Advertisement
ކ. މާލެ
|
2 ޑިސެންބަރ 2025 | އަންގާރަ 11:24
ޕީއެސްއެމް ގެ އެމްޑީ ކަމުގެ މަގާމުން އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން
ޕީއެސްއެމް ގެ އެމްޑީ ކަމުގެ މަގާމުން އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން
ޕީއެސްއެމް
ޔޫތް މިނިސްޓްރީ
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
މިހާރު ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 143 އަކަށް ވުރެ އިތުރުވެފައިވޭ
ނަސްރީން އަކީ މިހާރުގެ ސަރުކާރުގައި ޕީއެސްއެމް އަށް އައްޔަން ކުރި ތިން ވަނަ އެމްޑީ އަށް ވާއިރު އޭނާ މަޤާމުގައި ހުންނެވީ އެއް އަހަރާއި ހަފްތާއެއްގެ މުއްދަތައް
ނަސްރީން އަކީ ދައުލަތުގެ މީޑިއާގައި ދިގު ތަޖުރިބާ އެއް ލިބިފައިވާ ފަރާތެއް

ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކޮށްފި އެވެ.

ނަސްރީން އަކީ ޔޫތު މިނިސްޓްރީ އަށް އައްޔަން ކޮށްފައިވާ ފަސް ވަނަ ޑެޕިއުޓީ މިނިސްޓަރު ކަމަށް ވާއިރު ޔޫތް މިނިސްޓްރީ އަކީ އެންމެ ގިނަ ސިޔާސީ މަޤާމްތައް އޮތް އެއް ވުޒާރާ އެވެ. މިހާރު ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 143 އަކަށް ވުރެ ވަނީ އިތުރުވެފަ އެވެ. ޑެޕިއުޓީ މިނިސްޓަރުން އެންމެ ގިނަ ވުޒާރާ އަކީ މިނިސްޓްރީ އޮފް ސިޓީސް އެވެ. އެތަނުގައި އެކަނި ވެސް 16 ޑެޕިއުޓީ މިނިސްޓަރުން ތިބެ އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން އެ މަގާމުން އިސްތިއުފާ ދެއްވީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ނަސްރީން އިސްތިއުފާ ދެއްވީ ހޮނިހިރު ދުވަހު ބޭއްވި ޕީއެސްއެމް ގެ ބޯޑު ބައްދަލުވުމުގެ ތެރެއިން ކަމަށް މައުލޫމާތު ލިބެ އެވެ.

އެއް އަހަރާއި ހަފްތާއެއްގެ މުއްދަތަށް ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހުންނެވި ނަސްރީނަކީ މިހާރުގެ ސަރުކާރުގައި ޕީއެސްއެމް އަށް އައްޔަން ކުރެއްވި ތިން ވަނަ އެމްޑީ އެވެ. މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެ މަގާމުގައި ކުރިން ހުންނެވި ދެ ބޭފުޅުންނަކީ ޒީނާ ޒާހިރާއި މުހައްމަދު ސައީދެވެ. އެ ދެ ބޭފުޅުން ވެސް އެކި ސަބަބުތަކާ ހެދި ވަކި ހިސާބަކުން އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވި އެވެ.

ނަސްރީން އަކީ ދައުލަތުގެ މީޑިއާގައި ދިގު ތަޖުރިބާ އެއް ލިބިފައިވާ ފަރާތެކެވެ. މީގެ 15 އަހަރު ކުރިން ދައުލަތުގެ މީޑިއާއާ ގުޅިވަޑައިގެން، އޭނާ ވަނީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި އީ-ކޮމާސްގެ ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން ނަސްރީން ހުންނެވީ ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގަ އެވެ.

- ކޮމެންޓް