ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 17:06
ވެލާނާ ބިލްޑިންގް:  ވެލާނާ ގޭގައި ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިމެނޭ
ވެލާނާ ބިލްޑިންގް: ވެލާނާ ގޭގައި ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިމެނޭ
ޓްވިޓަރ
ސިވިލް ސާވިސް ކޮމިޝަން
ސިވިލް ސާވިސް މުވައްޒިފުން ބޭރުގައި އުޅޭ ވަގުތަށް މުސާރައިން ކަނޑަށް ނިންމާއިފި
ސިވިލް ސާވިސްގެ ގަވައިދަށް ދެ އިސްލާހެއް ވަނީ ގެނެސްފައި
ވަޒީފާ އަދާ ކުރަން ޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށް ވާ މިންވަރު މުސާރައިން އުނިކުރޭ
މުއައްޒިފަކަށް ދެވޭ ހުސް ވަގުތުކޮޅުގެ އިތުރުން އޮފީހުން ބޭރުގައި ހޭދަ ކުރާ ވަގުތަަށްވާ މިންވަރު އުނި ކުރެވޭނެ

ސަރުކާރުގެ މުވައްޒަފުންގެ ރަސްމީ ހުސް ގަޑީގެ އިތުރުން ބޭރުގައި ހޭދަކުރާ ވަގުތުތަށް މުސާރައިން އުނިކުރެވޭ ގޮތަށް ސިވިލް ސާވިސްގެ ގަވައިދު ބަދަލުކޮށްފިއެވެ.

އަންގާރަ ދުވަހު ސިވިލް ސާވިސް ކޮމިޝަނުން ސާކިއުލާއެއް ނެރެ އެ ގަވައިދަށް އަމަލުކުރަށް ވަނީ ފަށާފައެވެ. އެ ސަކިއުލާގައި ބުނާ ގޮތުން ސިވިލް ސާރވިސްގެ ގަވައިދު 2014 ގެ 160 ވަނަ މާއްދާގެ (ށ) އަދި (ނ)  އިސްލާހު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މުވައްޒަފެއް ވަޒީފާ އަދާ ކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އޭނާގެ މުސާރަ އަދި ސަރވިސް އެލަވަންސްއިން އުނިކުރެވޭނެވެ. އަދި މުވައްޒަފަށް ދެވޭ ހުސްވަގުތުކޮޅުގެ އިތުރުން އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތުތަށް ވާ މިންވަރު، އެނާގެ މުސާރަ އަދި ސާރވިސް އެލަވަންސްއިން އުނިކުރެވޭނެ ކަމަށް ގަވައިދުގައި ވެއެވެ.

މިގޮތަށް އަމަލުކުރަން ނިންމާފައިވާ އިރު ސިވިލް ސާވިސް ކޮމިޝަނުން 2014 ވަނަ އަހަރު ނެރުނު ސާކިއުލާއެއްގެ ދަށުން ދޭން ފެށި ބޯނަސް ފައިސާ މިދިޔަ އަހަރު ވެސް ދީފައެއް ނުވެއެވެ. އަދި މި އަހަރު ވެސް ދީފައެއް ނުވެއެވެ. ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންނަށް ދޭ މުސާރަ އެހެން މިނިވަން މުއައްސަސާތަކާ އަޅާބަލާއިރު ކުޑައިރު ޔުނީފޯމާއި ޔުނީފޯމް އެލަވަންސް ދޭންޖެހޭ އައިޖީއެމްއެޗް ފަދަ ތަންތަނުގައި މިދިޔަ އަހަރާއި މި އަހަރު ވެސް ދީފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 އޮކްޓޯބަރ 2017 | ބުދަ 07:53
އަޅެފަހެ
ކުދިން ބަލާ ސްކޫލް ދޮށަށް ދަނީ ކާކު؟ ކޯޓަށް ދާން އަންގަންވާނީ ރަސްމީ ބަންދު ދުވަސްދުވަހު. އެތަންތާ ނުލާހިކު ގިނަ އިރުވޭ. ޚާއްޞަ ޑޮކްޓަތަކަށް ދައްކަންވެސް ޖެހެނީ ރަސްމީ ގަޑީގަ. އެމީހުން ބަންދު ދުވަސް ދުވަހު ނުތިބޭ. ބިލްްްތައް ދެއްކުން؟؟؟