Advertisement
ކ. މާލެ
|
9 ޑިސެންބަރ 2025 | އަންގާރަ 18:22
ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް 1 ވަނަ ޓަވަރުގައި ހުޅުވި އީވް ކްލިނިކް ވިނަރެސް
ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް 1 ވަނަ ޓަވަރުގައި ހުޅުވި އީވް ކްލިނިކް ވިނަރެސް
ރާއްޖެއެމްވީ
އީވް ކްލިނިކް ވިނަރެސް
ގިނަ ހިދުމަތްތަކާ އެކު އީވް ކްލިނިކް ވިނަރެސް، ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި
ހުޅުމާލެ ފޭސް 2 ގައި 17 ކޮންސަލްޓޭޝަން ރޫމް ހުންނަ އީވް ކްލިނިކް ވިނަރެސް ހުޅުވައި 30،000 އަށް ވުރެ ގިނަ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
މި ކްލިނިކުން ސްކޭން، އެކްސްރޭ، ފިޒިއޮތެރަޕީ، ލެބޯޓަރީ ހިދުމަތާއެކު ތަފާތު ދާއިރާތަކަށް ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ހެނދުނު 8 އިން ރޭގަނޑު 9 އަށް ލިބިގެންދާނެ

ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި، ތަފާތު ގިނަ ހިދުމަތްތަކާއެކު އީވް ކްލިނިކް ވިނަރެސް ހޯމަ ދުވަހުގެ ރޭ ހުޅުވައިފި އެވެ.

ވިނަރެސް 1 ވަނަ ޓަވަރުގައި ހުޅުވި މި މަލްޓި ސްޕެޝަލްޓީ ކްލިނިކް ހުޅުއްވައިދެއްވީ އީވް ކްލިނިކްގެ ޗެއާމަން ހުސެއިން މުހައްމަދު ފުޅެވެ.

ހިތިގަސްމަގުގައި ހުންނަ ވިނަރެސް ޓަވަރ 1 ގައި ހުޅުވި މި ކްލިނިކަކީ ޖުމްލަ 17 ކޮންސަލްޓޭޝަން ރޫމް ހުންނަ، ޖާގަ ތަނަވަސް ކްލިނިކެކެވެ. މި ކްލިނިކުން ސްކޭން ކުރުމާއި އެކްސްރޭގެ ހިދުމަތުގެ އިތުރުން ފިޒިއޮތެރަޕީގެ ހިދުމަތާއި ލެބޯޓަރީގެ ހިދުމަތް ވެސް ލިބޭނެ އެވެ.

މި ކްލިނިކުގައި ކުޑަކުދިންނާއި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ އިތުރުން ހިތުގެ ބަލިތަކާއި ކަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުން ހިމެނޭހެން ގިނަ ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން ހިދުމަތް ދޭނެ އެވެ. އަދި ނަފްސާނީ ބަލިތަކާއި ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންވެސް މި ކްލިނިކްގައި ފަރުވާ ދެއްވާނެ އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން އީވް ކްލިނިކްގެ ސީއީއޯ ޑރ. އިބްރާހިމް ޖައުފަރު ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި މި ކްލިނިކް ހުޅުވުމުގެ ބޭނުމަކީ، ފޭސް 2 ގައި ދިރިއުޅޭ ގާތްގަނޑަކަށް 30،000 އަށް ވުރެ ގިނަ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމުގައެވެ. މި ކްލިނިކަކީ މުޅި ފޭސް 2 ގެ އާބާދީ އަށް ހިދުމަތް ފޯރުކޮށްދެވޭ ވަރުގެ ޖާގަ ތަނަވަސް ކްލިނިކެއް ކަމަށް ޖައުފަރު ފާހަގަކުރެއްވި އެވެ.

ކުރިޔަށް އޮތް ތަނުގައި އީވް ކްލިނިކް ވިނަރެސް ގައި އިތުރު ސުޕަ ސްޕެޝަލިސްޓުންގެ ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް ޖައުފަރު ފާހަގަކުރެއްވި އެވެ. އީވް ކްލިނިކް ވެސްޓްޕާކުން ދޭ ހަމުގެ އެކި ހިދުމަތްތަކަށް ބޭނުންވާ ކޮންސަލްޓޭޝަން ދިނުމަށް، އެތަނުގެ ޑާމަޓޮލަޖިސްޓު ވެސް އީވް ކްލިނިކް ވިނަރެސްގައި ކޮންސަލްޓް ކުރާނެ ކަމަށް ޖައުފަރު ވިދާޅުވި އެވެ.

އެ ކްލިނިކުން މަސައްކަތް ކުރާނީ މާލޭގައި ހުރި އައުޓްލެޓްތަކުން ދޭ ފެންވަރުގައި، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދީ، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ފަސޭހައިން އެކި ހިދުމަތްތައް ފޯރުކޮށްދޭން ކަމަށް ވެސް ޖައުފަރު ވިދާޅުވި އެވެ.

އީވް ކްލިނިކް ވިނަރެސްއަށް އާސަންދަ އާއި އަމާނާތަކަފުލް ލިބޭނެ އެވެ. އަދި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެލައިޑް އިންޝުއަރެންސް ވެސް ލިބޭނެ ކަމަށް އީވް ކްލިނިކުން ހާމަކޮށްފައިވެ އެވެ.

މި ކްލިނިކް ހުޅުވާނީ ހެނދުނު 8 އިން ރޭގަނޑު 9 އަށެވެ. ކުރިއަށް އޮތްތަނުގައި މިތަނުގެ ހިދުމަތް ފުޅާކޮށް، ހިދުމަތްދޭ ވަގުތު އިތުރުކުރަން ވަނީ ހަމަޖެހިފަ އެވެ.

އިތުރުވަމުންދާ އާބާދީ އާ އެކު ހުޅުމާލެ ފޭސް 2 އިން އެކަށީގެންވާ ސިއްހީ ހިދުމަތެއް ނުލިބުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ފޭސް 2 ގައި ދިރިއުޅޭ ގިނަ ބަޔަކު ސިއްހީ ހިދުމަތް ހޯދުމަށް މާލެ ދަތުރުކުރަން ޖެހިފައިވާއިރު، މި ކްލިނިކް ހުޅުވުމާއެކު އެ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

- ކޮމެންޓް