23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ބެލްޓް އެންޑް ރޯޑް ފޯރަމް

ވަން ބެލްޓް ވަން ރޯޑް ސްޓްރެޓެޖީއަށް ޗާއިނާ އިން 100 ބިލިއަން ޑޮލަރު ހަރަދު ކުރަނީ

  • މި ފޯރަމް ކުރިއަށްދަނީ 2 ދުވަހަށް
  • ޗައިނާއިން ދުނިޔޭގެ އެކި ގައުމުތަކަށް 100 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ވަނީ ނިންމާފަ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 15 މެއި 2017 | ހޯމަ 18:00 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ބެލްޓް އެންޑް ރޯޑް ފޯރަމް -- ގޫގުލް

ޗައިނާ އިން "ވަން ބެލްޓް ވަން ރޯޑް" ސްޓްރެޓެޖީގެ ދަށުން 100 ބިލިއަން ޑޮލަރު ދުނިޔޭގެ އެކި ސަރަހައްދުގައި އިންވެސްޓް ކުރުމަށް ނިންމައިފި އެވެ.

 

ބެލްޓް އެންޑް ރޯޑް ފޯރަމް ހުޅުވާދެއްވާއި ވާހަކަދައްކަވަމުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވީ، ޗައިނާ އިން މަސައްކަތް ކުރަނީ، ދުނިޔޭގެ އެހެން ގައުމުތަކާއި ގުޅިގެން ވިޔަފާރިކުރާ އިރު ހުރިހާ ބަޔަކަށްވެސް ފައިދާ ވާނެ، އުސޫލުތަކެއް ގާއިމް ވާނެ ގޮތަށް ވިޔަފާރީގެ މުއާމަލާތްތައް ބައްޓަން ކުރުމަށް ކަމަށެވެ.

 

މި ފޯރަމްގައި ބައިވެރިވުމަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ވެރިންނާއި ލީޑަރުން ވަނީ ބެއިޖިންއަށް ޖަމާވެފަ އެވެ. މި ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2013 ވަނަ އަހަރު އެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް އިންވެސްޓް ކުރުމަށް ޗައިނާ އިން އިސްނަގައިގެން ފެށި މި މަސައްކަތުގެ މަގްސަދަކީ، އޭޝިޔާ އާއި ޔޫރަޕާއި މެދުއިރު މައްޗާއި، އެޕްރިކާގެ ގައުމުތަކުގެ ދަތުރުފަތުރުގެ ނިޒާމާއި ވިޔަފާރީގެ ގުޅުން މިހާރަށްވުރެ ހަރުދަނާ އުސޫލެއްގެ ތެރެއިން ގުޅާލުމެވެ.

 

މި ޕްލޭންގެ ތެރެއިން 65 ގައުމަކުން ބައިވެރިވާ އިރު މިގައުމުތައް ދުނިޔޭގެ ތިން ބައި ކުޅަ އެއް ބައި ގެ ޖީޑީޕީ ހިއްސާކުރެ އެވެ. އެއީ ގާތްގަނޑަކަށް މުޅި ދުނިޔޭގެ އާބާދީގެ 60 ޕަސެންޓެވެ.

 

ޗައިނާއިން އިސްނަގައިގެން ފަށާފައިވާ މި މަސައްކަތުގެ ތެރެއިން ދުރު މުސްތަގުބަލުގައި ދުނިޔޭގެ އިގްތިސާދު ކުރިއަރައިގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑުން ބުނެ އެވެ.

 

މި ފޯރަމްގައި ވާހަކަދައްކަވަމުން، ވާރލްޑް ބޭންކްގެ ރައީސް ޖިމް ޔޮންގް ކިމް ވިދާޅުވީ، ވަން ބެލްޓް ވަން ރޯޑް މަޝްރޫއު އިން ދުނިޔޭގެ ގައުމުތަކުގެ ތަރައްގީއަށް ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، 40 ޓްރިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ފައިދާ ލިބެނީ އެއް ޕަސެންޓް ކަމަށެވެ.

މިފަދަ ބޮޑު މަސައްކަތެއް ފަށައިގެން، ޗައިނާއަށް ދުނިޔޭގެ ބާރު ގަދަ ކުރުމަށް ފުރުސަތު ފަހިވެގެންދާ އިރު އެހެން ގައުމުތަކުގެ ވަސީލަތްތައް ހޯދުމަށް ދޮރުތައް ހުޅުވި، ގައުމުން ބޭރުން ގައުމުގެ އިގްތިސާދު ފުޅާ ކުރެވޭނެ ގޮތްތައް މަގުފަހިވެގެންދާނެ އެވެ.

 

ޗައިނާގެ "ވަން ބެލްޓް ވަން ރޯޑް" ގައި ބައިވެރިވެފައިވާ ގައުމުތަކުން މިދިޔަ ދެ އަހަރުގެ ތެރޭގައި ޗައިނާ އާއި އެކު އެކި މަޝްރޫއުތަކަށް 3 ޓްރިލިއަން ޑޮލަރު އިންވެސްޓް ކޮށްފައިވާ އިރު ޗާއިނާ އިން އެގައުމުތަކުގައި 50 ބިލިއަން ވަނީ އިންވެސްޓްކޮށްފަ އެވެ. މި ސްޓްރެޓެޖީގެ ދަށުން ޗައިނާ އިން 56 އިކޮނޮމިކް ކޯޕަރޭޝަން ޒޯން 20 ގައުމަކުން ވަނީ ގާއިމްކޮށްފަ އެވެ. މިގައުމުތަކަށް ޓެކްސް ފައިދާގެ ގޮތުގައި 1.1 ބިލިއަން ޑޮލަރު ލިބޭ އިރު އެއްލައްކަ އަށް ވުރެ ގިނަ ވަޒީފާ ވަނީ އުފެއްދިފަ އެވެ.

.

ދެ ދުވަހަށް ކުރިއަށް ގެންދާ މި ފޯރަމްގައި ގިނަ ގައުމުތަކުން ބައިވެރިވާ އިރު ރާއްޖޭޣެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވެސް ވަނީ މި ފޯރަމްގައި ބައިވެރިވުމަށް ބެލްޖިއަމް އަށް ވަޑާއިގަންނަވާފަ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް