މާލޭ ގައި ފުލުހުން ހިންގި އޮޕަރޭޝަނެއް ގައި ރާއްޖެ އަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2025 ޑިސެންބަރު 5 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއް ގައި ވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭ ގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައި ފާސްކޮށްފަ އެވެ.
މި އޮޕަރޭޝަނުގައި ބަލައި ފާސްކުރިި ސައިކަލެއް ގެ މަޑި ދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވެ އެވެ. އަދި ބަލައި ފާސްކުރި ދެ ގޭގެ ތެރެއިން އެއް ގެއެއް ގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ކާޓްްރިޖް ފެނިފައިވެ އެވެ. މީގެ އިތުރުން މި މައްސަލައާ ގުޅިގެން ވޭޕް އާއި ވޭޕް ކާޓްރިޖް ވިއްކަމުން ދިޔަ ފޭސް ބުކް ޕޭޖެއް ވެސް ފުލުހުން ގެ ބާރު ގެ ދަށަށް ވަނީ ގެނެސްފަ އެވެ.
މިމައްސަލައާ ގުޅިގެން މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލާ ގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.