Advertisement
ކ. މާލެ
|
7 ޑިސެންބަރ 2025 | އާދީއްތަ 16:11
ޓްރާންސް މޯލްޑިވިއަން އެއާވޭސް އަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރ
ޓްރާންސް މޯލްޑިވިއަން އެއާވޭސް އަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރ
ގެޓީއިމޭޖަސް
ވޯލްޑް ޓްރެވަލް އެވޯޑްސް
ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި
1993 ވަނަ އަހަރު ޚިދުމަތް ފެށި ޓީއެމްއޭ އިން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ރާއްޖޭ ގައި ހިންގަމުންދާއިރު، 65 ޑީއެޗްސީ 6 ޓްވިން އޮޓަރ ބޭނުން ކޮށްގެން ރާއްޖޭގެ 80 އަށް ވުރެ ގިނަ ރިސޯޓަށް އެ އެއަރލައިން އިން ހިދުމަތް ދެއެވެ. އެ އެއަރލައިނުން ކޮންމެ ދުވަހަކު 400 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓް ކުރޭ.

ޓްރާންސް މޯލްޑިވިއަން އެއަރވޭޒް (ޓީއެމްއޭ) އަށް 32 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ޝަރަފުވެރި ދެ އިނާމު ލިބެއްޖެ އެވެ.

އެ އެއަރލައިނަށް ދުނިޔޭގެ ލީޑިން ސީޕްލޭން އޮޕަރޭޓަރ 2025 އާއި އިންޑިއަން އޯޝަންސް ލީޑިން ސީޕްލޭން އޮޕަރޭޓަރ 2025 ގެ އިނާމު ވަނީ ދީފަ އެވެ.

އެކްޒިބިޝަން ވޯލްޑް ބަހްރައިން ގައި ބޭއްވި މި ރަސްމިއްޔާތުގައި ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ 300 އަށްވުރެ ގިނަ އިސް ފަރާތްތަކުން ބައިވެރިވިއެވެ.

1993 ވަނަ އަހަރު ޚިދުމަތް ފެށި ޓީއެމްއޭ އިން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ރާއްޖޭ ގައި ހިންގަމުންދާއިރު، 65 ޑީއެޗްސީ 6 ޓްވިން އޮޓަރ ބޭނުން ކޮށްގެން ރާއްޖޭގެ 80 އަށް ވުރެ ގިނަ ރިސޯޓަށް އެ އެއަރލައިން އިން ހިދުމަތް ދެއެވެ. އެ އެއަރލައިނުން ކޮންމެ ދުވަހަކު 400 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓް ކުރެ އެވެ.

- ކޮމެންޓް