Advertisement
ކ. މާލެ
|
7 ޑިސެންބަރ 2025 | އާދީއްތަ 13:33
އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ
އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ
އެމްޑީޕީ ސެކްރިޓޭރިއެޓް
އެޑިއުކޭޝަން މިނިސްޓްރީ
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި
މި އުސޫލުގައިވާ ގޮތުން ޔުނީފޯމުގައި ބޭނުންކުރެވޭނީ ހަމައެކަނި މިނިސްޓްރީން ކަނޑައަޅާފައިވާ 4 ކުލަ އެއް
2027 ވަނަ އަހަރުން ފެށިގެން ސަރުކާރު ސްކޫލުތަކުގެ ހުރިހާ ދަރިވަރުންގެ ޔުނިފޯމް އެއް ޑިޒައިނަކަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ

ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ދިވެހި އާއިލާތަކަށް މާލީގޮތުން ނިކަމެތިކަން ލިބިފައިވާ ވަގުތެއް ގައި އިތުރު ޚަރަދުތަކެއް ކޮށް ޔުނިފޯމު ބަދަލުކުރަން ޖެހޭގޮތަށް ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމާ ބެހޭ އުޞޫލު އެކުލަވާލުމުން އެމްޑީޕީ ގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އާދިއްތަ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ޝާހިދު ވިދާޅުވީ މިބަދަލު ގެނައުމު ގައި ބެލެނިވެރިންގެ ޚިޔާލާ މަޝްވަރާ ފުޅާދާއިރާ އެއް ގައި ހޯދާފައިނުވާކަން ފާހަގަކުރާ ކަމަށެެވެ.

އަދި މިބަދަލާބެހޭ އެކަށީގެންވާ މަޢުލޫމާތު ރަސްމީ ޙައިސިއްޔަތުން ބެލެނިވެރިންނާ ޙިއްސާކުރަމުން ނުދާތީ ބެލެނިވެރިންގެ މެދުގައި ނުތަނަވަސްކަށްވަނީ އުފެދިފައި ކަމަށާއި އަދި މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ އިސްފަރާތްތަކުން ދައްކަވާފައިވާ ވާހަކަތަކުގައި އޮޅުން އަރާ ގިނަ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރެވޭތީ މިކަމުގައި ސާފު މަޤުޞަދެއް އޮތްކަމަށް ޤަބޫލުކުރަން ދަތި ކަމަށް ވަނީ ބުނެފަ އެވެ.

އެހެންކަމުން މިނިސްޓްރީން ނިންމާ މިފަދަ ކަންކަމުގެ މަޢުލޫމާތު ފޮރުވުމެއް ނެތި ޢާންމުކޮށް ހާމަކުރަމުން ގެންދިޔުމަށް ވެސް ޝާހިދު ވަނީ ގޮވާލައްވާފަ އެވެ.

ސްކޫލުތަކުގެ ޔުނިފޯމަށް ގެންނަން ނިންމާފައިވާ ބަދަލާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މިދަނޑިވަޅު ގައި ކުރީ ގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ސާކިއުލާއެއްގައި ވަނީ 2027 ވަނަ އަހަރުން ފެށިގެން، ސަރުކާރު ސްކޫލުތަކުގެ ދަރިވަރުން ގެ ޔުނިފޯމަށް ބަދަލު ގެންނަކަން އިއުލާންކޮށް، އުސޫލު އާންމުކޮށްފަ އެވެ.

މި އުސޫލުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނީފޯމު ހުންނާނީ އެއް ޑިޒައިނަކަށެވެ. އަދި ޔުނީފޯމުގައި ބޭނުންކުރެވޭނީ ހަމައެކަނި މިނިސްޓްރީން ކަނޑައަޅާފައިވާ 4 ކުލައެކެވެ. މި އުސޫލުގައި ގްރޭޑް 4 އިން ފެށިގެން މަތީގެ ހުރިހާ އަންހެން ދަރިވަރުން ސްކާޓުގެ ތިރިން ހަރުވާޅު ލުމަށްވެސް ވަނީ މަޖުބޫރުކޮށްފަ އެވެ. މި ބަދަލުތަކަކީ ބެލެނިވެރިންގެ މާލީ ބުރަ އިތުރުކުރާނެ ބަދަލުތަކެއް ކަމަށް ބުނެ، މިނިސްޓްރީ ގެ މި ނިންމުމަށް ގިނަ ފަރާތްތަކުން ވަނީ ފާޑުކިޔާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މި ބަދަލު ގެނައި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

- ކޮމެންޓް