19 އޭޕުރިލް 2018 | ބުރާސްފަތި | 12 އައްސިދަ

ޕީޕީއެމް ޖަގަހަ ޖަލްސާތައް ބާއްވަން ފެށުމުން އެމްޑީޕީގެ ޖަލްސާތަކަށް ދާމީހުން މަދު: ޕީޕީއެމް

  • ޕީޕީއެމުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެޕާޓީއަށް ބޮޑު ކާމިޔާބެއް ލިބުނުކަމަށް
  • ޕީޕީއެމުން ބުނީ ޖަގަހަ ޖަލްސާތަކަށް ގިނަ މީހުންދާތީ އިދިކޮޅު ފަރާތްތަކުން ޖެއްސުން ކުރަމުންދާ ކަމަށް
  • ޕީޕީއެމުން ބުނީ ރައީސް ޔާމީން އެކަނިމާއެކަނި ނިކުންނަވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދަވައިފި ކަމަށް
މުހައްމަދު ފަޒީން | phaxyn

| 18 މެއި 2017 | ބުރާސްފަތި 21:39 | |ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށްފަހު، ސަރުކާރު ކޯލިޝަން، ޕީޕީއެމް-އެމްޑީއޭ ބާއްވަމުންދާ ޖަގަހަ ޖަލްސާތަކަށް ރައްޔިތުންގެ ތަރުހީބު ބޮޑުވެ، އިދިކޮޅު އެމްޑީޕީން ބާއްވަމުންދާ ހަރުގެ ޖަލްސާތަކަށްދާ މީހުން މަދުވެއްޖެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

 

ބުރާސްފަތި ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ރައީސް ޔާމީން ފެކްޝަންގެ ސެކެރެޓަރީ ޖެނަރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު ވިދާޅުވީ ޕީޕީއެމުން ޖަގަހަ ޖަލްސާތަކަށް އަންނަ މީހުން ގިނަކަމުން އިދިކޮޅު ފަރާތްތަކުން ޖެއްސުންކުރަމުންދާ ކަމަށެވެ.

 

ޕީޕީއެމުން ބާއްވާ ޖަގަހަ ޖަލްސާއަށް ނުދިއުމަށް ރައީސް ޔާމީން އެދިލައްވާކަމަށް ބުނެ މެސެޖެއް ދައުރުވާ ކަމަށް ހަލީލު ވިދާޅުވި އެވެ. އަދި އެ މެސެޖްތައް ފޮނުވަނީ އިދިކޮޅު ފަރާތްތަކުން ކަމަށް ހަލީލު ތުހުމަތު ކުރެއްވި އެވެ. ހަލީލު އެގޮތަށް ވިދާޅުވިނަމަވެސް މިހާތަނަށް އެފަދަ އެއްވެސް މެސެޖެއް ދައުރުވާކަން އެނގިފައެއް ނުވެއެވެ.

 

ޕީޕީއެމް ޖަގަހަ ޖަލްސާތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާއިރު ސަރުކާރުގެ އިސްވެރިންނާއި ޕީޕީއެމް ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ އަދި އެމްޑީއޭގެ މަޖިލިސް މެމްބަރުން ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

 

ޕީޕީއެމުން ބުނީ ނިމިދިއަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދިން މީހުންގެ ނިސްބަތުން، ޕީޕީއެމް ރައީސް ޔާމީން އެކަނިމާއެކަނި 41 ޕަސެންޓް ރައްޔިތުންގެ ވޯޓް ހޯއްދެވުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ. އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް މައުމޫން އަބްދުއް ާއްޔޫމާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އެކުވެގެން އެބޭފުޅުންނަށް ލިބިފައިވަނީ 45 ޕަސެންޓް ވޯޓް ކަމަށެވެ. ބާކީ 14 ޕަސެންޓް ވޯޓަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނަށް ދީފައިވާ ވޯޓްކަމަށްވެސް ޕީޕީއެމުން ބުނެއެވެ. އަދި ވަކި ޕާޓީއަކަށް ނުވާ ކެންޑިޑޭޓުންނަށް ދީފައިވާ ވޯޓުގެ މެޖޯރިޓީ ވޯޓަކީ ވެސް ޕީޕީއެމް ވޯޓް ކަމަށް ޕީޕީއެމުން ބުނެއެވެ.

 

ނިމިދިއަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލްތަކުގެ 23 ގޮނޑީގެ ތެރެއިން 21 ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. ޕީޕީއެމަށް ލިބިފައިވަނީ ފުވައްމުލަކު އުތުރުދާއިރާގެ ގޮނޑި އެކަންޏެވެ.

 

އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ.  އަދި އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުންވެސް ބައެއް ގޮނޑިތައް ކާމިޔާބު ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ވަހީދު

11 މަސް ކުރިން

ނާހަމަ ތެދެއް. އޮޅުވާލިޔަސް ތީ ފުކެއް ބޮޑުވަރު. އަމިއްލަ ނަފްސައް އޮޅުވާލަން ހަދައިގެންނޭ ވާނުވާ ނޭންގިގެން ތިޔަ އުޅެނީ

0
0
Husain

11 މަސް ކުރިން

Reyga beyvvi jalsaagaves ppm dharubaaru faction meehun ginaveema audiance tv in dhakkaakashei nukerun. Jalsaaga thibrr baraabaru 43 meehun. Baivaruthà dho. Boahalaakuvefa thini gamaarunthakei dhakkaa kahala vaahaka dharubaru faction in dhakkanee.

0
0
އިބުރާހިމް

11 މަސް ކުރިން

މަޖިލިސް މެންބަރުކަން ދޫކޮށްލާފައި ފުރަތަމަ ހަލީލް ޕްރީސްކޫލާ ޖޮއިންކުރަން ފެންނަނީ ހިސާބުދަސް ކުރަން، ކައުންސިލް އިންތިހާބުގެ 664 ގޮނޑީގެ ތެރެއިން ޕޕމ އަށް ލިބުނީ 191 ގޮނޑި، އެއީ %28 ޕަސެންޓް، %72 ބުނީ ނޫނެކޭ، ދެން ކޮން %41 ގެ ވާހަކައެއް. އަވަހަށް ޕްރީސުކޫލާ ޖޮއިންކުރޭ

0
0
އަހުމަދު

11 މަސް ކުރިން

ތިގޮތަށް ތިގޮތަށް 5 ގަޑިއިރުން 11000 މީހުންވެސް ޕޕމ އެއް ސޮއިކުރިނުން، އެކަމު ވޯޓުން އެންމެ ގޮނޑިއެއްވެސް މާލެއިން ނުލިބުން، ތިދާމީހުން ތި ޕާޓީޖަލްސާއަށް ިދަނީ ގަދަބާރުން މަޖުބޫރުކޮށްގެން ހެހެހެހެހެ

0
0