26 ޖުލައި 2017 | ބުދަ | ފުސް 12

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

  • މިއީ ހަޖަމް ކުރަން ފަސޭހަ ނުވަތަ ހަޖަމް ކުރެވޭނޭ ކަމެއް ނޫން

| | | raajje.mv | |



ނިމިގެން ދިޔަ ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީގެ ޓީމެއް ބ،ދަރަވަންދޫއަށް ޒިޔާރަތް ކުރަނީ -- ފޮޓޯ:މުހައްމަދު ޝަރުހާން

އެރޭ އަހަރެން ނިދަން ދިޔައީ އަހަރެން ޤަބޫލުކުރާ ގޮތުން އަމިއްލަ މަޞްލަޙަތު އޮތް، ފައިދާ ކުރާ ޤައުމީ މަސައްކަތެއްގައި އުޅުމަށް ފަހުއެވެ. ފަތިސް ފަތިހާ އަހަރެންނަށް ނިދިން ހޭލެވުނެވެ. ކުރިން ދެންނެވި މަސައްކަތުގެ ނަތީޖާ ދެނަގަތުމަށް ފުރަތަމަ ވެސް ބަލާލެވުނީ ޓީވީ. އެވެ. ހިތް ހަމަޖެހުނެވެ. އުފާވި އެވެ. އެހެނީ އަހަރެން އެޓީމުގެ ގޮތްޕެއްގެ ވެރިކަން ކުރާ ޓީމު މޮޅުވަމުން އަންނަ ތަން އެ ޓީވީ އިން ދައްކަމުން ގެންދާތީއެވެ. އަވަސް އަވަހަށް އަހަރެން ފޯނު ނެގީމެވެ. އަދި އަހަރަމެންގެ ޓީމުގެ މެމްބަރުންނަށް "ކާމިޔާބީ އަށް މަރުޙާބާ" މިހެން ލިޔެ ޓުވިޓް ކޮށްފީމެވެ.

އެއަށްފަހު އަހަރެން އަންހެނުން ގާތުގައި ބުނެގެން ކޮފީއެއް ގެނުވީމެވެ. އަދި ކޮފީ ބޮއެގެން ހަމަޖެހިލައިގެން ފޯނު ނަގައި އަލުން ސޯޝަލްމީޑިއާ ބަލަން ފަށައިފީމެވެ. އަސްތާ! ކަމަކުދާކަށް ނެތެވެ. މިއޮތްގެން މަށަށް ބަވާ ނަގަނީއެވެ. އެއީ މީގެ ކުޑަ ހިނދުކޮޅެއް ކުރިން އަހަރެން މޮޅުވަމުންދާ ކުދިންނަށް މަރުޙާބާ ކީތީ އެވެ. ބަވާ ނަގާ މީހުންގެ ތެރޭގައި ތިބީ އަކީ އަހަރަމެންގެ ވާދަވެރިން އެކަންޏެއް ނޫނެވެ. ކިއެއްތަ؟ އަހަރަމެންގެ ފިކުރު އަދި ޓީމުގެ އިސް މީހުން ވެސް ހިމެނެއެވެ. މި ކޮމެންޓުތައް ބަލަމުން ދަނިކޮށް މީހަކު ވަރަށް ޢިބްރަތްތެރި ކޮމެންޓެއް ލިޔަފައި އޮތެވެ. "ތިމާގެ އެއްމެ ގާތުގައި ހުންނަ މީހާއީ ތިމާގެ ޢަދާވާތްތެރިއާ ކަމުގައި ވެސް ވެދާނެއެވެ." މިހެން އޮތުމުން، އަހަރެންގެ ސިކުނޑި އަހަރެންނަށް އިތުރަށް ވިސްނަން މަޖުބޫރު ކުރުވިއެވެ.

ދެން އަހަރަމެން އޮރިޔާން ކުރަމުން ގެންދާ އަދި އެއްމެ ރުޅިއަންނަ ޓީވީ ޗެނަލަށް ބަދަލު ކޮށްލީމެވެ. ރިމޯޓުން 105 އަށް ބަދަލުކޮށްލީމެވެ. އައްދޭ! މިބައި މީހުން މިދައްކަނީ ކުރިން އަހަރެންނަށް ކުރީގެ ޓީވީ އިން ފެނުނު މަންޒަރެއް ނޫނެވެ. ބަލަ އިދިކޮޅު ޓީމު މިއޮތީ މާބޮޑުތަނުން ވެސް ތަފާތު ބޮޑުކޮށް ކުރީގައެވެ. ރުޅިގަދަވި އެވެ. އަދި ހިތަށް އެރިއެވެ. މިބައި މީހުން އޮޅުވައި ލަނީއެވެ. ނަމަވެސް ހިތަށް އެރި އެވެ. މިބައިމީހުންނަށް އެހާވަރުގެ ކަމެއް ކުރަން ނުކެރޭނެއެވެ. އެހެނީ މިބައިމީހުން މިހާރު ވެސް ވަނީ އެންމެ ފަހު ނޭވާގައެވެ. އެހެނީ ދެފަހަރެއްގެ މަތިން "ބުރޯޑްކޮމް" އިން ވަނީ 2.2 މިލިއަން ރުފިޔާ އިން ޖުރުމޭނާ ކޮށްފައެވެ. ދެން ހިތަށް އެރިއެވެ. މިއީ ޙަޤީޤަތުގައި ވެސް ވެދާނޭ ކަމެކެވެ. އެހެނީ އަހަރެން ފުރަތަމަ ބެލީ ރައްޔިތުންގެ ނަމުގައި، އެހެން ނަމަވެސް އަހަރަމެން ހައިޖެކް ކޮށްފައި ހުންނަ ޗެނަލެވެ. އެޗެނަލުން ފޮނުވަމުން ގެންދާ ތަކެތީގެ ޞައްޙަކަން، މަށަށްވުރެ ރަނގަޅަށް އެނގޭނީ ކާކަށްތޯ ހިތަށް އެރިއެވެ. އެއީ އެއިން ނެރޭ ރިޕޯޓްތަކާއި، ވާހަކަތަކުގެ އަޞްލަކީ އަހަރެން ދަންނަ ބައެއްގެ އޯޑަރަށް ނިކުންނަ ތަކެތިކަމުގައި ހަނދާނަށް އަތުވެއްޖެ އެވެ.

މިހެން މިކަން ހިނގާފައި ވަނިކޮށް، ޓީމުގެ ކުޅުންތެރިންނާއި، ސަޕޯޓާރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އަނެއްކާ ވެސް އެއްޗެއް ލިޔެލީމެވެ. "ސެމީ ފައިނަލުގައި ކުޅުނު ކަމަށާއި، ފައިނަލުގައި ކުޅޭނޭ ކަމުގައެވެ." އަސްތާ އަނެއްކާ ސޯޝަލްމީޑިއާގައި ކުރިއަށްވުރެ މާ ފޯރިގަދަ ވެއްޖެއެވެ. އެއްޗެހި ލިޔާމީހުން ލިޔެ ނަގަނީ އެވެ. މަލާމާތްކުރަނީއެވެ. ވާނީވެސް އެހެން ނޫންތާއެވެ. މެޗަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރު އަހަރަމެން ދައްކަމުން ގެންދިޔަ ވާހަކަތަކުން މީހުންގެ ރުޅިގަނޑު ބޭލުމަށް ފުރުސަތު ލިބުނީއެވެ. ފުރުސަތުގެ ބޭނުން ހިފަނީއޭ ހިތަށް އަރަމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. ކުރިން 2013 ގައި އާއި، 2014 ގައި ވި ވަޢުދުތަކުގެ މަދު އިންސައްތައެއްގެ ވަޢުދު ނުފުއްދިގެން އުޅެނިކޮށް އަނެއްކާ ހަނދުބާލަދީ ރެއިންބޯގެ ކުލަތައް ދައްކަން ފަށައިގަނެވުނެވެ. އަދި ބަޔަކު މީހުން މިލިއަން މިލިއަން ރުފިޔާއިން ޑޮލަރުން ޚިޔާނާތްތެރި ވާ ކާމުގެ އަޑުތައްވަނީ ހޮނުގުގުރީގެ މިސާލުން މުޅި ޖައްވުގައި އަޑު ގުގުމާފައެވެ. ހަމައެފަދައިން މިސާލުޖެހުމުގައި ސުވަރުގެއަށް ދިޔުމުގެ ކުރިން ވޯމްއަޕް ކޮށްލުމަށް އައުމަށް ދަޢުވަތު ދެމުން ގެންދިޔައެވެ. ނޫޙުގެ ފާނުގެ ނާކޮޅަށް އެރުމުގެ މިސާލުން މިސާލު ޖެއްސެވެ. ކަރަންޓު ބިލުގެ އަގުބޮޑުކުރީ ކުޑަކުދިން ބަތްކައްކާ ކުޅޭއިރު ހިފަހައްޓާ އުޞޫލުތަކުންނެވެ. ކާޑުގެ ސަބްސިޑީ ކަނޑާލީ ބަންގާޅީން ކާއެއްޗެކަމަށް ބުނެ އެވެ. އެސްޓީއޯއަށް މާލޭއިން ދީފައިވާ ބިންތަކުގެ ކުލި ބޮޑުކޮށްފައި ނުވެއެވެ. އެއީ ސަބްސިޑީ އެއް ނޫނެވެ. އެއީ އެތަންތަން ވިޔާފީރި ކުރުމަށް ކުއްޔަށް ދީފައިވާ ތަންނތަނެވެ. މާލޭގެ ކުލީގެ ޢާއްމު ރޭޓަކީ އަކަފޫޓަކަށް އެވްރެޖްކޮށް 50 ރުފިޔާ ނަމަވެސް އެސްޓީއޯއަށް ބިންތައް ކުއްޔަށް ދީފައި ވަނީ އަކަފޫޓެއް ރުފިޔާއަކަށްވުރެ ވެސް ކުޑަ އަގެއްގައި ކަމަށް ތުންތުންމަތިން އަޑު އިވެއެވެ.

ފެން ބިލް ބޮޑުވީއެވެ. އެހެނިހެން ޚިދުމަތްތަކުގެ އަގު ބޮޑުވީއެވެ. އަނގަޔާ އަތާ ދިމާ ނުވާ ހިސާބަށް ހިނގައްޖެއެވެ. އަލަތު ކައިވެންޏާ އެކު ލިބުނު ފްލެޓްތަކުގައި އެ ދެމެފިރިން ނިދާ ނިދާ މިހާރު އެތަން ވީރާނާ ވެއްޖެއެވެ. ޔޫތުސިޓީގެ ޙާލަތު އެއަށްވުރެ ބޮޑެވެ. ރަސްފަންނުގެ މަސައްކަތް ނިންމާ އެތަނުން ޚިދުމަތް ހޯދަން ދާމީހުންނަށް އެހާމެ ފަސޭހައެވެ. އަދި އެއައްވުރެ އަރާމީ އެތަނުގައި ހެދި ޓްރެކެވެ. ދުނިޔޭގައި ނެތްފަދަ ޓްރެކެވެ. އިސްލާމީ މަރުކަޒުގެ ކައިރީގައި ތައްޔާރު ކުރި މާބްލް ސަރަޙައްދުގެ ފެންވަރަގު ވާހަކަ ދައްކާނޭ ކަމެއް ނެތެވެ. އެއީ އެފަދަ ދެވަނަ މިސާލެއް މިދުނިޔެއިން ނުފެންނާނޭ ފަދަ މިސާލެކެވެ. ސަލްޓަޕާކުގައި ހެދި ކުޑަކުދިންގެ ބަގީޗާގެ ޙާލަތެވެ. އެސަރަޙައްދުގައި ހުރި ކަޅުވަކަރު މިސްކެތެވެ. އެމިސްކިތަށް ހެދި ގޮތެވެ. މާލޭގެ އެކިއެކި ސަރަޙައްދު ތަކުގައި ކުރިން ހަދާފައި ހުރި ބިނާތަކެވެ. އެ އެއްޗަސަށް ވީ ގޮތެވެ.

މި ލިސްޓު ދިގުކުރާނޭ ކަމެއް ނެތެވެ. އަހަރަމެންގެ އާރުކާޓީ އާއި، އަހަރަމެންގެ މެޑަމާއި، އެކިއެކި ގުނަވަންތަކުގެ އިސްމީހުންނާއި، އެހީތެރިން ދައްކަމުން ގެންދިޔަ ވާހަކަތަކާއި، ޢަމަލުތަކުން މީހުން ނަފްރަތު ވީއެވެ. ޖަވާބު ދިނީއެވެ. ކުޅުނު މެޗުގެ ކުރިން އެއްމެހައި ކީ ކުޅުންތެރިން ދަނޑަށް އެރުނަކަ ދީފައި ނުވެއެވެ. އެކިއެކި ގުނަވަންތަކުން އެ ކުޅުންތެރިންނާ މެދު ފިޔަވަޅު އެޅީއެވެ. މެޗަށް ފަރިތަކުރަން ތަނެއް ނުދެވެއެވެ. އިދިކޮޅު މީހުން ވަގަށްވެސް އަދި ގޮތް ދޫނުކުރުމުގެ ގޮތުން ސިޓީގެ މަގުމަތީގަ ވެސް ނުވަތަ އެހެން ތަނެއްގައި ވެސް ފަރިތަކުރަން ކީއްކުރަންތޯ؟ ސައްލާކުރަން ވެސް ބަޔަކަށް ތިބުނަ ނުދެވެއެވެ. ގޮޅާތައް ރާސްލަފަ ފަރުން އަރައިގަންނަނީއެވެ. މި ލިސްޓުވެސް ދިގުކުރާނޭ ކަމެއް ނެތެވެ. އެއްވެސް ޙާލެއްގައި ތައްޔާރު ވުމުގެ ފުރުސަތެއް ނުދެވެއެވެ. ކުޅުން ތެރިންނަށް ހުވަފެން ދައްކައި ބަދަލުކޮށް ގަންނަން މަސައްކަތް ކުރީމެވެ. ލިސްޓު ދިގުކުރުމުގެ ބޭނުމެއް ނެތެވެ. އިދިކޮޅު ޓީމުތައް ދެރަކުރުމަށް ފުރޮޅަން ހުރި ގާތަކުގެ ތެރެއިން އެއްމެ ގާކޮޅެއް ވެސް ދޫކޮށެއް ނުލަމެވެ. އަދި އެއީ ދޫންޏެއް، ކިނބުލެއް، މަހެއް، މީހެއް، އިންސާނެއް، ޖަނަވާރެއް، މެއްސެކަށް ވިޔަސް އަޅަންޖެހުނު ފިޔަވަޅު ނާޅާ ދޫކޮށެއް ނުލަމެވެ.

މިޙާލަތުގައި މޮޅުވުމަށް ކުރަމުންގެންދިޔަ މަސައްކަތުން ރަނގަޅު ނަތީޖާއެއް ނުލިބި މެޗުގައި ބޮޑުތަނުން ބަލިވުމުން ބަލި ޤަބޫލުކުރަން އުނދަގޫ ވެއެވެ. އެހެންކަމުން ފާޑުފާޑުގެ ވާހަކަ ދައްކަން ފެށުނެވެ. މަލާމާތް ކުރަން އަހަރަމެން ފެށީމެވެ. ދެރަކޮށްލެވޭތޯއެވެ. ބިރުދައްކައިގެން ވެސް ކުރެވެން ހުރިކަމެއް ކުރުމަށް ކަނޑައެޅުނެވެ. ޓީމުގެ އެކިއެކި ޑިޕާރޓްމަންޓު ތަކާ ޙަވާލުވެ ތިބީންނަށް ބިރުދައްކަން ފެށުނެވެ. މެޗުގެ ނަތީޖާ އިޢުލާން ކުރަން ފެށުމާއެކު ގާތްގަނޑަކަށް 2 ގަޑިއެއްހާ އިރުގެ ތެރޭގައި "ހުސްނުވާނޭ ކަމުގެ ޔަޤީންކަން ދީފައި އޮތް އާސަންދައިގެ ޚިދުމަތް އަމިއްލަ ތަންތަނުން ނުލިބޭނޭ ކަން" އިޢުލާން ކުރިއެވެ. ވާނީވެސް އެހެންތާއެވެ. އެއީ އަޅެފަހެ ރުޅިއެއް ނާއްނާނެތަ؟ ކުރެވުނު ޚަރަދާއި، އަހަރަމެންގެ މަހާރެހެންދި 2015 ވަނަ އަހަރުން ފެށިގެން ވޯޓުގެ ކެމްޕޭން ކުރާނޭ ގޮތާއި، ޢަމަލުތައް ބަހައްޓާނޭ ގޮތާއި، ޖަހައިގަންނާނޭ ގޮތް ކިޔައި ދިނުމުގެ މަހާސިންތާ އާއި، ދޫނި ރޯގާގެ ތެރޭގައި ބޭސް ބަހާނޭ ގޮތާއި، ފޭރިގަންނާނޭ ގޮތް ދަސްކޮށް ދިނުމަށް ހިންގި ތަމްރީނުތައް ދިޔައީ ބިލާހަކަށް ވެގެންނެވެ.

މިއީ ހަޖަމް ކުރަން ފަސޭހަ ނުވަތަ ހަޖަމް ކުރެވޭނޭ ކަމެއް ނޫނެވެ. އެކިއެކި ދާއިރާތަކަށް މީސްމީހުން ވަކި ދުވަސްތަކެއްގައި ފޮނުވުމާއި، މުޅި އަހަރު ދުވަހު ބައެއް ސަރަޙައްދުގެ މީހުންގެ ބޮލަށް ޗިޕް ޖެހުމަށް ކުރެވުނު ޚަރަދާއި، ޖެހި ކަޑަތަކާއި، ހުވަފެންތައް ދިޔާއީ އޮޔާ ވަޔަށް ބުރައިގެންނެވެ. އެބައި މީހުން ގޮވަން ފެށީ "ބުރާސްފައްޗާ" އެވެ. "އަސޭލާ" އެވެ" "ރުބެއިލް" އެވެ. މިހެންވާނޭތާއެވެ. އެހެނީ އެއްވެސް ސިޓީއެއްގައި އަކުރެއް އަޅާލަން ފުރުސަތެއް ލިބުނީ އަކީއެއް ނޫނިއްޔާ އެވެ. ގަލަން ޖައްސާލެވުނީ ހަމައެކަނި އަހަރަމެންގެ ބާރުގައި ސިޓީއަކަށް ހެދި ފުވައްމުލަކުން ނެވެ. އެވެސް އެއްމެ އެއްޗެކެވެ. އެއީ ކުރިން އަހަރަމެންގެ ތަނެކެވެ. ދެން އެއޮތް އައްޑޫ ސިޓީ އޭ ކިޔާތަނަށް އަހަރަމެން އަލަތު ޖޯޑު ޖޯޑު ފޮނުވުމުން ވެސް ޖަހާލީ ކަންކަށި މަތީގައެވެ. ދެން އެ އޮތް ހަވަރު ތިނަދޫ އެވެ. އެތަނަށް ކޮށް ނުދެނީ ކޮންކަމެއް ހެއްޔެވެ. އެއީ އަހަރެން ވެސް ނިސްބަތްވާ ރަށެވެ. ކޮންމެ ބުރާސްފައްޗެއް ގައި އަހަރަމެންގެ ނާއިބާއި، މިނިސްޓަރާއި، އެކިއެކި ބޭފުޅުން ފޮނުވިއެވެ. ޕްރޮފަސަރަކަށް އޮޅުވައިލައިގެން ވެސް ގެންދިޔައީމެވެ. މިހެން ކަންކަން ކުރަމުން ގެންދަނިކޮށް ޓީމުގެ އެއްމެ އިސް މީހާއަށް ދިން ނަމަކީ "ބުރާސްފައްތާ" އެވެ. އެރަށުން ވެސް 7 ސުމަކުން ދެރަވީ އެވެ.  މި ފިކުރެއްގައި އިންދާ ފޯނު ރިންގު ވާން ފެށިއެވެ. ބަލާލި އިރު "ސަރ" އެވެ. ދެންނެވީމެވެ. އާދެ ސަރ! ޖަވާބު ލިބުނީ ބަލަ އަހަރަމެން ކުރި ޚަރަދާއި، ހޭދަކުރި ފައިސާއިން މިލިބުނީ ކޯއްޗެއް؟ އެއްވެސް ދާއިރާއެއް ލިބިފައި ނުވޭ. ކަލޭމެން ތިޔަ ހެދީ ކިހިނެއް؟ އަހަރެން އާދެ! އާދެ ! ދަންނަވަ ދަންވަ ހުރީއެވެ. އެކޮޅުން ރުޅިގަދަވެގެން ފޯނު ބޭއްވިއެވެ.

އަހަރެން މިކަމާ ކަންބޮޑުވި އެވެ. ޓީމުގެ ކުޅުންތެރިންނާ ގުޅަން ފެށީމެވެ. ގިނަ މީހުންގެ ޖަވާބަކަށް އައީ ދާދި އެއް ޖަވާބެކެވެ. އެއީ: "ތަން ތަގެ ރަޓާ ލެބީގެން ނުން. މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ" "ކަލެއަށް ކަލޭގެ ރަށް ލިބިގެން ނޫން. މަށަށް މަގޭ ރަށާއި ދާއިރާ ލިބޭނީ" "ތައް ތަގެރަށް ލިބިގެން ނުނީ. މަށް މަގޭ ރަށާ ދާއިރާ ލިބޭނެއި" "ތަށަށް ތަގޭގެ ރަށު ލިބިގެން ނުނޭ. މަށަށް މަގޭ ރަށް ލިބެއްނެއި" "އިނބަށް އިބޭންގެ ރަށް، ދާއިރާ ލިބެގެން ނޯން. މަށް މަ ރަށް ލިބޭނީ" މި ލިބުނު ޖަވާބުން ދޭހަވީ އެއްމެން ތިބި ގޮތެވެ. މާޔޫސް ވެފައެވެ. ބަވާލީމާ ރުޅިގަދަ ވެފައެވެ. މިއީ ބޮޑުންގެ ޖަވާބެވެ. ތެދެކެވެ. ކައްޕިތާނުގެ އެއްވެސް ސަރަޙައްދަކުން މެޖޯރިޓީ ކީއްކުރްން ހެއްޔެވެ. އެއްމެ ގޮނޑިއެއް ވެސް ލިބުނީ އަކީ ނޫނިއްޔާ އެވެ.

ފަސްވަރަކަށް ދުވަސް ފަހުން ޓީމު އެއް ކުރެވުނެވެ. ފިސާރި ރަނގަޅަށް ބަދަލުހިފުމުގެ ވާހަކަ ދެކެވުނެވެ. އެކިއެކި މީހުން މަޤާމުން ވަކި ކުރަން ނިންމުނެވެ. ދައުލަތުގެ އެއްމެ ގިނަ ވަޒީފާ އޮންނަ މުއައްސަސާ ޕެރަލައިޒް ކުރަން ނިންމިއެވެ. ޤާނޫނާއި ޤަވާޢިދު ތަކުގެ އަސާސަށް ބަދަލު ގެނައުމަށް ސުޕްރިމް ކައުންސިލްގެ ޓީމަށް ހުށަހަޅަން ނިންމީމެވެ. ދެން މިކަމަށް ނުފުރޮޅާނޭ ގަލެއް، ކަމެއް، ނޯންނާނެއެވެ. އެހެނީ އަހަރަމެންގެ އެއްމެ ބާރުގަދަ މަޖިލިސް ދަމައިގަތީއެވެ. ސަލާމަތް ހޯދޭނޭ ގޮތަކުން ހޯދާނީއެވެ. ނަތީޖާ ބަދަލުކުރުމަށް ސުޕްރިމް ކައުންސިލަށް ދިޔައީމެވެ. އެމީހުން ބުނީ ބަލަ ކަލޭމެންގެ ޓީމުގެ ޑިވިޜަނެއްގެ ކެޕްޓަން އެއޮތީ ބަލި ޤަބޫލުކޮށް ޓުވިޓް ކޮށްފައެވެ. އެހެންވެ ތިޔަކަމެއް ނުވާނެއެވެ. ދެން ދިމާކުރީ އިސް އެހީތެރިންގެ ނަމުގައި ސްޕްރީމް ކައުންސިލުން މަގޭ ވަޒީފާ ނުގެއްލޭނޭ ގޮތް ހެދުމަށް ޤަނޫނުތަކުގެ އަސާސާ ކުޅެލުމަށެވެ. ކާމިޔާބު ހޯދުމަށެވެ. 2013 ގެ ހަނދާންތައް އާކޮށްލާށެވެ.

މާތްކަލާއްކޯ!!! މިނިވަނުން ކަމަށް ބުނާ ދާއިރާތަކާއި، މުއައްސާތަކުން އަދި ވެސް ޣާފިލުކަމުގެ ނިދީގައި ތިބެންވީ ތޯއެވެ. ހޭފުޅުލައްވާނީ ކޮން އިރެއްގައި ތޯއެވެ. ސުނާމީ އެއް އައިސް އެއޮއް ގޮނޑު ދޮށަށް ބީއްސާލީ އެވެ. ޙަރަކާތްތެރިވާ ށެވެ. ތެދުވާށެވެ. އަމާން ބަނދަރަށް ދިއުމަށް މަސައްކަތް ކުރާށެވެ. އެހެން ނޫނީ އޮޑީގެ އަޑީގައި ތިބި މީހުން ބޮޑު ބާގަނޑެއް ހަދާތަން ފެނި އެކަމާ އަޅާ ނުލާ ނަމަ ފެތޭއިރު ފެތޭނީ ތިޔަބައި މީހުންނާއި، އަހަރަމެންނާއި، އެއްމެން އެކުގައެވެ. ދަރި ދަރިފަސްކޮޅަށް ދެމިގެން ދާނެއެވެ. މާދަމާއަށް ރައްކާކުރެވޭނީ މިއަދު ކުރިކަމެކެވެ. ހޭލައި، ތެދުވެ، މަސައްކަތް ކުރުމުންނެވެ. އެހެނީ ޓީމުގެ މަދު ކުޅުންތެރިއަކު ނޫނީ އެއްމެން އެއޮއް ބުނަމުން ދަނީ، ފުދިއްޖެއެވެ! ފުދިއްޖެ އެވެ! ހަށިފޮޅާލަނީ އެވެ.! ހޭ ވައްލާ ތައްޔާރެވެ.


އެޑިޓަރުގެ ނޯޓް

މިއީ ކިޔުންތެރިޔަކު ފޮނުއްވާފައިވާ ލިޔުމެކެވެ.



އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ


އައްލާ މާލެ ރަސްގެފަންނުން

2 މަސް ކުރިން

ކޮބައި ފޮސްކާލޯ މެންނަށް ފެނުނުތަ ދިވެހިން ކަންތައް ކުރިގޮތް ދެންވެސް އާފިލުކަމުގެ ނިދިން ހޭލާ ރައިޔަތުން ހަވާލުކުރި ރައިޔަތުންގެ ޒިންމާ އަދާކުރަންފަށަންވީއެވެ. ރައިޔަތުން ފަހަރެއްގަވެސް ކަލޭމެން މަޖިލީހުންގެ މެމްބަރުންގެ ގޮތުގައި ހޮވާދިނީ ސަރުކާރުން ބުނިހާގޮތެއް ހައްދާކަށްނޫނެވެ. ވަރަށް ރީތިކޮށް ކަލޭމެން ނާއި ކަލޭމެން އެމީހެއްގެ ފަހަތުގައި ތިޔަ އެބުރޭ މީހާއަށް ވޯޓުލާދޭނަމެވެ .

0
0