16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ތަކެތީގެ އަގުތައް

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

 • ލޯކަލް މާރުކޭންޓުގައި ރަމަޟާން މަހަށް ވިޔަފާރި ވެރިން އަންނަނީ ތައްޔާރުވަމުން
 • ފިޔަ، އަލުވި، އަދި ބިހުގެ އަގު އުފުލޭނެ
 • ކަރާގެ އަގު އުފުލޭނެ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 17 މެއި 2017 | ބުދަ 23:17 | |

މަގުބޫލް

 1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 3. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
 6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
 7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
 8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


ލޯކަލް މާރުކޭޓު ތެރޭގައި ވިޔަފާރި ކުރަނީ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށްވެސް ތަކެތީގެ އަގުތައް މައްޗަށް ދެއެވެ. އާންމުގޮތެއްގައި ތަކެތީގެ އަގުތައް މައްޗަށް ދަނީ، ރަމަޟާން މަހު ކެއުމަށް އެންމެ ގިނައިން ބޭރުން ކުރާ ސާމާނުންނެވެ.

މީގެ އިތުރުން، ފަނި ގިރުމަށް ބޭނުން ކުރާ ސާމާނުންވެސް ތަކެތީގެ އަގުތައް އިތުރުވާނެ ކަމަށް ވިޔަފާރި ކުރާ ފަރާތްތަކުން ބުނެއެވެ. ވިޔަފާރި ކުރާ ފަރާތްތަކުން ވަނީ ވިޔަފާރީތަކަށް ރަމަޟާން މަހު އަންނާނެ ބަދަލުތައްވެސް ހިއްސާކޮށްފައެވެ.

ތަކެތީގެ އަގުތަކަށް އަންނާނެކަމަށް ލަފާ ކުރެވޭ ބަދަލުތަކަށް ބަލާ އިރު ކަރާ ގެ އަގު މިހާރު 15 ރުފިޔާގައި ހުރި ނަމަވެސް ރަމަޟާން މަހު ކަރާ ކިލޯއެއްގެ އަގު 20 ނުވަތަ 25 ރުފިޔާއަށް އުފުލިގެންދާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.

މީގެ އިތުރުން ދޮންކޭލާއި، ޕެޝަން ފްރުޓްގެ އިތުރުން ތަކުރާރީގެ ބައެއް ބާވަތްތަކުގެ އަގުވެސް ބޮޑު ވާނެ ކަމަށް ވިޔަވާރިވެރިން ބުނެއެވެ. އެހެން ނަމަވެސް ކާށި އަދި ކިއުކަމްބާގެ އަގު ދަށަށްދާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ.

ރަމަޟާންމަހު ބައެއް ތަކެތީގެ އަގު 10 ރުފިޔާއަށް އިތުރުވާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނާ އިރު، ތަކެތީގެ އަގު އުފުލެނީ، ތަކެތި ހޯދުމަށް ކުރިމަތިވާ އުނދަގޫތަކާއި ރަމަޟާން މަހު އޮންނަ ޑިމާންޑުގެ ސަބަބުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގުތައް ހުރި ގޮތައް ބަލާ އިރު މިރުހުގެ އަގު އުޅެނީ 100 ގްރާމް 10 ރުފިޔާ އަށެވެ. ކަރާގެ އަގު 12 ރުފިޔާ 15 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައި އުޅޭ އިރު، ދޮންކެޔޮ އުޅެނީ، ދެ ރުފިޔާ އާއި ފަސް ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ. ފަޅޯ ކިލޯއެއް އުޅެނީ 20 ރުފިޔާއަށެވެ. ބައެއް ފަރާތްތަކުން ފަޅޮލެއް ފަސް ރުފިޔާއަށް ވެސް އަންނަނީ ވިއްކަމުންނެވެ.

މާރުކޭޓުގައި ކިއުކަމްބާ އުޅެނީ، ކިލޯއެއް 45 ރުފިޔާ އަށެވެ. ލުނބޯގެ އަގު ކިލޯއެއް 40 ރުފިޔާއަށް ބޮޑުވި އިރު، ކާށި އުޅެނީ، 10 ރުފިޔާ އާއި 15 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ. މީގެ އިތުރުން އަލަނާސި ގަނޑެއްގެ އަގު އުޅެނީ ވިހި ރުފިޔާ އާއި 30 ރުފިޔާ އާއި ދެމެދުގައެވެ.

 ފުވައްމުލަކުންނާއި، އއ. ތޮއްޑޫގެ އިތުރުން ހުވަދު އަތޮޅުގެ ރަށްތަކުންވެސް ގިނަ ތަކެތި މިފަހަރުގެ ރަމަޟާން މަހަށް ގެންނާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ

ރަމަޟާން މަހާއި ދިމާކޮށް، ފިޔާ، އަލުވި އަދި ބިހުގެ އަގު އުފުލޭނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނާ އިރު އަނެއް ބަޔަކުވަނީ މި ތަކެތީގެ އަގަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށް ބުނެފައެވެ.

ބާޒާރުމަތީގެ އަގުތަކަށް ބަލާ އިރު ބިސް ކޭހެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 300 ރުފިޔާ އަށެވެ. އަލުވި ބަސްތާއެއްގެ އަގު  200 ރުފިޔާ އާއި 270 ރުފިޔާ އާއި ދެމެދުގައި ހުރިއިރު ފިޔާ ބަސްތާއެއް އުޅެނީ، 150 ރުފިޔާ އާއި 200 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ. ރަމަޟާން މަހު ފޮނި އެއްޗެހި ހެދުމަށް ވަރަށް ގިނަ ބަޔަކު ބޭނުން ކުރާ ގެރި ކިރު ދަޅުގެ އަގު އުޅެނީ ކޭހެއް 450 ރުފިޔާ އާއި 580 ރުފިޔާ އާއި ދެމެދުގައެވެ. މަސްދަޅު ކޭހެއް 700 ރުފިޔާ އާއި 750 ރުފިޔާ އާއި ދެމެދުގެ އަގެއްގައި ހުރިއިރު ހިކި މިރުސް އުޅެނީ ކިލޯއެއް 80 ރުފިޔާއަށެވެ.

ބާޒާރުމަތީ ފިހާރަތަކުގެ އަގުތަކަށް ބަލާ އިރު އެންމެ ބޮޑަށް އުފުލިފައިވަނީ ލޮނުމެދުގެއެވެ. ކުރިން ލޮނުމެދު ކުޑަ ބަސްތާއެއް 450 ލިބެން ހުރި އިރު މިހާރު ލޮނުމެދުގެ ބަސްތާއެއްގެ އަގު އުޅެނީ 850 އާއި 900 އާއި ދެމެދުގައެވެ.

ރަމަޟާން މަސް މިމަހުގެ 27 ހުގައި ފެށޭނެ ކަމަށް ބެލެވޭ އިރު ލޯކަލް މާރުކޭޓުގެ ތަކެތި ވިއްކާ ފަރާތްތަކާއި ބާޒާރުމަތީގައި ތަކެތި ވިއްކާ ފަރާތްތަކުންވެސް އަންނަނީ ރަމަޟާން މަހަށް ޚާއްސަކޮށް މުދާ ގެނައުމުގެ މަސައްކަތްތައް ކުރަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް