Advertisement
ކ. މާލެ
|
7 ޑިސެންބަރ 2025 | އާދީއްތަ 13:07
ގިނަ އަދަދެއްގެ ދަރިވަރުންނާއެކު މާލެ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަހަ މުބާރާތް ފެށި ރަސްމިއްޔާތުގެ ތެރެއިން
ގިނަ އަދަދެއްގެ ދަރިވަރުންނާއެކު މާލެ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަހަ މުބާރާތް ފެށި ރަސްމިއްޔާތުގެ ތެރެއިން
މާލެ ސިޓީ ކައުންސިލް
ކައުންސިލްގެ ޤުރުއާން އަދި މަދަހަ މުބާރާތް
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
ޤުރުއާން މުބާރާތާއި، މަދަހަ މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވޭ
މި ދެ މުބާރާތުގައި މުޅި ޖުމްލަ 1145 ދަރިވަރުން ބައިވެރިވެފައިވޭ
މުޅި މުބާރާތުން އެއް ވަނަ އަށް ދާ ދަރިވަރަކަށް 50،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައި

ގިނަ އަދަދެއް ގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި އެވެ.

މި ދެ މުބާރާތް ފައްޓާފައިވަނީ އާދިއްތަ ދުވަހު މާލެސިޓީ ކައުންސިލުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުން މާލެސިޓީ ކައުންސިލް ގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ޤުރުއާން މުބާރާތާއި، މަދަހަ މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި، ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބޭ ކަމަށެވެ. އެއް އަހަރުން އަނެއް އަހަރަށް މުބާރާތުގައި ބައިވެރިވާ ދަރިވަރުން ވެސް އަދަދު ވެސް އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރިވަރުންނާ ބެލެނިވެރިން މި ދެ މުބާރާތަށް ދޭ ސަމާލުކަން އިތުރުވެގެންދޭ. ދެ މުބާވަރާތުން ވަނަ ހޯދާ ދަރިވަރުންނަށް ދޭ އިނާމު މިއަހަރުން ފެށިގެން ވަނީ ބޮޑުކޮށްފައި. ފައިސާގެ އިނާމު ބޮޑު ކޮށްދިފައިވޭ. މީގެ ކުރިން 4 ވަނަ 5 ވަނަ ފައިސާގެ އިނާމު ހަމަޖެހިފައިނުވި ނަމަވެސް މިއަހަރުގެ މުބާރާތުގައި ފައިސާގެ އިނާމު ހުށަހަޅާ ގޮތަށް ވަނީ ނިންމާފައި.

މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް

މީގެ އިތުރުން މާލެސިޓީ ކައުންސިލްގެ ސީނިއަރ ކައުންސިލް އެގްޒެކެޓިވް އިބްރާހިމް ރަޝީދު ވިދާޅުވީ މާލެސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މި ދެ މުބާރާތުގެ މަގުސަދަކީ ޒުވާން ޖީލު ކީރިތި ޤުރުއާނާއި، އިސްލާމް ދީނުގެ ކަންތައްތަކަށް ދޭ ސަމާލުކަން އިތުރު ކުރުވުން ކަމަށާއި، ނަތީޖާ ވެސް ރަނގަޅު ކަމަށެވެ.

މި ދެ މުބާރާތުގައި މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ދަރިވަރުން ބައިވެރިވެފައިވާކަން ފާހަގަކުރައްވައި ރަޝީދު ވިދާޅުވީ މުޅި ޖުމްލަ 1145 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.

މުޅިއަކު މަދަހަ މުބާރާތުގައި ބައިވެރިވެފައިވޭ 366 ދަރިވަރުން އަދި ހަމައެހެންމެ ޤުރުއާން މުބާރާތުގައި 779 ދަރިވަރުން. މުޅިރާއްޖޭގެ އެކިކަންކޮޅުތަކުން ކުދިން ވަނީ ބައިވެރިވެފައި. މިދުވަސްވަރު ވެސް މުބާރާތް އޮންނަ ދުވަހު ކުދިން ސްކޫލަށް ދަމުން މި މުބާރާތުގައި ކިޔަވަން ޖެހޭ ގަޑިއަށް ހާޒިރުވަމުން ޝެޑިއުލް ކޮށްގެން އަންނަމުންދަނީ. މިއީ އަޅުގަނޑުމެން ވަރަށް އުފާ ކުރާ ކަމެއް.

މާލެސިޓީ ކައުންސިލްގެ ސީނިއަރ ކައުންސިލް އެގްޒެކެޓިވް އިބްރާހިމް ރަޝީދު

މާލެސިޓީ ކައުންސިލުން ވަނީ މުޅި މުބާރާތުން އެއް ވަނަ އަށް ދާ ދަރިވަރަކަށް 50،000 ރުފިޔާ ދިނުމަށް ނިންމާފަ އެވެ. އުމުރު ފުރާއިން އެއްވަނަ އަށް ދާ ދަރިވަރަކަށް 10،000 ރުފިޔާ ލިބޭއިރު، އުމުރުފުރާއިން ސީނިއަރ ގުރޫޕުން 1 ވަނަ އަންނަ ދަރިވަރަކަށް 15،000 ރުފިޔާ ލިބޭނެ ކަމަށް ކައުންސިލުން ބުނެ އެވެ. އަދި މުޅި މުބާރާތުން އެއްވަނަ އަށް ދާ ދަރިވަރަކަށް ގާތްގަނޑަކަށް 75،000 ރުފިޔާ ލިބޭނެ ކަމަށް ކައުންސިލުން ބުނެ އެވެ. މީގެ އިތުރުން ހެޔޮ އެދޭ ފަރާތްތަކުން ދޭ އިނާމާ، ވިޔަފާރިވެރިން ވެސް އިނާމު ހުށަހަޅާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

އާދިއްތަ ދުވަހު މަދަހަ މުބާރާތުގެ ރިކޯޑިން ފަށާފައިވާއިރު، މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް ރިކޯޑިން ކުރިއަށް ދާނެ އެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާ ހަމައަށް ޤުރުއާން މުބާރާތުގެ ރިކޯޑިން ކުރިއަށް ގެންދާނެ އެވެ. ދަރިވަރުން ކިޔަވަން އަންނަންޖެހޭ ވަގުތު އަންގަމުންދާނެ ކަމަށާއި، ވަގުތަށް ސަމާލު ވަނީ ކައުންސިލުން ވަނީ އެދިފަ އެވެ.

ޤުރުއާން މުބާރާތާއި، މަދަހަ މުބާރާތުގެ އުސޫލާ ގަވާއިދު ވަނީ އާއްމު ކޮށްފަ އެވެ. އެ އުސޫލާ އެއްގޮތަށް ދަރިވަރުން ތައްޔާރު ކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

- ކޮމެންޓް