ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 18:35
އެމްޓީސީސީ ކަށަވަރު ފިހާރަ
އެމްޓީސީސީ ކަށަވަރު ފިހާރަ
މުހައްމަދު ޝަރުހާން
ސޯމިލް ބިން
އެމްޓީސީސީ ކަށަަވަރު ފިހާރަ ހުސްކުރަން އޮޅިގެން ފުލުހުން ވަދެއްޖެ
ސޯމިލް ބިމުން ސަރުކާރާ ހަވާލު ކުރަންޖެހޭ ހުރިހާ ބިމެއް ވަނީ ހަވާލުކޮށްފަ
އެމްޓީސީސީ އާ ޝޯ ރޫމެއް ހުޅުމާލޭ ޓާމިނަލް ސަރަހައްދުގައި ދަނީ އިމާރާތް ކުރަމުން
ސޯމިލް ބިމަކީ އެމްޓީސީސީގެ ގިނަ އަދަދެއްގެ މުދާ ހުންނަ ތަނެއް

އޮޅުމަކުން އެމްޓީސީސީ ކަށަވަރު ފިހާރަ ހުރި ބިން ސަރުކާރާ ހަވާލު ކުރުމަށް ކޯޓު އަމުރަކާ އެކު ފުލުހުން އެ ފިހާރައަށް މިއަދު ވަދެއްޖެ އެވެ.

 އެމްޓީސީސީން ބުނީ، ފިހާރަ ހަވާލު ކުރުމަށް އެމްޓީސީސީ ކަށަވަރު ފިހާރައަށް ފުލުހުން ކޯޓު އަމުރަކާ އެކު ވަދެފައިވަނީ އޮނިގެން ކަމަށާއި، ސޯމިލް ބިމުގެ ތެރެއިން ސަރުކާރަށް ހަވާލު ކުރަންޖެހޭ ހުރިހާ ބިމެއް އިއްޔަގެ ނިއަލަށް ސަަރުކާރާ ހަވާލު ކޮށްފައިވާ ކަމަށެވެ.

 މިކަމާ ގުޅޭ ގޮތުން މައުލުމާތު ސާފު ކުރުމަށް ފުލުހުންގެ މީޑިޔާ އޮފިޝަލަށް ގުޅުމުން ޖަވާބެއްދެއްވާފައެއް ނުވެ އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރެކްޓިންގ ކޮމްޕެނީ ( އެންޓީސީސީ)ގެ ގިނަ ހިދުމަތްތަކެއް ދެމުންދާ ހ. ސޯމިލް ހުސްކުރުމަށް އެންމެ ފުރަތަމަ އަންގާފައި ވަނީ މިދިޔަ އަހަރު ފަހުކޮޅު އެވެ.

މިއާ އެކީ ހުޅުމާލޭ  ފެރީ ޓާމިނަލް ސަރަހައްދުގައި ޕާކު ކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުގައި އެމްޓީސީސީގެ ޝޯ ރޫމެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެހެންނަމަވެސް އަދި ޝޯ ރޫމްގެ މަސައްކަތް ނުނިމެ އެވެ.

ސޯމިލް ބިމަކީ އެމްޓީސީސީގެ ގިނަ އަދަދެއްގެ މުދާ ހުންނަ ތަނެެކެވެ. ކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި ސޯމިލް ހުސްކުރުމަށް ސަރުކާރުން އުޅެނީ، ކިންގް ސަލްމާން މިސްކިތް އެޅުމަށް އެކަމަށް ބޭނުންވާ ސާމާނު ބެެހެއްޓުމަށް ސައިޓެއް އެ ސަރަހައްދުގައި ހެދުމަށެވެ.

ސޯމިލް ބިމުގެ ބޮޑު ބައެއް ސަރުކާރާ ހަވާލުކޮށްފައިވާ އިރު، އެމްޓިސީސީ ޝޯ ރޫމް ނިމުމުން، ކަށަވަރު ފިހާރަ ހުރި ބިންވެސް ސަރުކާރާ ހަވާލު ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެ އެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް