26 ޖުލައި 2017 | ބުދަ | ފުސް 12

އެމްޓީސީސީގެ ހިންގާ ޤަވާއިދަށް އިސްލާހުތަކެއް ހުށަހަޅައި ފާސްކޮށްފި

  • ޕްރޮކްސީ މެދުވެރިކޮށް 82 ހިއްސާދާރުން ތަމްސީލުކޮށްފައިވޭ

| | | RiznaZareer | |



އެމްޓީސީސީއިން ބޭއްވި 2017 ވަނަ އަހަރުގެ ޙާއްސަ ގޮތުން ކުރާ އާންމު ޖަލްސާ -- ފޮޓޯ:ރާއްޖެ އެމްވީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ ހިންގާ ޤަވާއިދަށް އިސްލާހުތަކެއް ހުށަހަޅައި ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ހޮޓެލް ޖެންގައި، އެމްޓީސީސީއިން ބޭއްވި 2017 ވަނަ އަހަރުގެ ޙާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައެވެ.

އެމްޓީސީސީގެ ހިންގާ ޤަވާއިދަށް ހުށަހެޅުނު އިސްލާޙްތަކުގެ ތެރޭގައި 2016 ވަނަ އަހަރުގެ އަހަރީ ޖަލްސާ ބާއްވާ ތާރީޚާއި ހަމައަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ އަދަދު 10 ޑިރެކްޓަރުންގެ ގޮތުގައި ބޭއްވުމަށާއި އަދި މިހާރު ޑިރެކްޓަރުންގެ ބޯޑުގައި ތިއްބެވި ޑިރެކްޓަރުން އެތާރީޚާއި ހަމައަށް މަޤާމުގައި ދެމިތިބުމުގެ ހުއްދަ ދިނުމުގެ ޚާއްސަ ޤަރާރު ފާސްކުރުން ހިމެނެއެވެ.

މިހުށަހެޅުނު އިސްލާހަށް ކުންފުނީގެ ހިއްސާދާރުންގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ.

މި ޖަލްސާއަށް ހާޒިރުވީ 41 ހިއްސާދާރުންނެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 82 ހިއްސާދާރުން ތަމްސީލުކޮށްފައިވާއިރު، ޖަލްސާގައި މުޅިއެކު 281،225 ހިއްސާ ވަނީ ތަމްސީލުކޮށްފައެވެ.

ކުންފުނީގެ އަސާސީ ޤަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ޙާއްސަ ޤަރާރަކުން ފާސްކުރުން އެޖެންޑާކޮށްފައިވީ ނަމަވެސް މި އައިޓަމް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މީގެ އިތުރުން ކުންފުނީގެ ޙިއްޞާގެ މޫނުމަތީ އަގު ދަށްކުރުމަށްފަހު، ކޮންމެ ހިއްޞާއަކަށް 1 (އެކެއް) ހިއްޞާ ގަތުމަށް ދަޢުވަތު ދީ، ރައިޓްސް އިޝޫއެއް މެދުވެރިކޮށް، ކުންފުނީގެ ހިއްޞާދާރުންނަށް ހިއްޞާ ވިއްކުމަށް ހުޅުވާލުމާއި ބެހޭ ހާއްޞަ ޤަރާރު ފާސްކުރަން ހުށަހެޅި ނަމަވެސް މިއައިޓަމްވެސް ކުރިއަކަށް ނުގެންދެވުނެއެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ