ދިވެހި ފިރިހެނަކު "ހައިޟު ވެގެން" ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް ސެޓްފިކެޓް ހަދައިދީފި އެވެ.
މިކަން ފާހަގަވީ، އެ ފިރިހެން މީހާ މަސައްކަތް ކުރާ ކުންފުންޏަށް "ބަލިވެގެން" ސަލާން ބުނުމަށް ފަހު މަސައްކަތު ނުކުތް ދުވަހު މެޑިކަލް ސެޓްފިކެޓް ކުންފުންޏަށް ހުށަހެޅުމުންނެވެ.
ހުޅުމާލެ ހޮސްޕިޓަލުން 3 ދުވަހުގެ މެޑިކަލް ސެޓްފިކެޓް ހުސްވި ނޮވެމްބަރު މަހުގެ 10ން 12ށް އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކަށް ދޫކޮށްފައިވާއިރު، ބަލީގެ ގޮތުގައި ލިޔެފައިވަނީ "ހެވީ ވެޖިނަލް ބްލީޑިން" އެވެ.
ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރު ސޮއިކޮށްފައިވާ މެޑިކަލް ފޯމުގައި އެ ސެޓްފިކެޓް ދޫކޮށްފައިވަނީ ބަލިމީހާ ބެލުމަށްފަހުގައި ކަމަށް ވެސް ވަނީ ލިޔެފަ އެވެ.
މި ނޫހަށް ކޮޕީ ލިބިފައިވާ މެޑިކަލް ސެޓްފިކެޓް ގެ މައްސަލަ، ކުންފުނިން ހުޅުމާލެ ހޮސްޕިޓަލުގައި ޖައްސާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މިކަމާ ބެހޭ ގޮތުން، މި ނޫހުން ހުޅުމާލެ ހޮސްޕިޓަލުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.