19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބީއެމްއެލް

ބީއެމްއެލް އިން "ސްޓާފް އެވޯޑްސް 2017" ގައި އެވޯޑް ދީފި

  • ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ފަރާތްތަކަށްވެސް އެވޯޑެއް ދިން
ރިޒުނާ ޒަރީރު | RiznaZareer

| 14 މެއި 2017 | އާދީއްތަ 20:49 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


"ސްޓާފް އެވޯޑްސް 2017" ގައި އެވޯޑް ހަލްފާ -- ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ރޭ ދަރުބާރުގޭގައި ބާއްވާ މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް އެވޯޑް ދީފިއެވެ.

 

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމްޕްލޯއީ އޮފް ދަ އިޔަރ، ބެސްޓް ލީޑަރ، ބެސްޓް މެނޭޖަރ، ބެސްޓް ޑިވިޝަނަލް ސްޓާފް، ވޮލަންޓިއަރ ސާވިސް، ސްޕޯޓްސް ސްޕިރިޓް، ރެކަގްނިޝަން ފޯ އެޗީވްމަންޓް، އިނޮވޭޝަން، އަންސަންގް ޗެމްޕިއަން، ކަސްޓަމަރ ސާވިސް ސްޓާރ، ރައިޒިންގ ސްޓަރ، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ދޯނި ސްޓާފް، ބެސްޓް މާލޭ ބްރާންޗް، ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް އަދި ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް ރޭ ވަނީ ދީފައެވެ.

 

ބަދުރުއްދީން ހަސަން (ރީޓެއިލް ބޭންކިންގ) އަށް އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް ލިބުނުއިރު އަބްދުލް އަލީމް އަބްދުލް ޣަފޫރު (ކާރޑް ސާވިސަސް) ވަނީ ބެސްޓް ލީޑަރ އެވޯޑް ހޯދާފައެވެ.

 

ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް ހޯދާފައިވަނީ ދިލްމާ އަހުމަދު (ކްރެޑިޓް) އަދި އިބްރާހިމް މުހައްމަދު ރަޝީދު (މާރކެޓިންގ) އެވެ.

 

ބޭންކްގައި 28 އަހަރު ޚިދުމަތްކުރުމަށްފަހު ރިޓަޔަރ ކުރައްވާ ހިދާޔާ އަހުމަދު (ރީޓެއިލް ބޭންކިންގ) އަށް، ބޭންކަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސްޕެޝަލް ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއްވެސް ވަނީ ދީފައެވެ.

 

މި އެވޯޑްތައް ހަވާލުކޮށްދީފައިވަނީ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީގެ އިތުރުން ބޭންކުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނެވެ. 

 

ސްޓާފް އެވޯޑްސް އާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ބޭންކް މިހާރު މިއޮތީ ވަރަށް ރަގަޅު ހާލަތެއްގައި އަދި މިހިސާބަށް ބޭންކް ގެނެސްދިނުމުގެ ފަހަތުގައި ތިބި ފަރާތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރުމަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް  ކަމަށާއި އެވޯޑްތައް ހާސިލް ކުރި މުވައްޒަފުންނަށާއި އެވޯޑްތަކަށް ނޮމިނޭޓްވި މުވައްޒަފުންނަށް މަރުހަބާކިޔާ ކަމަށެވެ.

 

"އަދި ބޭންކްގެ ހުރިހާ މުވަޒަފުން ކުރަމުންގެންދާ މިންނަތް މަސައްކަތަށާއި ބަހައްޓާ ފަރުވާތެރިކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑުގެ އެންމެ އިޚްލާސްތެރި ޝުކުރު ދަންނަވަން." ހީލީ ވިދާޅުވި އެވެ.

 

ސްޓާފް އެވޯޑް ހަފްލާއަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓެޖީގެ ދަށުން ރާވާ މުހިންމު އެއް ހަރަކާތެވެ. މީގެ އިތުރުން ދާދި ފަހުން ބޭންކުންވަނީ ދިގު މުއްދަތަށް ބޭންކަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް