19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ޖަވާހިރުގެ ނީލަން

ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި

  • ސިއެރާ ލިއޯންގެ ސަރުކާރުން މިހާރު ބޭނުންވަނީ ބައިނަލްއަގްވާމީ ނީލަމަކަށް ޖަވާހިރު ލާން
ރާއްޖެ އެމްވީ | raajje.mv

| 13 މެއި 2017 | ހޮނިހިރު 23:58 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


ސިއެރާ ލިއޯނުން ފެނުނު 709 ކެރަޓްގެ ބޮޑު ޖަވާހިރު - މިއީ ހުޅަނގު އެފްރިކާއިން މިހާތަނަށް ފެނުނު ދެވަނަ އަށް އެންމެ ބޮޑު ޖަވާހިރު -- ރޮއިޓަރސް

ބުރާސްފަތި ދުވަހު އޮތް ނީލަމެއްގައި ދުނިޔޭގެ އެންމެ ބޮޑު އެއް ޖަވާހިރަށް 7.8 މިލިއަން ޑޮލަރުގެ އަގެއް ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވިއެވެ.

މި ޖަވާހިރުގެ ވެރި ފަރާތަކީ ސިއެރާ ލިއޯންގެ ސަރުކާރެވެ.

ސިއެރާ ލިއޯނުން ބުނީ ޖަވާހިރުގެ އަގު އެއަށް ވުރެ ބޮޑު ވާނެ ކަމަށާއި، ލަފާ ކޮށްފައިވާ މިންވަރަށް އަގު އަރާފައި ނުވާ ކަމަށެވެ.

މި ޖަވާހިރު ފެނުނީ މިއަހަރުގެ މާޗު މަހު ސިއެރާލިއޯންގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ ކޯނޯ ޑިސްޓްރިކްޓުން ނަސާރާ ދީނުގެ ފާދިރީއަކަށެވެ. އޭނާ، 709 ކެރަޓް ހުރި މި ޖަވާހިރު ވިއްކާލުމަށް ހަވާލުކުރީ ސިއެރާލިއޯންގެ ސަރުކާރަށެވެ. މިއީ މިހާތަނަށް ހުޅަނގު އެފްރިކާގެ ގައުމަކުން ފެނުނު ދެވަނަ އަށް އެންމެ ބޮޑު ޖަވާހިރެވެ. މިހާތަނަށް މި ސަރަހައްދުން ފެނުނު އެންމެ ބޮޑު ޖަވާހިރަކީ 969 ކެރަޓް ހުރި "ސްޓަރ އޮފް ސިއެރާލިއޯން" ގެ ނަން ދެވުނު ޖަވާހިރެވެ. މި ޖަވާހިރު ފެނުނީ 1972 ވަނަ އަހަރު ކަމަށް ބީބީސީން ރިޕޯޓް ކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހު ސިއެރާލިއޯންގެ ވެރިރަށް ފްރީޓައުންގައި އޮތް މި ޖަވާހިރުގެ ނީލަމުގައި ފަސް ފަރާތަކުން ބިޑު ހުށަހެޅިއެވެ. އެންމެ ދަށް އަގުގެ ގޮތުގައި އޮތީ 2 މިލިއަން ޑޮލަރެވެ. އެންމެ މަތީ އަގަކަށް އޮތީ ބެލްޖިއަމްގެ "ރޭ ޑިއަމް" އިން  ހުށަހެޅި 7.8 މިލިއަން ޑޮލަރެވެ.

ސިއެރާ ލިއޯންގެ ނޭޝަނަލް މިނެރަލް އެޖެންސީގެ ވެރިޔާ ރޮއިޓާސްއަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ، ސަރުކާރުން ލަފާކުރި އަދަދާ ގާތައްވެސް ޖަވާހިރުގެ އަގު އަރާފައި ނުވާކަމަށެވެ. އެހެން ކަމުން ސިއެރާލިއޯންގެ ސަރުކާރުން މިހާރު ބޭނުންވަނީ ބައިނަލްއަގްވާމީ ނީލަމެއްގައި ޖަވާހިރު ބައިވެރި ކުރުމަށް ބެލްޖިއަމްއަށް ނުވަތަ އިޒްރޭލްގެ ޓެލްއަވީވަށް ޖަވާހިރު ގެންދާށެވެ.

އޭއެފްޕީއަށް އިތުރު ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވީ، ލަފާ ކުރެވޭ ގޮތުގައި ޖަވާހިރުގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެއެވެ. އަދި ސިއެރާލިއޯންގެ ސަރުކާރުން ބޭނުންވަނީ އެންމެ ރަނގަޅު އަގުގައި ޖަވާހިރު ވިއްކާލުމަށް ކަމަށާއި އޭރުން އެއިން ލިބޭ ފައިދާ ގިނަ ބަޔަކަށް ލިބިގެންދާނެ ކަމަށެވެ.

ދުނިޔޭގައި މިހާތަނަށް ފެނުނު އެންމެ ބޮޑު ޖަވާހިރަކީ 3107 ކެރަޓް ހުރި ދެކުނު އެފްރިކާއިން 1905 ވަނަ އަހަރު ފެނުނު ޖަވާހިރެވެ. މި ޖަވާހިރު ކުދި ކުރުމަށްފަހު އޭގެ އެންމެ ބޮޑުބައި ލިބުނީ އިނގިރޭސި ޝާހީ އާއިލާއަށެވެ.

މިހާތަނަށް އެންމެ އަގުބޮޑު ޖަވާހިރުގެ ގޮތުގައި ވިއްކާލީ "ޕިންކް ސްޓަރ" ގެ ނަން ދެވުނު ޖަވާހިރެކެވެ. މި އަހަރުގެ އޭޕްރީލް މަހު އެ ޖަވާހިރު ގަތީ ހޮންކޮންގެ ގަހަނާ ކުންފުންޏަކުން 71.2 މިލިއަން ޑޮލަރަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް