19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އަމާނާ ތަކަފުލް

އަމާނާ ތަކާފުލްގެ "ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކޮށްފި

  • ކަށަވިގެ ދަށުން ފަސް ލައްކަ ރުފިޔާއާ ހަމަ އަށް ބަދަލުދޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 16 މެއި 2017 | އަންގާރަ 20:09 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި
  8. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި


"ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކުރުމުގެ ތެރެއިން -- ރާއްޖެއެމްވީ

އަމާނާ ތަކާފުލް (މޯލްޑިވްސް) އިން ހިލޭ އެކްސިޑެންޓް އިންޝުއަރެންސް ކަވަރ އެއް ތަޢާރަފުކޮށްފި އެވެ.

 

"ކަށަވި" އިންޝުއަރެންސް ތައާރަފު ކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އެވެ.

 

މި ހިދުމަތް ލިބޭނީ ފުލުހުންނާއި ސިފައިން އަދި ކަސްޓަމްސް އާއި ފަޔާމަނުން އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓާއި އިމިގްރޭޝަންގައި މަސައްކަތް ކުރާ މީހުންނަށެވެ.

 

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އަމާނާ ތަކަފުލްއިން ބުނީ މިއީ އިޖުތިމާއީ ހިދުމަތެއްގެ ގޮތުގައި ސަލާމަތީ ދާއިރާތަކުގައި އުޅޭ މީހުންނަށް ހާއްސަކޮށްގެން، ތައާރަފުކުރި އިންޝުއަރެންސް އެއް ކަމަށާއި ވަކި ސްކީމެއްގެ ގޮތުގައި ލޯންޗް ކުރި ޕޮލިސީއެއް ނަމަވެސް، މި ހިދުމަތް ހޯދުމަށް ވަކި ޕްރިމިއަމް އެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ.


މިޙިދުމަތް ލިބޭ ފަރާތްތަކުން އަމާނާ ތަކާފުލްގެ "ތާޑް ޕާޓީ މޮޓޯ އިންޝުއަރެންސު" ގެ ހިދުމަތް ނެގުމުން އޮޓަމެޓިން ކަށަވި އިންޝުއަރެންސް ލިބޭނެ އެވެ. އެގޮތުން މިހާރު ދެމުންދާ ތާޑް ޕާޓީ މޮޓޮރ އިންޝުއަރަންސް ކަވަރގައި ނުހިމެނޭ ޕާސަނަލް އެކްސިޑެންޓް ބެނިފިޓް ކަވަރގެ ސަބަބުން މަގުމަތީ އެކްސިޑެންޓު ތަކުގައި ދިމާވާ ދާއިމީ ނުކުޅެދުންތެރި ކަމާއި އަދި ފުރާނަދިއުން ފަދަ ހިތާމަވެރި ހާދިސާ ތަކުގައި އެކްސިޑެންޓްވި ފަރާތަށް ނުވަތަ އެފަރާތުގެ އާއިލާއަށް މިކަވަރގެ ސަބަބުން މާލީ އެހީތެރިކަމެއް ލިބިގެންދާނެއެވެ.

 

މި ރަސްމިއްޔާތުގައި އަމާނާ ތަކާފުލްގެ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާން ވިދާޅުވީ މި ހިދުމަތް ތައާރަފު ކުރުމުގެ މަގުސަދަކީ މިފަދަ ދާއިރާތަކުގައި އުޅޭ މީހުންގެ މަސައްކަތުގެ އަގު ވަޒަން ކުރުން ކަމަށާއި މި އިންޝުއަރެންސް ހިދުމަތަކީ 24 ގަޑިއިރު ހިދުމަތުގައި އުޅޭ މީހުންނަށް ބޭނުންވާނެ ހިދުމަތެއް ކަމަށެވެ.

 

އަމާނާ ތަކާފުލް އިން ތައާރަފުކޮށްފައިވާ ކަށަވި އިންޝުއަރެންސް ހިދުމަތް ލިބޭ ފަރާތަކަށް އެކްސިޑެންޓެއް ފަދަ ކަމެއް ދިމާވެ ދާއިމީ ނުކުޅެދުންތެރިކަމެއް ނުވަތަ ފުރާނައަށް ގެއްލުންވާ ހާލަތްތަކުގައި ފަސް ލައްކަ ރުފިޔާއާ ހަމަ އަށް ބަދަލުދޭނެ އެވެ.

 

ކަށަވި އިންޝުއަރެންސް ލިބޭނެ ގޮތްތަކުގެ ތެރޭގައި އަމާނަ ތަކާފުލް މޯލްޑިވްސް މޮބައިލް އެޕްލިކޭޝަން، އަމާނަ ތަކާފުލް މޯލްޑިވްސް ވެބްސައިޓް، އަމާނަ ތަކާފުލް މޯލްޑިވްސް އަމާނަ ތަކާފުލް ރެޖިސްޓަރޑް އެޖެންޓުން، އަމާނަ ތަކާފުލް މޯލްޑިވްސް އޮފީސް ހިމެނެ އެވެ.

 

އަމާނާ ތަކާފުލްއަކީ ޝަރީއާ ހުއްދަކުރާ އިންޝުއަރެންސް ރާއްޖޭގައި ފުރަތަމަ ފެށި ކުންފުންޏެވެ. އަމާނާ ތަކާފުލް އިން ރާއްޖޭގައި ހިދުމަތް ފަށާފައިވަނީ 2003 ފެށިގެންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް