20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ބީއެމްއެލް

ޓްރީޓޮޕް ހޮސްޕިޓަލަކީ ފަޚުރުވެރިވާ އިންވެސްޓްމަންޓެއް: ބީއެމްއެލް

  • ހޮސްޕިޓަލްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރުމަށްވެސް ފަންޑުކުރާނެ
ރިޒުނާ ޒަރީރު | RiznaZareer

| 11 މެއި 2017 | ބުރާސްފަތި 21:19 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  3. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


ޓްރީޓޮޕް ހޮސްޕިޓަލްއަށް ބީއެމްއެލްއިން ޒިޔާރަތްކުރުން -- ބީއެމްއެލް

އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ހަދާ ޓްރީޓޮޕް ހޮސްޕިޓަލަކީ ފަޚުރުވެރިވާ އިންވސްޓްމަންޓެއް ކަމަށް ބީއެމްއެލްއިން ބުނެފި  އެވެ.

 

އެބޭންކުން މިހެން ބުނެފައި ވަނީ ބޭންކް އޮފް މޯލްޑިވްސްއިން ބައިވެރިވާ އިންވެސްޓްމަންޓެއް ކަމުގައިވާ ޓްރީޓޮޕް ހޮސްޕިޓަލް މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ބައްލަވާލެއްވުމަށް ބޭންކްގެ ސީނިއާ މެނޭޖްމަންޓުން ހުޅުމާލެއަށް ޒިޔާރަތްކުރުމަށްފަހުގަ އެވެ.

 

 ޓްރީޓޮޕް އިންވެސްޓްމަންޓްގެ ޑިރެކްޓަރ އަހުމަދު ސަލީމްގެ ދައުވަތަކަށް ކުރެއްވި މި ޒިޔާރަތަށް ފަހު ބީއެމްއެލްއިން ވަނީ މި ހޮސްޕިޓަލްގައި ސެލްފް ސާވިސް (ފައިސާ ޖަމާކޮށް އަދި ނެގޭނެ) އޭޓީއެމްގެ ޚިދުމަތް ގާއިމްކުރާނެ ކަން ހާމަކޮށްފައެވެ.

 

ހޮސްޕިޓަލްގެ މަސައްކަތް ކުރިޔަށްދާ ގޮތް އަދި އެ ހޮސްޕިޓަލްއިން ފޯރުކޮށްދޭން ތައްޔާރުވަމުން އަންނަ ޚިދުމަތްތަކާ މެދު ތަޢުރީފްކުރައްވަމުން ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މިއީ ހަމަޔަގީނުންވެސް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ހޮސްޕިޓަލެއް ކަމަށާއި އަދި މި ހޮސްޕިޓަލް ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

 

މި ހޮސްޕިޓަލްގައި ގާއިމްކުރެވޭ ޚިދުމަތްތައް ވާނީ ރާއްޖޭގައި ބަލި މީހުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ޚިދުމަތްތަކަކަށް ކަމަށާއި މި ބިޔަ މަޝްރޫއުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ދުރު ވިސްނުމާއި ނުގުޑާ ފަދަ އަޒުމާ މެދު ފަޚުރުވެރިވާ ކަމަށް ހީލީ ވިދާޅުވި އެވެ.

 

"އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ބޭންކުން ކުރަމުން މިދަނީ  ވަރަށް ރައްކާތެރި އިންވެސްޓްމަންޓެއްކަން އަދި އަޅުގަނޑުމެން އިންތިޒާރުކުރަމުން މިދަނީ ހުޅުމާލެއަށް އަދި މުޅި ދިވެހި ރާއްޖެއަށް މި ހޮސްޕިޓަލްގެ ފައިދާ ލިބޭނެ ދުވަހަކަށް." ހީލީ ވިދާޅުވި އެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް