23 ފެބުރުއަރީ 2019 | ހޮނިހިރު | 10 ހިޔަވިހާ
18 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޕްރައިވެޓައިޒޭޝަން

ބިޒްނަސް ސެންޓާ ކޯޕަރޭޝަން ރަޖިސްޓްރީކޮށް ބޯޑް އިއުލާނުކޮށްފި

  • ބީސީސީގެ މަގުސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރުތައް ކުރިއެރުވުން

| 14 މެއި 2017 | އާދީއްތަ 16:01 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ފީފާއިން ވިކްޓްރީގެ ތިން ޕޮއިންޓް ކަނޑާލައިފި
  6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  7. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި
  8. މަންތާ އެއަރއަށް އުދުހުމުގެ ހުއްދަ ދީފި


ގަލޮޅު ދަނޑު ފިހާރަބަރި: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރަން ސަރުކާރުން ވަނީ ހާއްސަ ކުންފުންޏެއް އުފައްދާފައި -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ބިޒްނަސް ސެންޓަ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) ރަޖިސްޓްރީކޮށް، އެ ކުންފުނީގެ ބޯޑު އިއުލާނުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ ޗެއާމަނަކަށް އައްޔަން ކުރައްވާފައި ވަނީ ހދ. ކުޅުދުއްފުށީ އިނގުރުމާގޭ ސޯލިހް ހުސައިން އެވެ. އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ކަނޑައަޅާފައިވަނީ އަހްމަދު މުންތާޒެވެ. ޑިރެކްޓަރުންގެ ގޮތުގައި ކަނޑައަޅާފައިވާ ތިން ބޭފުޅުންނަކީ މއ. މާފުނަ، ހަސަން މިރާސް އާއި، މ. ބުރަދަމާގޭ ސާދާ މުހައްމަދު އަދި ގދ. ފިޔޯރީ، ދަނޑިކޮށީގޭ އަލީ ނާޝިދެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ބީސީސީ ރަސްމީކޮށް ރަޖިސްޓްރީކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ބީސީސީގެ ޗެއާމަން އާއި މެނޭޖިން ޑިރެކްޓަރު މިހާތަނަށް އުޅުއްވީ އިކޮނޮމިކް ޑިވޮލެޕްމެންޓް މިނިސްޓްރީގައި ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

ރައީސްގެ ގަރާރަކުން ބީސީސީ އުފެއްދުމަށް މާޗް މަހު ނިންމެވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް އެހީތެރިވުމަށެވެ. ސަތޭކަ ޕަސެންޓް ސަރުކާރު ހިއްސާ އޮންނަ މި ކުންފުނީގެ ރައުސުލްމާލަކީ 500،000 ރުފިޔާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަޒުމޫން އަހުމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް