17 ނޮވެންބަރު 2018 | ހޮނިހިރު | 05 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ފިޔަވަތިހިޔާ

ފިޔަވަތިހިޔާ އަށް އެހީވާން "އެންޓަބެކްސްގެ" ބިޔަ ކެމްޕޭނެއް ފަށައިފި

  • މިކެމްޕެއިން ކުރިއަށްދާނީ އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް
ރިޒުނާ ޒަރީރު | RiznaZareer

| 14 މެއި 2017 | އާދީއްތަ 20:15 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


"އެންޓަބެކްސްގެ" ބިޔަ ކެމްޕޭނެއް ފަށައިފި -- ރާއްޖެއެމްވީ

"ގިވް ހޯޕް، ރިސީވް ހޯޕް" ގެ ނަމުގައި ލޮޓަސްއިން އިސްނަގައިގެން ރާއްޖޭގެ ފެންވަރުގައި ކުރިއަށްދާ ބޮޑު ކެމްޕޭނެއް ފަށައިފި އެވެ.

 

މާބްލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެގައި ލޮޓަސް ފިހާރައިގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒައިނަލް ވިދާޅުވީ މިއީ މެލޭޝިއާގެ ލަމް ސޫން ކުންފުނީގެ އެންޓަބެކްސް އާއި ރާއްޖޭގެ ލޮޓަސް ފިހާރައާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ހުޅުމާލޭގައި ހުންނަ ފިޔަވަތި ހިޔާ އަށް އެހީވުމުގެ ގޮތުން ފެށި ކެމްޕޭނެއް ކަމަށެވެ.

 

މިއީ ފަންޑް ރެއިޒިން ކެމްޕޭނެއް ކަމަށާއި މި ކެމްޕޭނުގެ ދަށުން ގަންނަ ކޮންމެ އެންޓަބެކްސް ޝަވާ ޖެލް ފުޅިއަކުން ދެ ރުފިޔާ ފިޔަވަތިހިޔާ އަށް އެހީވާން ހުޅުވާފައިވާ ފަންޑަށް ލިބޭނެ ކަމަށެވެ.

 

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަމް ސޫން އެޑިބަލް އޮއިލްގެ އެކްސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ ސިއު ޔުއެންގ ހޭންގ ވިދާޅުވީ މި ކެމްޕޭނު ކުރިއަށް ގެންދަނީ މާދަމާއިން ފެށިގެން އޮގަސްޓް މަހުގެ 15 އާ ހަމައަށް ކަމަށާއި މިކެމްޕެއިންއިން ދެ ލައްކަ ރުފިޔާ ފަންޑްރައިޒް ކުރުމަށް ބޭނުންވާ ކަމަށެވެ. އަދި މިފަންޑްރައިޒްއިން ލިބޭ ހުރިހާ ފައިސާއެއް ޖަމާ ކުރާނީ ފިޔަވަތި ޗައިލްޑް ކެއާ އިންސްޓިޓިއުޝަނަށް ކަމަށްވެސް ސިއު ވިދާޅުވި އެވެ.



މި ކެމްޕޭނު ފެށުމުންވެސް އެންޓަބެކްސްގެ އަގަކަށް ވަކި ބަދަލެއް ނާންނާނެ ކަމަށް ލޮޓަސްއިން ބުންޏެވެ.


މި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީގެ އިންސްޓިޓިއުޝަން މެނޭޖްމަންޓް އެންޑް ކޯޑިނޭޝަންގެ ހެޑް މުންޒިރު އިބްރާހިމް ވިދާޅުވީ އެންޓަބެކްސްގެ ކެމްޕޭނުގެ ސަބަބުން  ފިޔަވަތި ހިޔާގައި މިހާރު ގާއިމް ކުރަން ފަށާފައިވާ އާލީ ޗައިލްޑްހުޑް އިންސްޓިޓިއުޝަން ބިނާ ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

 

މިކަމުގައި ހުރިހާ ފަރާތްތަކުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މުންޒިރު އެދިވަޑައިގެންނެވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް