ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 16:26
ހުޅުމާލޭ ޓާމިނަލް ސަރަހައްދުގައި ގާއިމް ކުރާ ޕާކިންގ އޭރިއާ
ހުޅުމާލޭ ޓާމިނަލް ސަރަހައްދުގައި ގާއިމް ކުރާ ޕާކިންގ އޭރިއާ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލެ ތަރައްގީ ކުރުން
ހުޅުމާލޭ ޓާމިނަލް ސަރަހައްދުގައި ގާއިމް ކުރާ ޕާކިންގ އޭރިއާގައި 1،000 ސައިކަލް ޕާކު ކުރެވޭނެ: އެޗްޑީސީ
61 ކާރު ޕާކު ކުރެވޭނެ
8 ބަހަށް ޕާކު ކުރެވޭނެ

އެޗްޑީސީން ހުޅުމާލޭ ޓާމިނަލް ސަރަހައްދުގައި ގާއިމް ކުރާ ޕާކިން އޭރިއާގެ ސަބަބުން ގާތްގަނޑަކަށް 1,000 ސައިކަލަށް އެ ސަރަހައްދުގައި ޕާކު ކުރެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން ބުނީ އެތަނުގައި 1,000 ސައިކަލުގެ އިތުރުން 61 ކާރާއި އަށް ބަސް  ޕާކްކުރާނެ ޖާގަ އެ ސަރަހައްދުގައި ގާއިމުކުރެވޭނެ ކަމަށެވެ.

 މިކަމާ ގުޅޭޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަންއަށް ގުޅުމަށް ކުރި މަސައްކަތްތައް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

 އެޗްޑީސީން ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި މިދިޔަ އަހަރު ވެސް ފާކިން އޭރިއާއެއް ގާއިމް ކުރިއެވެ. އެއީ 250 ސައިކަލަށް ޕާކް ކުރެވޭ ވަރުގެ ތަނެކެވެ.

ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ގިނަ ސަރަހައްދުތަކެއްގައި ޕާކިންގ އޭރިއާތަކެއް ގާއިމް ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަންވަނީ ފަށާފަ އެވެ. ހުޅުމާލޭގައި އާބާދުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު އެއްގަމު އުޅަނދުފަހަރު ވެސް ދަނީ އިތުރުވަމުންނެވެ. ހުޅުލޭ އާއި މާލެ ގުޅުވާލާ ބްރިޖާ އެކު ހުޅުމާލޭގައި ދުއްވާ ވެހިކަލްގެ އަދަދު އިންތިހާ އަށް އިތުވާނެ ކަމަށް ބެލެވެއެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް