Advertisement
ކ. މާލެ
|
2 ޑިސެންބަރ 2025 | އަންގާރަ 17:29
ހުޅުމާލޭގައި ފުލުހުން މަގުމަތީގައި ބާއްވާފައި އޮތް ކާރެއް ޓޯވ ކުރަނީ
ހުޅުމާލޭގައި ފުލުހުން މަގުމަތީގައި ބާއްވާފައި އޮތް ކާރެއް ޓޯވ ކުރަނީ
ޕޮލިސް
އުޅަނދު ޓޯވ ކުރުން
ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ
ޑިސެމްބަރު 6 ވަނަ ދުވަހުން ފެށިގެން ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ފުލުހުން ޓޯވކޮށް ނަގާނެ
ޓޯވކުރެވޭ އުޅަނދުތަކަށް ލިބޭ ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ އަދި އުޅަނދު ނަގާ ގެންދިއުމުގެ ޒިންމާ އުޅަނދުގެ ވެރިފަރާތުން އުފުލަންޖެހޭ

ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގާނެކަން ފުލުހުން އަންގައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމުގެ މަސައްކަތް ކުރަމުންދާނެ އެވެ.

އެގޮތުން ޑިސެމްބަރު 6 ވަނަ ދުވަހުން ފެށިގެން މިފަދަ އުޅަނދުތައް ޓޯވ ކޮށް ފުލުހުން ކަނޑައަޅާ ތަނަކަށް އެފަދަ އުޅަނދުތައް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ. މިގޮތަށް ގެންދާ އުޅަނދުތައް ގެންދިއުމުގައާއި އެ އުޅަނދެއް ގެންދިއުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޚިދުމަތުން ޒިންމާ ނުވާނެ ކަމަށް ފުލުހުން ބުނެ އެވެ. އަދި ޓޯވކުރެވޭ އުޅަނދުތައް ޓޯވކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށް ފުލުހުން ބުނެ އެވެ.

ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ފުލުހުން ބުނެފައިވާ އިރު، މާފަންނު ޓޯޔާޑުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކަކަށް މީގެ ކުރިން ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފައިވާ މައްސަލައެއް ފެންމަތިވި އެވެ. އެގޮތުން ފުލުހުންގެ ޓޯވޔާޑަށް މާފަންނު ދުވާ ޓްރެކް ސަރަހައްދުގައި ހުރި ދޮރެއް ހަލާކުކޮށްލުމަށްފަހު 3 މީހަކު ވަދެ ގަލުން ހަމަލާދީ އުޅަނދުތަކުގެ ބިއްލޫރިތައް ތަޅާލާފައިވާ މަންޒަރު ވެސް ސީސީޓީވީ ފޫޓޭޖުން ފެނެ އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް ޑިސެމްބަރު 5 ވަނަ ދުވަހުގެ 23:30 ގެ ކުރިން އެތަންތަނުން ނެގުމަށެވެ.

- ކޮމެންޓް