ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 22:46
ފަރަށް އެރި އިންނަމާދޫ ދޯނި
ފަރަށް އެރި އިންނަމާދޫ ދޯނި
އެމްއެންޑީއެފް
ދޯންޏެއް ފަރަށް އެރުން
ރ. މީދޫގައި އޮތް ޕީޕީއެމްގެ ޖަލްސާއަށް އިންނަމާދޫން ދިޔަ ދޯންޏެއް ފަރަށް އަރައިފި
އެ ދޯނީގައި ތިބީ ނުވަ ފިރިހެނުންނާއި 12 އަހްހެނުން އަދި އެއް ކުޑަ ކުއްޖަކު

ރައީސް އަބުދުﷲ ޔާމީން ބައިވެރިވެވޑައިގަންނަވާ، ރ. މީދޫގައި އޮތް ޕީޕީއެމްގެ ޖަލްސާއަށް އިންނަމާދޫއިން އައި ދޯންޏެއް އަންހެނުންނާއި ކުޑަކުދިންނާ އެކު ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ މީދޫ ކައިރީގައި އޮތް ފަރަކަށް ދޯންޏެއް އަރާފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 7:45 ހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފްގެ ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އަދި އެ ދޯނީގައި ނުވަ ފިރިހެނުންނާއި 12 އަހްހެނުން އަދި އެއް ކުޑަ ކުއްޖަކު ހުރި ކަމަށާއި އެ މީހުންނަކީ އެ އަތޮޅު އިންނަމާދޫ އިން މީދޫއަށް ދިޔަ ބައެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އިންނަމާދޫއިން 22 މީހުންނާ އެކު ފުރައިގެން ދިޔަ އެ ދޯނީ ފަރަށް އަރާފައި ވަނީ ރ. މީދޫ ކައިރީގައި އޮންނަ ފަރަކަށެވެ. ދޯނި ފަރަށް އެރި ނަމަވެސް އޭގައި ތިބި މީހުން ވަނީ ސަލާމަތްކޮށް، މީދޫއަށް ގެންގޮސްފަ އެވެ.

އިންނަމާދޫ ކައުންސިލް މެންބަރަކު ވިދާޅުނީ، ދޯނި ފަރަށް އެރީ، މީދޫގައި ސަރުކާރުން ބާއްވާ ޖަލްސާއަށް ބަޔަކު ގޮވައިގެން ދަނިކޮށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ދޯނި އެއްކޮށް ފަރަށް އަރާފައިވާ ކަމަށާއި ދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް