22 އޭޕުރިލް 2018 | އާދީއްތަ | 01 ބުރުނު

އުމުރާ ގުރޫޕްތައް ހެދުމުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއްގެ ނުފޫޒް ފޯރުވާކަން ދޭހަވާ އޯޑިއޯއެއް

  • "މިހާރުވެސް ވާނީ މީހަކަށް ހަތަރު ގުރޫޕް ހަދައިދީފަ"
  • "މިހާރު ހުރި ހުރިހާ ގުރޫޕްތައް އުވާލާނަން"
  • "ދެން އުމުރާ ގުރޫޕެއް ހަދަން 5 ލައްކަ ރުފިޔާ ބަހައްޓަން ޖެހޭނެ"
އަހުމަދު މުހުސިނު | dhonbandaara

| 19 މެއި 2017 | ހުކުރު 04:03 | |އޯޑިއޯ ޓޭޕެއް: އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯއެއް ވަނީ ލީކުވެފައި -- ގޫގުލް

ރާއްޖެއިން މީހުން އުމުރާއަށް ގެންދިއުމަށް ގުރޫޕްތަކަށް ހުއްދަ ދިނުމުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެލެވޭ ބޭފުޅެއްގެ ނުފޫޒް ފޯރުވާކަން ދޭހަވާފަދަ  އޯޑިއޯއެއް ލީކުވެއްޖެއެވެ.

ރާއްޖެ ޓީވީއަށްވެސް ލިބިފައިވާ އެއޯޑިއޯގައި އެބޭފުޅާ ވިދާޅުވާ ގޮތުގައި އެބޭފުޅާ ބޭނުން ބަޔަކަށް އުމުރާއަށް މީހުން ގެންދާ ގުރޫޕްތައް ހަދައިދޭ ކަމަށާއި މިހާރުވެސް ހިޔަލީ ކިޔާ މީހަކަށް ހަތަރު ގުރޫޕް ހަދައިދީފައިވާނޭ ކަމަށް ވިދާޅުވެއެވެ. އަދި އެގުރޫޕްތައް ހަދައިދީފައިވާނީ އެބޭފުޅާ ކަމަށްވެސް އެއޯޑިއޯގައި ވިދާޅުވެއެވެ.

އެއޯޑިއޯގައި އެބޭފުޅާ ވިދާޅުވާ ގޮތުގައި އިތުރު މީހަކަށްވެސް މިހާރު ގުރޫޕެއް އެބަ ހައްދަވައިދެއްވާ ކަމަށާއި މިހާރު އެގުރޫޕް ހަދައިދެނީ އެބޭފުޅާ ކަމަށް ވިދާޅުވެއެވެ.

އަދި މިފަހަރުގެ ގުރޫޕްތައް ހެދުމަށްވެސް ކުއްލިއަކަށް (ޓަސް ކިޔާފައި) އިއުލާން ކުރެއްވީ ކަމަށާއި އެބޭފުޅާ ބޭނުންވެއްޖެނަމަ ގްރޫޕްތައް ހެދޭނެ ކަމަށް އެއޯޑިއޯގައި ވިދާޅުވެއެވެ.

އުމުރާ ގުރޫޕެއް ގެންގުޅޭ މީހެއްކަމަށް ބެލެވޭ މީހަކު އޭނާގެ ގުރޫޕްވެސް މިފަހަރު ހިމެނޭނެތޯ ބުނުމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެލެވޭ ބޭފުޅާ ވިދާޅުވަނީ އަދި ހުރިހާ ގުރޫޕްތަކެއްގެ ހުއްދަ ބާތިލް ކުރައްވާނެ ކަމަށެވެ. އަދި އެންމެންގެ ހުއްދަ ބާތިލް ކުރައްވުމުން ދެން ކުރިމަތި ލެވޭނީ 5 ލައްކަ ރުފިޔާގެ ބިޑް ގެރެންޓީއެއް ބަހައްޓައިގެން ޕްރޮޕޯސަލްވެސް ގަނެގެން ކަމަށް އޮފިޝަލް ކަމަށް ބެލެވޭ މީހާ ވިދާޅުވެއެވެ.

އެބޭފުޅާ ވިދާޅުވާ ގޮތުގައި މިހާރު ހުއްދަތައް ހުޅުވާލާފައިވަނީ ހަނދުބަލާމަހާހަމައަށް ގުރޫޕްތަކަށް ހުއްދަދޭން ވެގެން ކަމަށެވެ. އަދި ހުއްދަ ދިނުމަށްފަހު އެބޭފުޅާ ބޭނުން ގޮތަކަށް ހައްދަވާނެ ކަމަށްވެސް ވިދާޅުވެއެވެ.

އޭނާ ވިދާޅުވަނީ މިހާރު އޭނީ އިއުލާން ޖަހާލާފައި ކަމަށާއި އަދި ކުރިން އޮންނަ އުސޫލާ އެއްގޮތައް ވަގުތީގޮތުން އެވަނީ ހުއްދަ ހުޅުވާލާފައި ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަލީ

11 މަސް ކުރިން

ސާބަހޭ ބޭފުޅާއަށް . ދީނީކަންކަމުންވެސް ފައިދާނެގޭތޯބައްލަވާތި. އަދި އެބޭފުޅަކަށް ދެމުނުގޮތަކަށް ރައްޔިތުން އަތުން ދަމާލާ. ދީނެއް މިއްލަތެއް ބަލާނެ ކަމެއްނެތް ކައްވާލެވޭތޯބައްލަވާ. ވެލްކަމް ޓު .. ގްރޫޕް. ގެޓް ރެޑީ ފޮރ ޕްރޮމޯޝަން.

0
0
ސަލީމް

11 މަސް ކުރިން

ޙަައްޖު ހުއްދަ ދީފައި ކުންފުނި ތަކުގެ ތެރޭގައި ވަނީ މީނާ ހަދާ ދީ ފައިވާ 3 ކުންފުނި ހިމެނޭ މި 3 ކުންފުނި ވެސް ނިސްބަތް ވަނީ ހިޔަލީ ރަޝީދު އަށް އެއީ އަލްޙަރަމައިން ހިޔަލީ ގެ އަމިއްލަ ނަމުގައި ހިޔަލީގެ ހިއްސާ އޮންނަ ދަރުމަ ގުރޫޕް ކިޝްވާ ހިޔަލީ ގެ ދައްތަ ގެ ދަރި އެއް ގެ ވީ މަާ ހުއްދަ ދީފައި މިވަނީ މީނާ ގެ ނުފޫޒް ބޭނުން ކޮށް ގެން

0
0
Hp

11 މަސް ކުރިން

Dera kame

0
0