މިގޮތުން ޕްރޮކްސީ ހިފައިގެން ގޮސްތިބީ މީގެ ތެރެއިން 82 މީހެކެވެ.

އެމްޓީސީސީގެ ހާއްސަ ގޮތުން ކުރި އާއްމު ޖަލްސާގައި އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅަން ނުނިންމި ނަމަވެސް އެ ކުންފުނީގެ ހިންގާ ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް