22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީން "އައްޑޫރިލީފް ފަންޑް" ހުޅުވައިފި

  • މި ފަންޑްފޮއްތަކީ އައްޑޫ ހިތަދޫ ރައްޔިތުންނަށް އެހީވުމަށް ހުޅުވި ފަނޑެއް
  • އައްޑޫ\ހިތަދޫގެ 11 އާއިލާއެއް ވަނީ ހާލުގައި ޖެހިފައި
  • ޖުމްލަ  16 ގެއެއްގެ ފުރާޅު އެއްލާލައި އެކި ވަރުގެ ގެއްލުން އެ ގެތަކަށް ވަނީ ލިބިފަ

| | | nuzu8121 | |މި ފަންޑަށް ކޮށްމެ ބޭފުޅަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެ -- ފޮޓޯ:ރާއްޖެ އެމްވީ

އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީގެ ފަރާތުން "އައްޑޫ ރިލީފް ފަންޑް" ހުޅުވައިފިއެވެ.

 ރާއްޖެޓީވީގެ ބިޒްނަސް ޑިވެލެޕްމެންޓް މެނޭޖަރ ސިމާނާ އިސްމާއިލް ވިދާޅުވީ، މި ފަންޑަކީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ އަތޮޅު ހިތަދޫއަށް ބުދަ ދުވަހުގެ ރޭ 10.45 ހާއިރު އެރި ނަގޫރޯޅި އާއި ގުޅިގެން އައްޑޫ ހިތަދޫގެ 11 އާއިލާއެއް ހާލުގައި ޖެހިފައިވާތީ އެ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ރާއްޖެޓީވީން ހުޅުވާލި ރިލީފް ފަންޑެއް ކަމަށެވެ.

މިއަދު ހަވީރު 5.00 ގައި ހުޅުވި މި ފަންޑްފޮށި ހުންނާނީ ރާއްޖެޓީވީގައި އެވެ. 

ފަންޑަށް އެހީވުމަށްޓަކައި ދިވެހިރުފިޔާ އަދި ޑޮލަރު އެކައުންޓެއް ވަނީ ގާއިމް ކުރެވިފައެވެ. އެގޮތުން ދިވެހި ރުފިޔާއިން އެހީވުމަށް އެކައުންޓް ނަމްބަރު 7704700410001 އަދި ޑޮލަރުންނަމަ 7704700410002 އަށް ފައިސާ ކުރެވިދާނެ އެވެ. 

ބުދަދުވަހުގެ ރޭ އައްޑޫ ހިތަދުއަށް އެރި ނަގޫރޯޅީގެ ސަބަބުން ޖުމްލަ  16 ގެއެއްގެ ފުރާޅު އެއްލާލައި އެކި ވަރުގެ ގެއްލުން އެ ގެތަކަށް ވަނީ ލިބިފައެވެ. ފުރާޅު އެއްލާލި ގެތަކުގައި ދިރިއުޅެމުން ދިޔަ މީހުންނަން ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއި އެކު ، ވަގުތީ ގޮތުން  ބޯހިޔާވަހިކަން މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށް އައްޑޫ މޭޔަރު   އަބްދުﷲ ސޯދިގް ސޯބެ ވިދާޅުވިއެވެ.

މި ހާދިސާ އާއި ގުޅިގެން ދިވެހި ރެޑްކޮރަސަންޑާއި އައްޑޫ ހައުސިން މިނިސްޓްރީގެ ޑިޕާޑްމެންޓުގެ އިތުރުން އެމްއާރުޑީސީގެ ފަރާތުން ވެސް އެހީތެރިކަން ފޯރުކޮށްދޭކަން ސޯބެ ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާގައި ލިބުނު ގެއްލުންމުގެ ތަފްސީލް ބަލަމުން އަންނަ ކަމަށާއި، ލިބުނު ގެއްލުމުގެ ތަފްސީލެއް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހޯދޭނެ ކަމަށް ލަފާކުރެވޭ ކަމަށް ސޯބެ ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ އިތުރުން ގދ. ނަޑެއްލާ، އއ. ތޮއްޑޫގެ އިތުރުން ތ. އަތޮޅުގެ ގިނަ ރަށްތަކަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފައެވެ.

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ