Advertisement
ކ. މާލެ
|
7 ޑިސެންބަރ 2025 | އާދީއްތަ 14:56
ފުލުހުން އަތުލާފައިވާ ބައެއް އާލާތްތައް
ފުލުހުން އަތުލާފައިވާ ބައެއް އާލާތްތައް
ޕޮލިސް
ޕޮލިސް
ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!
ފުލުހުން މާލޭގެ ދެގެއިން ޖުމްލަ 544 ވޭޕް އަދި ވޭޕް ކާޓްރިޖް ހޯދި
ވޭޕްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުން މަނާކުރި

މާލޭ ގެ ދެ ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ވޭޕް އާއި ވޭޕް ކާޓްރިޖްތަކެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއް ގައި މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް މި ކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމަކަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ފުލުހުން ހިންގި އޮޕަރޭޝަނުގައި އެއް ސައިކަލުގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް ގެއިން 190 ފްލޭވާޑް ކާޓްރިޖް، 9 ނެނޯ ސްޓިކް އަދި ޑިސްޕޯސަޕަލް ޕޮޑެއް ފެނިފައިވާ ކަމަށެވެ. އަދި އަނެއް ގެއިން 331 ފްލޭވާޑް ކާޓްރިޖް، 6 ރިފިލް ކާޓްރިޖް އަދި 7 ޕޮޑް ފެނިފައިވާއިރު، އެދެގެއިން ޖުމްލަ 544 އައިޓަމެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހަތަރު ތަނެއް ފާސްކޮށްފައިވާއިރު، އެކަކު ޖޫރިމަނާކުރި އެވެ. އޭގެ އިތުރުން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުން މަނާކޮށް ހަރުކަށި ފިޔަވަޅު އަޅަން ވަނީ ކަނޑައަޅާފަ އެވެ.

- ކޮމެންޓް