22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އަމާނާ ތަކަފުލް

އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ

 • ހިއްސާދާރުންނަށް ބެހުމަށް ނިންމާފައިވަނީ ފައިދާގެ 12.5 އިންސައްތަ
 • އަހަރުން އަހަރަށް އާމްދަނީ އިތުރުވެފައިވަނީ 19 އިންސައްތަ
 • މިދިއަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 3.3 މިލިއަން ރުފިޔާ
މުހައްމަދު ފަޒީން | phaxyn

| 15 މެއި 2017 | ހޯމަ 18:43 | |

މަގުބޫލް

 1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
 2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
 5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
 7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
 8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


އަމާނާ ތަކަފުލްގެ އަހަރީ ޖަލްސާގެ ތެރެއިން -- ރާއްޖެއެމްވީ

އަމާނާ ތަކާފުލް (މޯލްޑިވްސް)ގެ އާމްދަނީ އާއި ހިއްސާދާރުންގެ ފައިދާގެ އިތުރުން ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ހިއްސާ ބާޒާރުގައި ލިސްޓްކުރެވިފައިވާ ހަމައެކަނި އިސްލާމީ ޝަރިއާގެ އުސޫލުން ވިޔަފާރިކުރާ އަމާނާ ތަކަފުލްގެ ހަ ވަނަ އަހަރީ އާންމު ޖަލްސާ 14 މެއި 2017 ވަނަދުވަހު ވަނީ ބާއްވާފިއެވެ. މިޖަލްސާގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހާނެ މިންވަރު ވަނީ ކަނޑައަޅާފައެވެ.

އަހަރުން އަހަރަށް ހިއްސާގެ ފައިދާ އިތުރުވަމުންގޮސް، މިދިޔަ 2016 ވަނަ އަހަރަކީ ކުންފުނީގެ ހިއްސާގެ ފައިދާގެ ގޮތުގައި މިހާތަނަށް އެންމެ ބޮޑު އަދަދެއް ދިނުމަށް ނިންމި އަހަރެވެ. އެ ގޮތުން 2016 ވަނަ އަހަރަށް ކަޑައަޅާފައިވާ ހިއްސާގެ ފައިދާގެ މިންވަރަކީ 12.5 އިންސައްތައެވެ. އަދި 2016 ވަނަ އަހަރުގެ އޯގަސްޓް އަދި ޑިސެމްބަރު މަހު ދޫކޮށްފައިވާ އިންޓެރިމް ފައިދާއާ އެކު މިފަހަރުގެ އަހަރީ އާންމު ޖަލްސާގައި މިވަނީ ޖުމްލަ ޑިވިޑެންޑް ގޮތުގައި ބަހާނެ މިންވަރު ކަނޑައަޅާ ފާސްކޮށްފައެވެ.

"ކުންފުނީގެ ވިޔަފާރީގެ ނަތީޖާއަށް ބަލައި ކުންފުނީގެ ފަރާތުން 2016 ވަނަ އަހަރުގެ އޯގަސްޓް އަދި ޑިސެމްބަރު މަހު ދޫކޮށްފައިވާ އިންޓެރިމް ޑިވިޑެންޑާ އެކު މުޅިޖުމްލަ ހިއްސާއެއްގެ މޫނުމަތީ އަގުގެ 12.5 އިންސައްތަ ހިއްސާދާރުންނަށް ބެހުމަށް އުފަލާއެކު ކަނޑައަޅާ އެކަން އިއުލާންކުރަމެވެ،" ކުންފުނީގެ ޗެއާމަން ތައްޔިބު އަކުބަރު އަލީ ވިދާޅުވިއެވެ.

ކުންފުންޏަށް ދިމާވަމުންދާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޗެއާމަން އަކްބަރު ޢަލީ ވިދާޅުވީ ކުންފުންޏަށް ދިމާވި ގޮންޖެހުންތަކުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިންގެ މެޑިކަލް އިންޝުއަރަންސްގެ ހިދުމަތް ފޯރުކޮށްދިނުމުން މަހްރޫމުވުމުގެ ގޮންޖެހުމާ އެކު ކުންފުނީގެ އަމާޒަށް ވާސިލުވުމަށް އިތުރަށް މަސައްކަތްކުރަން ޖެހުނު ކަމަށެވެ.

އަކްބަރު އަލީ އިތުރަށް ވިދާޅުވި ގޮތުގައި ތަފާތު މާކެޓުތަކަށް ހާއްސަކޮށް ހިދުމަތްތައް ތައާރަފުކޮށް ކުންފުނީގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަގުތަށް އިތުރަށް ފުޅާކޮށް ފުރިހަމަ ކުރެވުމުގެ ސަބަބުން އުނިވެގެންދިޔަ ބިދޭސީ މަސައްކަތްތެރިންގެ މެޑިކަލް އިންޝުއަރަންސުން ދިމާވި ގެއްލުމަށް ހައްލެއް ހޯދުނެވެ.

އަމާނާ ތަކަފުލުން ބުނީ ވޭތުވެދިޔަ އަހަރު ކުންފުނިން ރެކޯޑް އަދަދެއްގެ އާމްދަނީ ހޯދާފައިވެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް ކުންފުނީގެ އެއްއަހަރު ދުވަހުގެ އާމްދަނީ 100 މިލިޔަން ރުފިޔާގެ ލަނޑުދަނޑި ހާސިލުވި ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އަހަރުން އަހަރަށް އާމްދަނީ އިތުރުވާ މިންވަރު ވަނީ 19 އިންސައްތަ މައްޗަށް ޖެހިފައި ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އަމާނާ ތަކަފުލުން އިން ބުނީ މި އިތުރުވުމުގައި ކުންފުނިން ފޯރުކޮށްދޭ އިންޝުއަރަންސުގެ ހުރިހާ ހިދުމަތްތަކެއް ހަމަހަމަކޮށް ޝާމިލުވެފައިވާނެ ކަމަށެވެ.

އަމާނާ ތަކަފުލްއަށް 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި 3.3 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ ޙަރީޒް ސުލައިމާން ވިދާޅުވި ގޮތުގައި ކުންފުނީގެ ލަނޑުދަނޑިތަކާއި އެކަންކަން ހާސިލުކުރުމަށް ރޭވިފައިވާ ޕްލޭން ފަރުވާތެރިކަމާއެކު މުރާޖައާކުރަމުން ދިޔައީ އިންޝުއަރަންސްގެ ހިދުމަތް ބޭނުންކުރައްވާ ފަރާތްތަކަށް ބޭނުންވާ ގޮތްތަކަށް އިސްކަންދީގެން ކަމަށެވެ. އަދި، ކުންފުނީގެ މަގްސަދަކީ ވިޔަފާރިއަށް އާ ދޮރުތައް ހުޅުވައި ކުންފުނީގެ ފައިދާގެ މިސްރާބު އަމާޒަށް ވާސިލްވާނެހެން ދެމެހެއްޓުން ކަމަށް ވެސް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވި އެވެ.

އަމާނާ ތަކާފުލް މޯލްޑިވްސް ޕަބްލިކްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ، ޠައްޔިބް އަކްބަރް އަލީ (ޗެއަރމަން)، އުސްމާން ކާސިމް، ދާތޯ މުޙައްމަދު ފަޒްލީ ޔޫސުފް، އެމް.އެޗް.އެމް ރަފީޤް، ޑރ.އަބްދުﷲ ޝިހާމް، ޢަބުދުﷲ ކާސިމް އަދި ހަރީޒް ސުލައިމާން (މެނޭޖިންގ ޑިރެކްޓަރ) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް