ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 23:42
ކުރީގެ ރައީސް މައުމޫނު އިދިކޮޅު ކޯލިޝަނުގެ އިސްވެރިންނާ އެކު އެއާޕޯޓުގެ ވީއައިޕީގައި މަޑު ކޮށްލައްވައިގެން
ކުރީގެ ރައީސް މައުމޫނު އިދިކޮޅު ކޯލިޝަނުގެ އިސްވެރިންނާ އެކު އެއާޕޯޓުގެ ވީއައިޕީގައި މަޑު ކޮށްލައްވައިގެން
މުރުޝިދް އަބްދުލް ހަކީީމް
ރައީސް މައުމޫން ވަޑައިގަތުން
މެލޭޝިޔާގެ ދަތުރުފުޅަށް ފަހު ރައީސް މައުމޫން މާލެ ވަޑައިގެންފި
އެމަނިކުފާނަށް އިދިކޮޅު އިއްތިހާދުގެ އިސްވެރިން ވަނީ މަރުހަބާ ދަންނަވާފައި
މެލޭޝިޔާއަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި މާލެ ވަޑައިގެންފި އެވެ.

ރައީސް މައުމޫން އަންގާރަ ދުވަހުގެ ރޭ މާލެ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ އިސްވެރިންނެވެ. އެގޮތުން ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްޙޫރީ ޕާޓީ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ކުރީގެ ޔޫތު މިނިސްޓަރު މަލީހް ޖަމާލާއި ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ވެސް ބައެއް ބޭފުޅުން ހިމެނެ އެވެ. ރައީސް މައުމޫނު ވަނީ އެމަނިކުފާނަށް އެ ބޭފުޅުން މަރުހާބާ ދެންނެވުމަށް ވަޑައިގެންނެވީތީ ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް މައުމޫނު އަމިއްލަ ދަތުރުފުޅެއްގައި މާލެ އިން ފުރާވަޑައިގެންނެވީ މި މަހުގެ 14 ވަނަ ދުވަހުގެ ރެ އެވެ.

އެމަނިކުފާނު އެނބުރި މާލެ ވަޑައިގެންފައި މި ވަނީ އަންނަ ރިޔާސީ އިންތިހާބަށް އިދިކޮޅު ހުރިހާ ފަރާތްތައް އެއްބަސްވާ އެއް ކެންޑިޑޭޓެއް ނެރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށެވެ. އެހެން ކަމުން ރައީސް މައުމޫނު މާލެ ވަޑައިގެންވުމުން ދެން އިދިކޮޅު ފަރާތްތަކުން ރިޔާސީ ކެންޑިޑޭޓަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް