22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

ޓްރާންސްފާ ބާޒާރު

ވެރާޓީ ހޯދުމަށް އެންމެފަހުން ޗެލްސީން 55 މިލިއަން ޕައުންޑު ހުށަހަޅައިފި

  • ވެރާޓީ ވަނީ 2020 ވަނަ އަހަރުގެ ނިޔަލަށް ޕީއެސްޖީގައި މަޑުކުރަން އެއްބަސްވެފައި
ލީވާން އަލީ | MrLeevaan

| 19 މެއި 2017 | ހުކުރު 00:55 | |

މަގުބޫލް

  1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
  8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


ޕީއެސްޖީއަށް ކުޅެމުން އަންނަ ވެރާޓީ -- ގޯލް.ކޮމް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އިޓަލީގެ މިޑް ފިލްޑަރު މާކޯ ވެރާޓީ ހޯދުމަށް އެންމެ ފަހުން ޗެލްސީން 55 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު ނޫހެއްކަމަށްވާ ދަ ސަން އިން ބުނީ ވެރާޓީ ހޮދުމަށް ޗެލްސީން 55 މިލިއަން ޕައުންޑު ހުށަހަޅާފައިވާ ކަމަށާއި، ކުރިޔަށް އޮތް ޓްރާންސްފާ ބާޒާރުގައި އެޓީމުން އެންމެ ގެންނަން ބޭނުންވަނީވެސް އޭނާ ކަމަށެވެ.

މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ވެރާޓީ ހޯދުމަށް ޗެލްސީން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން އެ ކްލަބުން ވަނީ އޭނާ ހޯދުމަށް 30 މިލިއަން ޕައުންޑުގެ އަގުހުރި ހުށަހެޅުމެއްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް އެހެންނަމަވެސް އޭނާ ވަނީ އެ ހުށަހެޅުން ރިޖެކްޓްކޮށްފައެވެ.

ވެރާޓީ ހޯދުމަށް ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ އިރު، އޭނާ ވަނީ 2020 ވަނަ އަހަރުގެ ނިޔަލަށް ޕީއެސްޖީގައި މަޑުކުރަން ނިންމާފައެވެ. އެގޮތުން ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން ވެރާޓީ ބުނީ މީގެ ހަތަރު އަހަރު ކުރިން އޭނާ ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށާއި، އަދިވެސް އެ ހުވަފެން ހަގީގަތަކަށް ހަދަން އޭނާ ބޭނުންވާ ކަމަށެވެ.

ޕީއެސްޖީއާ 2012 ވަނަ އަހަރު ގުޅުނު ވެރާޓީ ވަނީ އެ ކްލަބާއެކު ހޭދަކުރި ހަތަރު ސީޒަނުގައި 198 މެޗު ކުޅެދީ ހަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް ކުޅުނު 21 މެޗުގައި އެއް ލަނޑު ކާމިޔާބުކޮށްފަ އެވެ.
ޕީއެސްޖީއާ އެކު އޭނާ ވަނީ ހަތަރު ލީގު ތަށި، ދެ ލީގް ކަޕް، ހަތަރު ފްރެންޗް ސުޕާކަޕް ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުން އޭނާ ވަނީ ސެރީއާ ބީގެ ޕެސްކާރާއާ އެކުވެސް ގިނަ ކާމިޔާބީތައް ހޯދާފަ އެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް