23 ނޮވެންބަރު 2017 | ބުރާސްފަތި | 11 ނޮރަ

އަހަރެން އަބަދުވެސް ނިކުންނާނީ މެޗުން މޮޅުވާން: ޓަވަރޭޒް

  • ދެވަނަ ބުރަށް ކުރިމަތި ލާއިރު ނިއުގެ މުހިންމު ކުޅުންތެރިންތަކެއް ތިބީ ސަސްޕެންޝަނުގަ
  • ނިއު އާއި ވެލެންސިއާ ކުޅޭ މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ

| | | AbdhullahZiyan | |



އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ:ރާއްޖެ އެމްވީ

ވެލެންސިއާއަކީ ފެންވަރު ހުރި ޓީމެއް ކަމަށާއި، ލީގުގައި އެޓީމު އޮތީ، އެޓީމު އޮތުން ހައްގު މަގާމުގައި ނޫން ކަމަށް ނިއުރޭޑިއަންޓުގެ ކޯޗް ބެނާޑޭ ޓަވަރޭޒް ބުނެފިއެވެ.

އެސްޓީއޯ މާލެ ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން، ނިއުގެ ކޯޗް ޓަވަރޭޒް ބުނީ، ވެލެންސިއާއަކީ ދަށް ޓީމެއް ނޫން ކަމަށާއި، ފުރަތަމަ ބުރުގައި ނިއުއިން ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް އެކަން ހާމަވެގެން ދިޔަ ކަމަށެވެ.

ކޯޗް ބުނީ އެ މެޗުން ނިއުއަށް ލިބުނީ އުނދަގޫ މެޗެއް ކަމަށާ، ވެލެންސިއާގައި މޮޅު ކުޅުންތެރިން އެބަ ތިބަކަމަށެވެ. ނަމަވެސް އެޓީމުގައި ދިމާވާ ހަމައެކަނި މައްސަލައަކީ ގޯލު ނުޖެހުން ކަމަށާއި، މެޗުތަކުގައި ނަސީބު ދެރަވުން ކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ.

އެގޮތުން ކޯޗު ބުނީ ވެލެންސިއާ އަކީ މޮޅެތި ކުޅުންތެރިންނާއި، މޮޅު ކޯޗިން ސްޓާފެއް އޮތް ޓީމެއް ކަމަށާއި، އެޓީމް ލީގުގައި މިވަގުތު އޮތީ އެޓީމު އޮންނަން ހައްގު މަގާމުގައި ނޫން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ކޯޗު ބުނީ، ނިއުގެ ހާލަތު މިވަގުތު އެންމެ ރަނގަޅު ނޫން ކަމަށާއި، މުހިންމު ކުޅުންތެރިންތަކެއް ސަސްޕެންޝަނުގައި ތިބި ނަމަވެސް އެތަން ފޫ ބައްދާނެ ކަމަށެވެ. އެގޮތުން ނިއުގައި ތިބީ 11 ކުޅުންތެރިން ނޫން ކަމަށާއި، ސްކޮޑެއް އޮތުމުގެ ބޭނުމަކީ އެއީ ކަމަށްވެސް ކޯޗް ވަނީ ފާހަގަ ކޮށްފައެވެ.

ކޯޗް ބުނީ މިއީ ޓީމުގައި ތިބި މޮޅެތި އެހެން ކުޅުންތެރިންނަށް ކުޅެން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި، އެހެންކަމުން ސަސްޕެންޝަނުގައި ތިބި ކުޅުންތެރިންގެ ބަދަލުގައި ޓީމުގައި ތިބި ޒުވާން ހުނަރުވެރި ކުޅުންތެރިންނަށް ޖާގަ ދޭނެ ކަމަށެވެ. ކޯޗު ބުނީ އެ ކުޅުންތެރިންގެ ފެންވަރު ދައްކާލުމަށް މިއީ ލިބޭ ފުރުސަތެއް ކަމަށާ، މެޗަށް ނިކުންނާނީ މޮޅު ވާން ކަމަށެވެ. އޭނާއަކީ އެއްވަރުވާން ނުވަތަ ބަލިވާން މެޗަށް ނިކުންނަ މީހެއް ނޫން ކަމަށްވެސް ކޯޗް ވަނީ ބުނެފައެވެ.

ނިއު އާއި ވެލެންސިއާ ކުޅޭ މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ