22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

ވިއްސާރައިގައި ގެއްލުވާ ރައްތަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި

  • ފުލުހުން އަންނަނީ ތ އަތޮޅާއި ގދ އަތޮޅުގެ ރަށްތަކަށް އެހީ ތެރިކަން ފޯރުކޮށްދެމުން

| | | FathimathShana | |ތ އަތޮޅުގެ ރަށްތަކުގައި ފެން ހިއްކުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ:މޯލްޑިވްސް ޕޮލިސް ސާރވިސް

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނދު މޫސުމުގެ ވިއްސާރައިގައި އެކި ރަށްރަށުގައި ފެންބޮޑުވެ ގޯތި ގެދޮރަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފުލުހުން ހަރަކާތްތެރިވަން ފަށައިފި އެވެ.

 

ފުލުހުން ބުނީ އެކި ރަށްރަށުގައި ފެންބޮޑުވެ ގޯތި ގެދޮރަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފުލުހުން އެރަށް ރަށުގެ ރައްޔިތުންނާއެކު ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

 

އައްޑޫ ސިޓީގެ އިތުރުން ތ. ގުރައިދޫ، މަޑިފުށި، ތިމަރަފުށި، ހިރިލަންދޫ، ދިޔަމިގިއްޔަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގޯތިގޮދަރަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ފެން ހިއްދުމުގެ މަސައްކަތުގައި ފުލުހުން ވަނީ ހަރަކާތްތެރިވަމުންނެވެ. އަދި ގޭގެއަށް ފެން ނުވަންނަ ގޮތަށް ވެލިބަސްތާ ޖެހުމުގައި ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ކުރަމުންދާ ހުޅުމޫސުމުގެ ވިއްސާރައިގެ ވައިގަދަވެ ބޯކޮށް ވާރޭވެހުމުގެ ބައެއް ރަށްރަށަށް ގެއްލުންތައް ވެފައިވާއިރު ރޭ ވަނީ އައްޑޫ ސިޓީއަށް ނަގޫރޯޅިއެއް އަރައި ބައެއް ގެތަކަށް ގެއްލުންތަކެއް ވެފައެވެ.

 

 

މީގެއިތުރުން ގދ. ރަތަފަންދޫގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިއްދުމުގެ މަސައްކަތްތަކުގައި އާއި ގދ. މަޑަވެލީގައިވެސް ފެންބޮޑުވެ އެރަށުގެ ބައެއް ގޭގެއަށް ފެންވަދެ އެކިވަރުގެ ގެއްލުންތައްލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

 

މިހާރު ކުރަމުންދާ ވިއްސާރައިގެ ވައިގަދަވެ ބޯކޮށް ވާރޭވެހުމުގެ ބައެއް ރަށްރަށަށް ގެއްލުންތައް ވެފައިވާއިރު ރޭ ވަނީ އައްޑޫ ސިޓީއަށް ނަގޫރޯޅިއެއް އަރައި 16 ގެތަކަށް ގެއްލުންތަކެއް ވެފައެވެ

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ