ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 16:44
ސައުދީ އެއާލައިންސް: އެ ޤައުމެއްގެ ޤައުމީ އެއާލައިން އިން ސައުދީއަށް ދަތުރުކުރާނަމަ 50 އިންސައްތަ ފަސިންޖަރުން ސައުދީއަށް ގެންދިއުމުގެ ފުރުޞަތު އެ އެއާލައިނަކަށް ލިބޭނެ
ސައުދީ އެއާލައިންސް: އެ ޤައުމެއްގެ ޤައުމީ އެއާލައިން އިން ސައުދީއަށް ދަތުރުކުރާނަމަ 50 އިންސައްތަ ފަސިންޖަރުން ސައުދީއަށް ގެންދިއުމުގެ ފުރުޞަތު އެ އެއާލައިނަކަށް ލިބޭނެ
ގޫގުލް
ޙައްޖާއި އުމްރާ
ޙައްޖާއި އުމްރާއަށް ހަމައެކަނި ސައުދީ އެއާލައިންސްއިން ގެންދެވޭގޮތަށް ހަދައިފި
50 އިންސައްތަ ދޫކުރުމަށް އޮންނަނީ ސައުދީ އެއާލައިންސްގެ ފަސިންޖަރުންނަށް
ބާކީ 50 އިންސައްތަ ދޫކުރުމަށް އޮންނަނީ އެ ޤައުމެއްގެ ޤައުމީ އެއާލައިނަށް
މޯލްޑިވިއަނުން ސައުދީއަށް ދަތުރު ނުކުރާތީ، އުމްރާ އާއި ޙައްޖަށް ދޫކުރާ ވިސާގެ 100 އިންސައްތަ ދޫކުރާނީ ސައުދީ އެއާލައިންސްގެ ފަސިންޖަރުންނަށް

ރާއްޖެއިން ޙައްޖާއި އުމްރާއަށް މީހުން ގެންދެވޭނީ ހަމައެކަނި ސައުދީ އެއާލައިންސްއިން ކަމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއިން، ރާއްޖޭގެ ޓްރެވަލް އޭޖެންޓުންނަށް އަންގައިފިއެވެ.

އެ އެމްބަސީން ރާއްޖޭގެ ޓްރެވަލް އޭޖެންޓަކަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ރާއްޖެއެމްވީއަށް ލިބިފައިވާއިރު، އެ ސިޓީގައި ބުނެފައިވަނީ، އެ އެމްބަސީން އުމްރާ އާއި ޙައްޖު ވިސާ ދޫކުރާނީ ހަމައެކަނި ސައުދީ އެއާލައިންސްގެ ފަސިންޖަރުންނަށް ކަމަށެވެ.

ސިޓީގައި ބުނެފައިވަނީ އުމްރާ އާއި ޙައްޖު ވިސާ ދޫކުރާ އުސޫލަށް ބަލާއިރު، އުމްރާ އާއި ޙައްޖަށް ދޫކުރާ ވިސާގެ 50 އިންސައްތަ ދޫކުރުމަށް އޮންނަނީ ސައުދީ އެއާލައިންސްގެ ފަސިންޖަރުންނަށް ކަމަށާ، ބާކީ 50 އިންސައްތަ ދޫކުރުމަށް އޮންނަނީ އެ ޤައުމެއްގެ ޤައުމީ އެއާލައިނަށް ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ޤައުމީ އެއާލައިނަކީ ސައުދީއަށް ދަތުރުކުރާ އެއާލައިނެއް ނޫންކަމުން، އުމްރާ އާއި ޙައްޖަށް ދޫކުރާ ވިސާގެ 100 އިންސައްތަ ދޫކުރާނީ ސައުދީ އެއާލައިންސްގެ ފަސިންޖަރުންނަށް ކަމަށް އެ ސިޓީގައިވެއެވެ.

މިކަމާއި ގުޅޭގޮތުން ސައުދީ އެމްބަސީ އަދި އިސްލާމިކް މިނިސްޓްރީގެ ބަހެއްވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މީގެ ކުރިން، އާންމުކޮށް ރާއްޖެއިން އުމްރާ އާއި ޙައްޖަށް މީހުން ގެންގޮސްފައިވަނީ ސައުދީ އެއާލައިންސްގެ އިތުރުން ސްރީލަންކަން އެއާލައިންސް އާއި މިހާރު ޚިދުމަތް ހުއްޓާލާފައިވާ މެގަ މޯލްޑިވްސްއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް