19 އޭޕުރިލް 2018 | ބުރާސްފަތި | 12 އައްސިދަ

ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!

  • މި ސީޒަނަށްފަހު ބެލެރިން ބާސާއަށް ބަދަލުވާނެކަމަށް ރިޕޯޓްތައް ބުނޭ
  • މި ސީޒަނަށްފަހު ޑެނީލޯ ރެއާލް މެޑްރިޑް ދޫކޮށްލާނެކަމަށް ރިޕޯޓްތައް ބުނޭ
ލީވާން އަލީ | MrLeevaan

| 19 މެއި 2017 | ހުކުރު 00:45 | |ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޑެނީލޯ (ވ) -- ގޯލް.ކޮމް

އާސެނަލް އަށް ކުޅެމުން އަންނަ ހެކްޓާ ބެލެރިންގެ ރިޕްލޭސްމަންޓަކަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޑެނީލޯ ގެންނަން އުޅޭކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު ނޫހެއްކަމަށްވާ ޑޮންބަލޮން އިން ބުނީ އާސެނަލް އިން ޑެނީލޯ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެޓީމުން އޭނާ ހޯދަން މަސައްކަތްކުރަނީ ބެލެރިންގެ ރިޕްލޭސްމަންޓަކަށް ކަމަށެވެ.

ޕޯޗުގަލްގެ އެފްސީ ޕޯޓޯ ދޫކޮށްލުމަށްފަހު، 2015 ވަނަ އަހަރު ރެއާލްއާ ގުޅުނު ޑެނިލޯވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި އެޓީމަށް ކުޅުނު 54 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕްވެސް ކާމިޔާބުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން މީގެކުރިން ބާސާ އަށް ކުޅުނު އުމުރުން 22 އަހަރުގެ ބެލެރިން ހޯދުމަށް އެޓީމުން އަންނަނީ މަސައްކަތްކުރަމުން ކަމަށާއި، އަންނަ ސީޒަނުގައި އޭނާ ފެންނާނީ ބާސާ ޖޯޒީގައި ކަމަށެވެ.

އާސެނަލްގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެލެރިން ވަނީ އެޓީމަށް ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ކުޅުނު 102 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު އެފްއޭކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑްވެސް ކާމިޔާބުކޮށްފައެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި އާސެނަލް މިހާތަނަށް ކުލުނު 37 މެޗުން 72 ޕޮއިންޓް ހޯދާފައިވާއިރު، އެޓީމު ވަނީ 22 މެޗުން މޮޅުވެފައެވެ. އެހެންނަމަވެސް ބާކީ ނުވަ މެޗުން އެޓީމު ބަލިވިއިރު، އަނެއް ހަ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް