23 ނޮވެންބަރު 2017 | ބުރާސްފަތި | 11 ނޮރަ

ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި

  • ފިހާރަތައް ބަންދު ކުރުން ވަނީ ރޭގަނޑު 11:00 އަށް އިތުުރުކޮށްފަ
  • ކެއިންބުއިމަށް ބޭނުން ކުރާ ތަންތަން ވަނީ ދަންވަރު 01:00 އަށް އިތުރުކޮށްފަ

| | | FathimathShana | |



މާލޭ މަގުމަތި -- ފޮޓޯ:ގޫގުލް

ބުރާސްފަތި ދުވަހުން ފެށިގެން ރަމަޟާން މަސް އަދި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ފިހާރަ ތަކާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ބަންދުކުރަންޖެހޭ ގަޑިތައް އާއްމުކޮށްފި އެވެ.

 

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފުރަތަމަ ދުވަހާއި ހަމައަށް ސައި ހޮޓާ، ރެސްޓޯރެންޓް އަދި ކެންޓީނު ފަދަ ތަންތަން ހުޅުވާފައި ބެހެއްޓުން ދަންވަރު 01:00 އަށް ވަނީ އިތުރުކޮށްފި އެވެ. މިފަދަ ތަންތަން ހުޅުވުމަށް ހަމަޖެހިފައިވަނީ ފަތިހު 04:30 ހުގަ އެވެ.

 

މީގެ އިތުރުން ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގައި ސައި ހޮޓާ، ރެސްޓަރުރެންޓް ފަދަ ތަންތަން ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް ހުޅުވާފައި ހުންނަން ޖެހޭނީ، އެދުވަހެއްގެ އިރުއޮއްސުމާއި މެންދަމު 03:00 އާއި ހަމައަށެވެ. ރާއްޖޭގެ މީހުންގެ ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން ކަނޑައެޅިފައިވާ ގަޑިތަކަށް އަމަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީންވަނީ އަންގާފަ އެވެ.

 

މީގެ އިތުރުން، ބުރާސްފަތި ދުވަހުން ފެށިގެން ރަމަޟާން މަހުގެ ރޭތަކާއި ޝައްވާލުމަހުގެ ހަތް ދުވަހު އިމްޕޯޓް ކުރާ ތަކެތި ވިއްކާ ފިހާރަތައް ބަންދުކުރުން ވަނީ ރޭގަނޑު 11:00 ޖެހުމަށް އިތުރުކޮށްފަ އެވެ. މީގެ ކުރިން ފިހާރަތައް ބަންދުކުރުމަށް ކަނޑައަޅާފައިވާ ގަޑި އަކީ ރޭގަނޑު 10:00 ގަ އެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ