22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

ދޯންޏެއް ގިރިއަކަށް އެރުން

ގިރިއަކަށް އެރި މަސްދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިވަނީ

  • ދޯނީގައި 21 މީހުން ތިބި، މީހަކަށް ގެއްލުމެއް ނުވޭ
  • މިދޯނި އަރާފައި ވަނީ ގދ ތިނަދޫއާ 6 ނޯޓިިކަލް މޭލް ދުރުގައި އޮންނަ ގިރިއަކަށް
އަހުމަދު މުހުސިނު | dhonbandaara

| 19 މެއި 2017 | ހުކުރު 04:51 | |

މަގުބޫލް

  1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
  8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


ބުރާސްފަތި ދުވަހުގެރޭ ގިރިއަށް އެރި ދޯނި -- އެމްއެންޑީއެފް

މަސްވެރިކަން ކުރާ "ވަނަ ދޯނި" ނަމަކަށް ކިޔާ ދޯންޏެއް ގދ.ތިނަދޫ ކައިރީ އޮތް ގިރިއަކަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ގާތްގަނޑަކަށް 21:47 ހާއިރު މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު ދިޔަ ހިއްކާ ޕަމްޕާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި ދޯނި އޮތް ސަރަޙަދަށް ގޮސް ދޯނީގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިދޯނި އަރާފައި ވަނީ ގދ ތިނަދޫއާ 6 ނޯޓިިކަލް މޭލް ދުރުގައި އޮންނަ ގިރިއަކަށެވެ. 

މިހާދިސާގައި ހިނގިއިރު ދޯނީގައި 21 މީހުން ތިއްބެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިހާދިސާގައި ދޯންޏަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައިގާ ކަނޑުމަތީގެ ތަފާތު ހާދިސާތައް ދަނީ ހިނގަމުންނެވެ. ކަމާބެހޭ ހުރިހާ ފަރާތްތަކަކުންވެސް ވަނީ މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް