19 ޖޫން 2018 | އަންގާރަ | 03 އަދަ
އިމްސާކް 04:15
05 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:20
އަސްރު 15:35
މެންދުރު 12:11
އިރުއަރާ 05:55
ފަތިސް 04:36

އެފްއޭއެމް

ކުޅުންތެރިންނަށް ކަނޑައެޅިފައި ވަނީ ހައްގު އަދަބު: އެފްއޭއެމް

  • އެފްއޭއެމުން ސަސްޕެންޑުކުރީ ނިއުގެ ތިން ކުޅުންތެރިންނާއި އީގަލްސްގެ ކުޅުންތެރިއަކާއި އެސިސްޓެންޓް ކޯޗު
  • މި ކުޅުންތެރިންނަށް ދެވަނަ ބުރުގެ ދެ މެޗު ގެއްލޭނެ
  • ސަސްޕެންޝަންގެ ސަބަބުން އެންމެބޮޑު ގެއްލުމެއްވާނީ ނިއުރޭޑިއަންޓަށް
ނާފިއު ރަޝީދު | NaphiuR

| 18 މެއި 2017 | ބުރާސްފަތި 18:51 | |

މަގުބޫލް

  1. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
  2. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
  3. ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!
  4. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
  5. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
  6. ތައިލެންޑްގެ ޝާހީ އާއިލާގެ މުދާތައް ރަސްގެފާނުގެ ނަންފުޅު މައްޗަށް ބަދަލުކޮށްފި
  7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
  8. ސަލްމާން އަށް ވަރުގަދަ ރައްދެއް ރަންބީރު ދީފި!


ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައި އިދާރާ -- ވީނިއުސް

ކުޅިވަރިގެ ރޫހާއި ހިލާފުވި ނިއު ރޭޑިއަންޓުގެ ތިން ކުޅުންތެރިންނަށް ކަނޑައެޅިފައިވާ އަދަބު ލުއިކޮށްދެވެން ނެތް ކަމަށާއި އެ ކުޅުންތެރިންނަށް ކަނޑައެޅިފައިވަނީ ހައްގު އަދަބު ކަމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފިއެވެ.

ކުޅިވަރުގެ ރޫހާއި ހިލާފުވެގެން އެފްއޭއެމުން ފިޔަވަޅު އަޅާފައި ވަނީ އެޑްރިއަން ގަލާޑޯ އާއި ސޮލާހް އަދި އިމްރާން މުހައްމަދެވެ.

މި ތިން ކުޅުންތެރިންނަށް ކަނޑައެޅިފައިވާ އަދަބު ލުއިކޮށްދެވެން ނެތް ކަމަށް ބުނެ، އެފްއޭއެމުން މިކަން ހާމަކުރީ ނިއު ރޭޑިއަންޓުން މި ކުޅުންތެރިންގެ އަދަބު ލުއިކޮށްދިނުމަށް އެދި އެ އިދާރާއަށް އިސްތިއުނާފް ހުށަހަޅާފައި ވަނިކޮށް އެކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެފްއޭއެމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އެސްޓީއޯ މާލޭ ލީގުގައި މެއި މަހުގެ 7 ވަނަ ދުވަހު ނިއު ރޭޑިއަންޓާއި ކްލަބު އީގަލްސް ބައްދަލުކުރި މެޗު ނިމުމަށްފަހު ހިނގައިދިޔަ ކުޅިވަރުގެ ރޫހާއި ހިލާފު އަމަލުތައް ދިރާސާކޮށް އެ އިދާރާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ ގޮތާމެދު ނިއު ރޭޑިއަންޓުން ހިތްހަމަ ނުޖެހިގެން އިސްތިއުނާފް ހުށަހަޅާފައިވާ ކަމަށެވެ.

މިކަމާ ހަވާލާދީ އެފްއޭއެމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އެ އިދާރާގެ އިސްތިއުނާފް ކޮމިޓީން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ރިއާޔަތްކޮށް މައްސަލަ ދިރާސާ ކުރުމަށްފަހު މި ކުޅުންތެރިންނަށް ކަނޑައެޅިފައިވަނީ ހައްގު އަދަބު ކަމަށް ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމުން ފިޔަވަޅު އަޅާފައިވާ ކުޅުންތެރިންގެ ތެރޭގައި ނިއުގެ ތިން ކުޅުންތެރިންނާއި ކްލަބު އީގަލްސްގެ ކުޅުންތެރިއަކާއި އެޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

އެފްއޭއެމް އިން ފިޔަވަޅު އަޅައި ސަސްޕެންޑް ކޮށްފައިވާ ނިއުރޭޑިއަންޓުގެ މުހިންމު ކުޅުންތެރިންނަކީ ގޯލްކީޕަރު އިމްރާން މުޙައްމަދާއި ފޯވާޑް އެޑްރިއަން ގަލާޑޯ އާއި، މިޑްފީލްޑަރ ޖަމަލް ރޮމާނޯއެވެ. މިއިން ކޮންމެ ކުޅުންތެރިއެއް ވެސް ސަސްޕެންޑް ކޮށްފައި ވަނީ ދެ މެޗަށެވެ.

ކީޕަރު އިމްރާން މުޙައްމަދު ދެ މެޗަށް ސަސްޕެންޑް ކުރުމަށް އެފްއޭއެމް ބުނެފައި ވަނީ ދެ ކުޅުންތެރިއެއްގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުމެއް ހޫނުކުރުމަށް އިމްރާންގެ ސަބަބުން މަގުފަހިވެފައިވާ ކަމަށެވެ.

އިމްރާނަކީ 17 އަހަރު ޤައުމީ ޓީމަށް ކުޅުނު ކީޕަރަކަށްވުމުން އެހެން ކީޕަރުންނަށް ނަމޫނާއަކަށް ވާންޖެހޭނެކަން ފާހަގަކޮށްފައި ވެއެވެ. ސަސްޕެންޑްކުރުމުގެ އިތުރުން އިމްރާން ވަނީ 2،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ގަލާޑޯ ސަސްޕެންޑްކުރީ މެޗު ނިމުމަށް ފަހު ދެ ޓީމްގެ ކުޅުންތެރިން ސަލާމް ކުރަމުންދިޔަ ވަގުތު އީގަލްސްގެ އިބްރާހީމް މުބީން އަހުމަދު ރަޝީދު ކޮއްޕާލާ، ހަމަލާދީފައި ވާތީ ކަމަށް އެފްއޭއެމްއިން ބުނެއެވެ. ސަސްޕެންޝަނުގެ އިތުރުން ގަލާޑޯ 4،000 ރުފިޔާއިން ޖޫރިމަނާކޮށްފައި ވެސް ވެއެވެ.

ޖަމަލް ދެ މެޗަށް ސަސްޕެންޑްކުރުމުގެ އިތުރުން 4،000 ރުފިޔާއިން ޖޫރިމަނާކުރީ މުބީން ގައިގަ ޖަހަން ހޫރާލި ފައިން އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހުމަދު ޝާކިރުގެ ގައިގަ ޖަހާފައިވާތީއެވެ.

މީގެ އިތުރުން މިދިޔަ އަހަރު ބީޖީއަށް ކުޅުމަށްފަހު މިއަހަރު ނިއުރޭޑިއަންޓްގެ ލިސްޓްގައި ހިމަނާފައިވާ ޞޮލާހް ވަނީ ހަ މެޗަށް ސަސްޕެންޑްކޮށްފައެވެ. އޭނާ ސަސްޕެންޑްކުރީ އެދުވަހުގެ ލިސްޓްގައި ނެތި، ކުޅިބަލާ މީހުންގެ ތެރޭގައި އިނދެ ދަނޑަށް އަރާ މުބީންއަށް ހަމަލާދިނުމުންނެވެ.

ނިއުރޭޑިއަންޓުގެ އިތުރުން ކުލަބު އީގަލްސްގެ މުބީން ވެސް ވަނީ ދެ މެޗަށް ސަސްޕެންޑްކޮށް 4،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މުބީން ސަސްޕެންޑްކުރީ ރައްދުގައި ގަލާޑޯ ފައިގަ ފައިން ޖަހާފައިވާތީއެވެ.

އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދު ވެސް ވަނީ ފަސް މެޗަށް ސަސްޕެންޑްކޮށް 8،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް