ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 06:37
ރައީސް އަބްދުﷲ ޔާމިން:-އެމަނިކުފާނު ވަނީ މަޖިލިސް މެމްބަރުނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި
ރައީސް އަބްދުﷲ ޔާމިން:-އެމަނިކުފާނު ވަނީ މަޖިލިސް މެމްބަރުނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި
ރައީސް އޮފީސް ޓްވިޓާ
ރައީސް ޔާމީން
މެމްބަރުން ގެންދިއުމަކީ ކިހާ ގައްދާރު ބައެއްތޯ ސުވާލު ކުރަން ޖެހޭ، އެކުރީ ބަޣާވާތް: ރައީސް
މަޖިލީހަށް އިންތިހާބުވާ މެމްބަރަކު ފަހުން ޕާޓީ ބަދަލު ކުރުމަކީ ބޮޑު ގޯހެއް
އެއްފަހަރާ މެމްބަރުންތަކެއް އެހެން ޕާޓީއަކަށް ގެންދިޔައީ ކޮން ބައެއްކަން ދިވެހިނަކަށް ނޯޅޭ
މަޑުއްވަރީ ދާއިރާއަށް ކޮންމެހެެންވެސަް ޕީޕީއެމް މެމްބަރެއް ހޮވަން ޖެހޭ

ޕީޕީއެމްގައި ތިއްބެވި ގިނަ މެމްބަރުންތަކެއް އެ ޕާޓީން ވަކިކޮށްގެން ގެންދިޔަ މީހުންނަކީ ގައުމަށް ކިހާ  ގައްދާރު ބައެއްތޯ މިއަދު ސުވާލު ކުރަން ޖެހޭ ކަމަށާއި ޕާޓީއަކުން އެއްފަހަރާ ގިނަ މެމްބަރުންތަކެއް ގެންދިއުމަކީ ބަޢާވާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

 

ރ.މީދޫގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވިދާޅުވީ ވަކި ސިޔާސީ ޕާޓީއެއްގެ ނިވަލުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރަކު ފަހުން ޕާޓީ ބަދަލު ކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ގިނަ ކަންތައްތަކެއް ނިންމުމުގެ ބާރު އޮންނަ ތަނަކަށް ވާއިރު ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އެއް ޓީމުން އަނެއް ޓީމަށް ބަދަލުވާހެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލު ވެގެންނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

 

" އުސޫލުތަކަކާއެކީ، އަދި މެނިފެސްޓޯގައި ހުރި ކަންތައްކަކާއި، ރައްޔިތުންގެ އުއްމީދުތަކެއް ފުއްދާދޭނެ ކަމަށް ޕާޓީއެއްގެ ނިވަލުގައި އައި މީހަކު އިންތިހާބުވެގެން ރައްޔިތުންނަށްވީ ވައުދަށް ނޫނީ އަހްދަށް ފުރަގަސްދިނީމަ އެއީ ބޮޑު ގޯހެއް، އަދި އެއަށްވުރެ ބޮޑު ގޯހަކީ އެއްފަހަރާ އެތައް ބައިވަރު މެމްބަރުންތަކެއް ގެންދިޔަ ހިޔާނާތްތެރި އަމަލަކީ އަޅުގަނޑުގެ ފޮތުގައި ބަޢާވާތަކަށްނޫނީ ނުވޭ،" ރައީސް ވިދާޅުވި އެވެ.

އެއްފަހަރާ މެމްބަރުންތަކެއް އެހެން ޕާޓީއަކަށް ގެންދިޔައީ ކޮން ބައެއްކަން ދިވެހިނަކަށް ނޯޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަން ކުރެއްވި ބޭފުޅުންގެ ނަން އެ މަނިކުފާނު ހާމައެއް ނުކުރައްވަ އެވެ. މެމްބަރުން ބަދަލު ކުރުމަކީ ގޯހެއް ކަމަށް ރައީސް ޔާމީން ވިދާޅުވި މިހާރު ހިނގަމުންދާ މަޖިލީހުގައި ތިއްބެވި އިދިކޮޅު ގިނަ މެމްބަރުންތަކެއް ޕީޕީއެމް އަށް ބަދަލުކުރި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުނަށް ނިސްބަތްކުރައްވާ ފާޑު ވިދާޅުވެ އެމަނިކުފާނު ވަނީ އެހާ ހައިބަތު ބޮޑު، ކަރާމަތްތެރި މަސައްކަތްތަކެއް ކުރުމަށް އޮންނަ ރައްޔިތުންގެ މަޖިލީހުން މިއަދު ކުރެވޭ މަސައްކަތަކީ ކޮބައިތޯ ސުވާލު އުފައްދަވާފަ އެވެ.  

މަޑުއްވަރީ ދާއިރާގެ ގޮނޑިވަނީ ހުސްވެފައިކަމަށް ވިދާޅުވެ އެ ދާއިރާގެ މެމްބަރު މުހައްމަދު އަމީތައް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އަމީތު ވިއްކާފައިވަނީ ޕީޕީއެމްގެ މެނިފެސްޓޯ އާއި އެ ޕާޓީން ގަބޫލުކުރާ ސިފަތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

 

" މިކަންކަން ހިފައިގެން މިތަނަށް އައި ބޭފުޅަކަށް ތި ބޭފުޅުން އެ ދެއްވި ތާއީދު ގެއްލޭ ގޮތައް އޭނާ މަސައްކަތްކުރައްވާ އަދި އެ އިހްތިރާމަށް ކޮޅުފައިން ޖަހާފައި ނިކުމެގެން ދިއުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

 

މަޑުއްވަރީ ދާއިރާއިން ޕީޕީއެމްގެ ކެންޑީޑޭޓެއް ހޮވާދެއްވުމަށް އެދިވަޑައިގެން އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ތެރެއިން އަމިއްލަ ގޮތުން މީހަކު ކުރިމަތިލިޔެއްވިޔަ ދީގެން ނުވާނެ ކަމަށެވެ. މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބު ނުކުރެއްވިއްޖެ ނަމަ އެކަމާ އެމަނިކުފާނު ހިތާމަކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

 

މީގެ އިތުރުން އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުން އެމަނިކުފާނު ވަނީ މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ބަދަލުގައި އެ ފަރާތްތަކުން ހިންގާނެ މަޝްރޫއުތަކުގެ ވާހަކަ ނުދައްނީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އެހެންމެ ޕީޕީއެމް ފިޔަވާ ސިޔާސީ ފިކުރެއް މި ރާއްޖޭގައި ނެތް ކަމަށާއި  ދެން އުޅެނީ އަމިއްލަ ކޮންމެވެސް ކަމެއް ނުފުދިގެން އުޅޭ ބައެއް ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެ މަނިކުފާނުގެ ހުރިހާ ވާދަވެރިން ވަނީ ޖަލަށް ހުކުމްކޮށްފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 އޮކްޓޯބަރ 2017 | ބުދަ 10:24
ޓުރުތް
މަނިކުފާނު ޖުމްހޫރީ ޕާާޓީގެ މެންބަރުން ކޮޅާ، އެމްޑީޕީ މެންބަރުންކޮޅާ އަމިއްލަ ގޮތުން ހޮވުނު މެންބަރުން އަދީބު ލައްވާ އެމްއެމްޕީސީޢާޜު ލާޜިތައް ވަގައްނަގުވާފަ މެމްބަރުންނައް ދީގެން މިރައީސް ކޮއްފިޔާ ހަލާލު، އެހެންމީހަކު ކޮއްފިޔާ ބަގާވަތައްވެ ހަރާމް ވުމަކީ މިރައީސްގެ ފަލްސަފާ، ރިކޯމޫސަވެސް ޕީޕީއެމް އަށް ދިޔައީމަ މިރައީސްއަށް ހުދުކާފޫޜު، މީއަރަތެއްނު،
25 އޮކްޓޯބަރ 2017 | ބުދަ 09:10
މަރިޔަން
މެންބަރުން ގެންދިޔައީ ބަނދެގެންތަ؟ ކޮންމެ މީހަކުވެސް ހެޔޮ ވިސްނި، ރަނގަޅު ގޮތް އެނގުނީމަ އެގޮތެއް އިޚްތިޔާރު ކުރާނެ. ނުކުރާމީހާ އަކީ ޖާހިލެއް.
25 އޮކްޓޯބަރ 2017 | ބުދަ 08:42
މޮހޮނު
ބަޣާވާތް ކޮށްގެން ވެރިކަން ބަދަލުކުރީވެސް ކަލޭނޫންތަ.
25 އޮކްޓޯބަރ 2017 | ބުދަ 08:36
ޣައްދާރު މީހާ
މިމީހުންނަކަށް މެމްބަރުން ގަނެގެން ގެންދިޔައީ މިމީހުން ކަމެއް ހައްގަށް މަސައްކަތް ކުރާ މީހުން ކައިރިއަށް މެމްބަރުން ހިތުންރުހުމުން ދިޔައީމާ މިމީހުންގެ މެޖޤރިތީ ގެއްލިގެން ދިޔައީމާ ހިތަށް ތަދުވާވަރުން ކެއްނުކުރެވިގެން މޮޔަވެގެން ދެއްކޭ ވާހަކަތައް މިހުންނަނީ. ވަރަށް ސަލާމް