22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

މާލޭ ލީގު

މަގާމު ދެމެހެއްޓޭނީ ކްލަބުގެ ނަން ބޮޑުވެގެން ނޫން: ސޮބާ

  • މާލޭ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ގްރީން ނުކުންނާނީ ޓީސީއާ ދެކޮޅަށް
  • ގްރީން ވަނީ ފުރަތަމަ ބުރުގައި ޓީސީ އަތުން 1-3 އިން މޮޅުވެފަ
ނާފިއު ރަޝީދު | NaphiuR

| 19 މެއި 2017 | ހުކުރު 00:11 | |

މަގުބޫލް

  1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
  8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


ކްލަބު ގްރީން ސްޓްރީޓުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) -- ރާއްޖެއެމްވީ

މާލޭ ލީގުގައި ކުޅޭ ހުރިހާ ކްލަބަކީވެސް އެއްވަރެއްގެ ޓީމުތަކެއް ކަމަށާއި އެހެންކަމުން މަގާމު ދަމަހައްޓައި ޗެމްޕިއަންކަން ހޯދޭނީ އެ ކްލަބެއްގެ ނަމަށް ބުރަވެގެން ނޫން ކަމަށް ކްލަބު ގްރީން ސްޓްރީޓުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފިއެވެ.

ލީގުގެ ދެވަނަ ބުރުގައި ގްރީން ސްޓްރީޓާއި ޓީސީ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސޮބާ ބުނީ ކޮންމެ ޓީމެއްވެސް މޮޅުވަނީ އެޓީމަކުން އެދުވަހެއްގެ މެޗެއްގައި ދައްކަމުން އަންނަ ކުޅުމުން ކަމަށެވެ. އެގޮތުން ލީގު ހޯދައި މަގާމު ދެމެހެއްޓޭނީ އެ ކްލަބެއްގެ ނަން ބޮޑުވެގެން ނޫން ކަމަށް ސޮބާ ބުންޏެވެ.

ސޮބާ ބުނީ ކޮންމެ ކްލަބަކުންވެސް ރަނގަޅު ގޮތުގައި ކުޅުންތެރިން މެއިންޓެއިންކޮށް ރަނގަޅު މެނޭޖްމަންޓަކާއެކު މަސައްކަތް ކޮށްފި ނަމަ ކިތަންމެ ކުޑަ ޓީމަކަށްވެސް ލީގު ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސޮބާ ވަނީ އެޓީމުގެ ބިދޭސީ ކުޅުންތެރިންގެ ފެންނަމުންދާ މޮޅު ކުޅުން ފާހަގަކޮށް ދެވަނަ ބުރުގައި ވެސް އެ ކުޅުންތެރިންގެ ދައުރު ބޮޑުވާނެ ކަމަށް ބުނެފައެވެ.

ފުރަތަމަ ބުރާ ހިލާފަށް ދެވަނަ ބުރުގެ މެޗުތައް ވާދަވެރިވާނެކަން ފާހަގަކުރަމުން ސޮބާ ބުނީ ލީގުގެ ތިންވަނަ މަގާމުގައި އޮވެ ފުރަތަމަ ބުރު ނިންމާލި ނަމަވެސް އެޓީމު އޮތް ހިސާބު އެނގޭ ކަމަށާއި އެހެން ކަމުން ސައިޒު އޮޅިގެން ނުދާނެ ކަމަށެވެ. އަދި އެޓިމު އޮންނާނީ ހަމަ ބިމުގައި ކަމަށް ސޮބާ ބުންޏެވެ.

ސޮބާ ބުނީ ލީގުގެ ފުރަތަމަ ބުރު ނިންމާ ދެވަނަ ބުރަށް ކުރިމަތިލާ އިރު އެޓީމު އޮތް ހިސާބާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ލީގުގެ ފުރަތަމަ ބުރުގައި ޓީސީ އަތުން މޮޅުވި ނަމަވެސް ސޮބާ ބުނީ ހުރިހާ ގޮތަކުން ބެލިނަމަވެސް ޓީސީ އަކީ ގްރީން އަށް ވުރެން ވަރުގަދަ ޓީމެއް ކަމަށެވެ. އެގޮތުން އެޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓް އަދި ކޯޗަށް ބެލި ނަމަވެސް ގްރީން އަށް ވުރެން އެތައް ތަނެއް އެޓީމުން ތަފާތު ވާނެ ކަމަށް ސޮބާ ބުންޏެވެ. އަދި ކުރިއަށް އޮތް މެޗަށް ނުކުންނައިރުވެސް އެޓީމުން ނުކުންނާނީ ޓީސީ އަށް ފުރިހަމައަށް އިހްތިރާމްކޮށްގެން ކަމަށް ސޮބާ ބުންޏެވެ.

ސޮބާ ބުނީ ގުރީން ސްޓްރީޓަކީ އަލަށް އައި ޓީމަކަށް ވުމާއެކު ފުރަތަމަ ބުރުގައި ބައެއް ޓީމުތަކުން އެޓީމާ ދެކޮޅަށް ކުޅުނު މެޗުތައް ފަސޭހަ ވާނެ ކަމަށް ވިސްނާފައި އޮވެދާނެ ކަމަށާއި ނަމަވެސް ދެވަނަ ބުރު ފަށާއިރު އެއްވެސް ޓީމަކުން މިހާރު އެގޮތަށް ނުދެކޭނެ ކަމަށެވެ.

ގްރީން ސްޓްރީޓްސް އާއި ޓީސީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް