23 ނޮވެންބަރު 2017 | ބުރާސްފަތި | 11 ނޮރަ

މުޖުތަބާ އިކޮނޮމިކް މިނިސްޓްރީއަށް، އައްޒާމު އެންސްޕާގެ ސީއީއޯއަށް ހަމަޖައްސައިފި

  • މުޖުތަމާ އެންސްޕާގެ ސީއީއޯގެ މަޤާމުން ވަކިކޮށްފައިވަނީ މިއަދު
  • އެންސްޕާގެ ސީއީއޯ ކަމުން މުޖުތަބާ ވަކިކޮށްފައިވާ އިރު ދާދި ފަހުން ސިއްހީ ހިދުމަތްދޭ އަމިއްލަ ފަރާތްތަކަށް އާސަންދަގެ ހިދުމަތް ކަނޑާލަން ނިންމި
  • ސަރުކާރުގެ މަޤާމުތަކަށް ގިނަ ބަދަލުތަކެއް އަންނަނީ ގެންނަމުން

| | | FathimathShana | |



އެންސްޕާ ބިލްޑިން -- ފޮޓޯ:ގޫގުލް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްސަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ މުޖުތަބާ ޖަލީލް، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް ބަދަލުކޮށް، އެންސްޕާގެ ސީއީއޯގެ މަޤާމަށް އިސްމާއިލް އައްޒާމު ވަޖީހު އައްޔަނުކުރައްވައިފި އެވެ.

 

ރައީސް އޮފިހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރައްވާފައިވާ ޓްވީޓުގައި ވަނީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަޤާމަށް އިސްމާއިލް އައްޒާމު ވަޖީހު ހަމަޖައްސާފައިވާ ކަށެވެ. އިސްމާއިލް އައްޒާމު ވަޖީހު މި މަގާމަށް ރައީސް އަބްދުﷲ ޔާމީނު ހަމަޖައްސާފައިވާ އިރު އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް އައްޔަނުކުރައްވާފަ އެވެ.

 

މުޖުތަބާ އެންސްޕާގެ ސީއީއޯގެ މަޤާމުން ވަކިކޮށްފައިވަނީ ބުރާސްފަތި ދުވަހު އެވެ.

 

އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް މަޤާމުން ވަކިކޮށް، އޭނާ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކުރިއިރު، ސިއްހީ ހިދުމަތްދޭ އަމިއްލަ މަރުކަޒުތަކުން އާސަންދަގެ ހިދުމަތް ނުދިނުމަށް، އެންސްޕާއިން ވަނީ މި މަހުގެ 6 ވަނަ ދުވަހު ނިންމާފަ އެވެ. އެ ނިންމުމާއެކު ސަރުކާރުން ހާމަކޮށްފައިވަނީ އެންސްޕާއިން އެ ނިންމުން ނިންމާފައިވަނީ ރައީސް އޮފީހާ އެއްވެސް މިންވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އަދި ރައީސް އޮފީހުން ވަނީ ކުރިއެކޭ އެއްގޮތަށް އާސަންދަގެ ހިދުމަތް ދިނުމަށް އެންސްޕާއަށް އަންގާފަ އެވެ.

 

މުޖުތަބާ ޖަލީލަކީ، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އަދި ފާތިމަތު އިބްރާހިމް އިސްނަންގަވައިގެން ކުރިއަށްގެންދާ އިޖުތިމާއީ ހަރަކާތްތައްވެސް ރާވާ އިންތިޒާމްކުރުމުގައި މުޖުތަބާ އިސްދައުރެއް އަދާކުރައްވައެވެ.

 

ސަރުކާރުން އެންސްޕާގެ ސީއީއޯ މަޤާމުން ވަކިކޮށްފައިވާ އިރު މިދުވަސް ވަރު އަންނަނީ ސަރުކާރުގެ ތަފާތު އެކި މަޤާމަތަކަށް އެކި ކަހަލަ ބަދަލުތައް ގެންނަމުންނެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ