17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޖޯކް

ޓްރޭން ސްޓޭޝަނެއްގައި ހުރި މީހަކު އެތަނުގެ އިންޖިނޭރެއްގެ ގާތުގައި އެއްސެވެ.
"ގަޑިއަށް ޓްރޭނަށް ނާދެވެންޏާ ކީއްކުރަން ހިއްޕާފަ ހުންނަ ޝެޑިއުލެއް؟"
އިންޖިނޭރު ބުންޏެވެ. "ޝެޑިއުލް ނެތިއްޔާ ކިހިނެއް އެނގޭނީ ޓްރޭން އަންނަނީ ލަހުންކަން؟"

ބަލިމީހާ: ގައިގެ ކޮންމެ ތަނެއްގައި އިނގިލި ޖައްސާލިޔަސް އެބަ ރިއްސާ.
ޑޮކްޓަރު: ތިބުނީ ކިހިނެއް؟
ބަލިމީހާ: ކޮނޑުގައި އިނގިލި ޖައްސާލިޔަސް ތަދުވޭ، ކަކުލުގައި އިނގިލި ޖައްސާލިޔަސް ތަދުވޭ، ނިތްކުރީގައި އިނގިލި ޖައްސާލިޔަސް އެބަ ތަދުވޭ!
ޑޮކްޓަރު: އެނގިއްޖެ ތި ވާ ގޮތެއް، ތިޔަ އުޅެނީ އިނގިލި ބިންދައިގެން ގޮސްގެން.

ބަލިމީހާ: ސައިތައްޓެއް ބޯލާ ކޮންމެ ފަހަރަކު އަހަރެންގެ ލޮލަށް އެބަ ތަދުވޭ.
ޑޮކްޓަރު: ތިޔަ ސައި ޖޯޑުގައި ތުންޖަހާ އިރު ސަމުސާ ނަގާފަ ތުން ޖަހާބަލަ!

ޑޮކްޓަރެއްގެ ފޯން ކޯލެއް މީހަކަށް ލިބިއްޖެއެވެ.
ޑޮކްޓަރު: އެބައޮތް ރަނގަޅު ޚަބަރަކާ ގޯސް ޚަބަރެއް!
މީހާ: ފުރަތަމަ ދެއްވާ ރަނގަޅު ޚަބަރު
ޑޮކްޓަރު: ރަނގަޅު ޚަބަރަކީ ކަލެއަށް ދުނިޔޭގައި ހުންނަން އޮތީ 24 ގަޑީއިރު
މީހާ: އަސްތާ ތިޔައީ ރަނގަޅު ޚަބަރު ކަމަށް ވާނަމަ ދެން ކޮބާތޯ ގޯސް ޚަބަރަކީ؟
ޑޮކްޓަރު: އިއްޔެ ގުޅަން ހަނދާން ނެތުނީ!

"އަހަންނަށް މިއުޅެނީ ވަރަށް ބޮޑު ކަމެއް ލައިގަނެގެން!"
"އެއީ އަނެއްކާ ކޮން ކަމެއް؟"
"ގެއަށް މީދަލެއް ވަދެގެން މި އުޅެނީ"
"އެހެން ވިއްޔާ މީދާ ހިފާ ދައްޗެއް ތައްޔާރު ކުރޭ، އޭރުން މީދާ ހިފިދާނެ."
"ނެތޭ ގެއަކު މީދާ ހިފާ ދައްޗެއް"
"ދެން ގަނޭ އެހެން ވިއްޔާ ދައްޗެއް."
"ދައްޗެއް ގަނެވޭ ވަރަށް ވުރެ އަތްމަތި ދަތި."
"އަހަރެން ދީފާނަން ދައްޗެއް."
"އާނ ތިޔައީ ރަނގަޅު ގޮތެއް."
"ދެން ހަމައެކަނި ކޮއްލަން ޖެހޭނެ ކަމަކީ، އޭގައި ޗީޒް ކޮޅެއް ހަރުކޮށްލުން."
"ނެތް ގޭގަ ޗީޒެއް."
"އެހެން ވިއްޔާ ޕާންކޮޅެއް ނަގާފައި އޭގައި ތެޔޮކޮޅެއް ހާކާލާފައި ދަތީގައި ހަރުކޮށްލާ"
"ގޭގައި ތެލެއް ނުހުންނާނެ."
"ތެޔޮ ނެތިއްޔާ ހަމައެކަނި ޕާންކޮޅު ހަރުކޮށްލާ، އޭރުން ވެސް ރަނގަޅުވާނެ."
"ޕާނެއް ވެސް ނުހުންނާނެ."
"ދެން މީދާ ތި ގެއަށް ވަދެގެން އެ އުޅެނީ ކީއްކުރާށޯ؟"

ބައްޕަ: "މިއަދު މަންމަ އަށް އެހީވުމަށް ކޮން ކަމެއް ކޮށް ދިނީ؟"
ފިރިހެން ދަރިފުޅު: "މަންމަ ދޮވި ތަށިތައް ފޮހެދިނިން"
އަންހެން ދަރިފުޅު: "ތަޅުންގަނޑުން ތަށީގެ އެތިކޮޅު ކޮޅު ހޮވައިދިނިން މަންމަ އަށް"

މީހަކު އެއް ދުވަހަކު ފިހާރަޔަކަށް ވަތް ތަނުން މާރިތި ކުއްތާ އެއް ފިހާރަ ތެރޭގައި އޮއްވާ ފެނިއްޖެއެވެ.
އޭގެ ރީތި ކަމަށް މާ ބޮޑަށް ގަޔާވެވި ސޭޓު ކައިރީގައި އެމީހާ އަހައިފިއެވެ. "ކަލޭގެ ކުއްތާ ދައިގަންނާނެތަ؟"
"ނޫން މަގޭ ކުއްތާ އަކީ ދައިގަންނަ އެއްޗެއް ނޫން." ޖަވާބުގައި ސޭޓު ބުންޏެވެ.
އެހެން ބުނުމުން އޭނާ ކުއްތާ އާ ގާތް ވެލުމަށް ފަހު އޭގެ ބޮލުގައި ލޯބިން ފިރުމާލައިފިއެވެ.
ފިރުމާލި ކަމެއް ނޭނގުނެވެ. ވައްވައް ޖަހާފައި ކުއްތާ އޭނާ އަތުގައި ބާރަށް ދައިގަތްފިއެވެ.
"އައްދޯތް، ކަލޭ ބުނީމެއްނު ކަލޭގެ ކުއްތާއަކީ ދައިގަންނަ ކުއްތާ އެއް ނޫނޭ." އެ މީހާ ބުންޏެވެ.
"އެއީ އަހަރެންގެ ކުއްތާއެއް ނޫން." ޖަވާބުގައި ސޭޓު ބުންޏެވެ.