22 އޭޕުރިލް 2018 | އާދީއްތަ | 01 ބުރުނު

އޭސީޕީ ނަވާޒް ކޮމާންޑް ސެންޓަރަށް ބަދަލުކޮށްފި

  • އޭސީޕީ ކަމަށް އައްޔަންކުރެއްވީ ޖޫން 29، 2015 ގައި
ރިޒުނާ ޒަރީރު | RiznaZareer

| 19 މެއި 2017 | ހުކުރު 04:27 | |



އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ވެރިއަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް، ފުލުހުންގެ ކޮމާންޑު ސެންޓަރަށް ބަދަލުކޮށްފިއެވެ.

ކޮމާންޑް ސެންޓަރަށް ނަވާޒު ބަދަލުކުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެކަން ރާއްޖެއެމްވީ އަށް ވަނީ ކަށަވަރުވެފައެވެ.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ކަމަށް، ޖޫން 29، 2015 ގައި އައްޔަންކުރެއްވި ނަވާޒު، ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔަކަށް ބަދަލުކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ރިޔާޒު މަޤާމުން ދުރުކުރުމަށް ފަހުއެވެ.

މުހައްމަދު ރިޔާޒު މަގާމު ބަދަލުކުރިއިރު، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީންގެ ރަޝީދުގެ މަރުގެ މައްސަލަވެސް ދިޔައީ ތަހްގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް