16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ސީރިޔާ މައްސަލަ

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

  • އޭޕްރީލް ގައި ސީރިޔާގައި ދިން ކެމިކަލް ހަމަލާ އާއި ގުޅިގެން އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި
  • މިފަހަރު ކަންކުރާނީ ކިހިނެއްތޯ އެމެރިކާ އިން ދަނީ ވަޒަން ކުރަމުން
އަހުމަދު އަނޫޝު | IamAhmedAnoosh

| 18 މެއި 2017 | ބުރާސްފަތި 20:10 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


މަރާލުމަށް ފަހު އިންސާނުންގެ ހަށިގަނޑު އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކުރާ ތަން -- އާކައިވް

އޭޕްރީލް  މަހު ސީރިޔާގައި ދިން ކެމިކަލް ހަަމަލާއާ ގުޅިގެން، އެކަމުގެ ރައްދުގައި އެމެރިކާއިން ވައިގެ ހަމަލާ ދިނެވެ. ސަރުކާރުގެ އެޖެންސީ އަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅިއެެވެ.

މީގެ މަދު ދުވަސްތަކެއް ކުރިން އެމެރިކާ އިން ސީރިޔާއަށް ވަނީ ބޮޑުވެގެންވާ ތުހުމަތެއް ކޮށްފައެވެ. އެއީ ސީރިޔާ ސަރުކާރުން ވެރިރަށް ދިމިސްކްއާ ކައިރި ހިސާބެއްގައި ހުންނަ ޖަލެއްގައި އެތައް ބަޔަކު މަރާލުމަށް ފަހު ހާއްސަ ތަނެއްގައި އެ އެންމެން އަންދާލި ވާހަކައެވެ.

އެމެރިކާ އިން ބުނާ ގޮތުން ސީރިޔާ ސަރުކާރުގެ މި އަމަލުތަކުގެ ހެކިވެސް އެބަހުއްޓެވެ. އެމެރިކާ އިން ބުނަމުން ދަނީ ބައްޝާރުގެ ސަރުކާރުން މަރާފައިވާ އެތައް ސަތޭކަ ބައެއްގެ ހަށިގަނޑު އަންދާ އަޅިއަށް ހަދާލުމަށް، މީހުން އެންދުމަށް ބޭނުންކުރާ އިތުރު މެޝިންތައް އަސްކަރީ ޖަލުތަކުގައި ޤާއިމްކުރުމަށް ސީރިޔާ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އެމެރިކާއިން ސީރިޔާއަށް ކުރި ތުހުމަތާ ގުޅިގެން ސީރިޔާގެ ފޮރިން މިނިސްޓްރީއިން ބުނެފައި ވަނީ އެއީ "އާ ހޮލީވުޑް ޕްލޮޓެއް" ފަދަ ވާހަކައެއް ކަމަށެވެ. އެފަދަ ވާހަކަތަކުގެ ބޭނުމަކީ ސީރިޔާ އަށް އެމެރިކާ އިން "ވެރިވެގެން ތިބޭ ތިބުމަކީ ހައްގު ތިބުމެއް ކަން"، ސާބިތު ކުރުމަށް ދައްކާ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ސީރިޔާ ސަރުކާރުން ބުނެއެވެ. ސީރިޔާ ސަރުކާރުން އިތުރަށް ބުނެފައި ވަނީ އެމެރިކާގެ މާޒީ އަށް ބާލާއިރު އަސްކަރީ ގޮތުން ގައުމުތަކަށް އަތްގަދަ ކުރުމަށްޓަކައި އަބަދުވެސް ދޮގުތައް އެމެރިކާ އިން ހަދަމުންދާ ކަމަށެވެ.

ސީރިޔާ އިން މީހުން އެންދި ކަމަށް ކުރާ ތުހުމަތުގައި އެމެރިކާ އިން ދަނީ ހެކިތައް ދައްކަމުންނެވެ. ތަފްސީލީ ހެކިތަކެއް ހާމަ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދާދިފަހުން ބުނެފައި ވަނީ ކޮންމެ ދުވަހަކު ސައިދްނަޔާ އަސްކަރީ ޖަލުގައި 50 މީހުން ދަން ޖައްސާ މަރާލާއި ކަމަށާއި އަދި އޭގެ ތެރެއިން ގިނަ މީހުން ދެން ހާއްސަ ތަނެއްގައި އަންދާލާ ކަމަށެވެ.

ސީރިޔާ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާ މި ދަނޑިވަޅަކީ އެމެރިކާ ސަރުކާރުން ސީރިޔާ އާއި ދޭތެރޭ އަމަލު ކުރާނީ ކޮން ގޮތަކަށްތޯ ބަލާ، ކަންކުރަން ހުރި  "އޮޕްޝަންތައް" ކިރާ ވަޒަން ކުރަމުންދާ ދުވަސްވަރެވެ. ސީރިޔާގެ ހަ އަހަރުވީ ދާހިލީ ހަނގުރާމައިގައި 400،000 މީހުން މަރުވެފައިވާއިރު، ސީރިޔާގެ އާބާދީގެ ދެބައިކުޅައެއްބައި ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.

ސީރިޔާ އަށް ދިން ކެމިކަލް ހަމަލާގައި ބަލިވި ކުއްޖަކަށް ފަރުވާ ދެނީ

 

އޭޕްރީލް މަހު ސީރިޔާ ސަރުކާރުން އެގައުމުގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ވަނީ ސީރިޔާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އަދި ސީރިޔާ ސަރުކާރަށް އަޅާ އާންމުވެގެންވާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސީރިޔާ ސަރުކާރުގެ އެޖެންސީއެއްގެ 271 މުވައްޒަފަކަށް އެމެެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުވެސް ވަނީ އަޅާފައެވެ. ހަލަބަށް އޭޕްރީލް ކުރީކޮޅު ދިން ކެމިކަލް ހަމަލާ އާއި ގުޅިގެން މަދުވެގެން 80 މީހުން މަރުވެ 557 މީހުންނަށް ފަރުވާ ދޭންޖެހިފައި ވެއެވެ. މިހަމަލާއާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުއިން އިނގިލި ދިއްކުރަނީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. ނަމަވެސް އަސަދުގެ ސަރުކާރުން ބުނަމުން ދަނީ އެފަދަ ހަމަލާއެއް ނުދޭ ކަމަށެވެ.

ސުވާލަކީ މިއީއެވެ. ކެމިކަލް ހަމަލާއަށް ފަހު ދެން ދުނިޔޭގެ ރާޑަރަށް ސީރިޔާ އެރީ އެގައުމުގައި "މީހުން މަރާފައި، ސިއްރު ކުރަން އަންދާ ވާހަކައެވެ." މިފަހަރު އެމެރިކާ އިން ސީރިޔާ އަށް ދޭނީ ކޮން ހަމަލާތަކެއް ބާ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް