16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ތެލުގެ ބާޒާރު

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

  • ތެޔޮ އުފައްދާ މިންވަރު ދަށްކުރީ ތެލުގެ އަގު ހަމަޔަކަށް އެޅުވުމަށް
ރާއްޖެ އެމްވީ | raajje.mv

| 15 މެއި 2017 | ހޯމަ 19:41 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ތެޔޮ އުފައްދާ ކާރުޚާނާ -- ގޫގުލް

ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމްއިއްޔާ އޯޕެކް އިން އިސް ނަގައިގެން އެކުލަވާލި ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ސައުދީ އަރަބިއްޔާ އާއި ރަޝިއާ އިން ނިންމިކަން އެ ދެ ގައުމުގެ ހަކަތައާ ބެހޭ މިނިސްޓަރުން އިއުލާނު ކުރެއްވުމާއެކު ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި %2 މައްޗަށް އުފުލިއްޖެއެވެ.

ހަ މަސް ދުވަހުގެ މުއްދަތައް ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ތެޔޮ އުފެއްދުން މަދު ކުރަން ފެށީ މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެންނެވެ.

ސައުދީ އަރަބިއްޔާގެ ހަކަތައާ ބެހޭ ވަޒީރު ޚާލިދު އަލް ފާލިހް އާއި ރަޝިޔާގެ ހަކަތައާ ބެހޭ ވަޒީރު އެލެގްޒެންޑަރ ނޮވަކް ދެ ބޭފުޅުން ޗައިނާގެ ބެއިޖިންގ ގައި ބައްދަލު ކުރެއްވުމަށްފަހު ވިދާޅުވީ، 2018 ގެ މާޗް މަހާ ހަމައަށް ތެޔޮ އުފެއްދުން މަދު ކުރުމަށް ކަނޑައަޅާފައި އޮތް އޮތުން ދަމަހައްޓަވާނެ ކަމަށެވެ.

ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމްއިއްޔާ އޯޕެކްގައި ހިމެނޭ 24 ގައުމަކުން ހުސްވި އަހަރުގެ ނޮވެމްބަރު މަހު އެއްބަސްވީ ތެލުގެ އަގު ހިފެހެއްޓުމުގެ ގޮތުން ދުވާލަކު އުފައްދާ މިންވަރުން 1.2 މިލިއަން  ފީފާ މަދު ކުރުމަށެވެ. އޯޕެކްގައި ނުހިމެނުނު ނަމަވެސް ރަޝިއާއިން ވެސް ވަނީ މި އެއްބަސްވުމަށް އިހްތިރާމް ކޮށް ތެޔޮ އުފެއްދުން މަދު ކުރުމުގައި ބައިވުމަށް ނިންމާފައެވެ. ރަޝިއާވެސް ހިމެނޭ ގޮތުން އޯޕެކްގައި ނުހިމެނޭ ތެޔޮ އުފައްދާ ގައުމުތަކުން އެއްބަސްވީ ދުވާލަކު ހަ ލައްކަ ފީފާ ތެޔޮ އުފެއްދުން މަދު ކުރުމަށެވެ.

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމަކީ ރަޝިއާއެވެ. އަދި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ގައުމަކީ ސައުދީ އަރަބިއްޔާއެވެ.

އޮޕެކްގެ މެމްބަރު ގައުމުތަކުން ތެޔޮ އުފެއްދުން މަދުކުރުމަށް ހަ މަސް ދުވަހުގެ މުއްދަތައް ވެފައިވާ އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް މިމަހު ފަހު ކޮޅު ވިއެނާގައި ބައްދަލު ކުރާ ގޮތައް ވަނީ ހަމަޖެހިފައެވެ. 2017 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށް ކަނޑައެޅި ތެޔޮ އުފެއްދުން މަދު ކުރުމުގެ ޕްލޭންގެ މުއްދަތު ހަމަވުމުން ދެން އަމަލު ކުރާނެ ގޮތެއް ނިންމާނީ މި ބައްދަލުވުމުގައި ކަމަށް ޚަބަރު ތައް ބުނެއެވެ.

ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ދުނިގޭ ބާޒާރުގައި މިހާރު ހުރީ 51.59 ޑޮލަރަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް