Advertisement
ކ. މާލެ
|
12 ނޮވެންބަރ 2025 | ބުދަ 18:31
ގަބޮންގެ ވެރިކަމުން ދުރުކުރި އަލީ ބޮންގޯ އޮންޑިމްބާ އާއި އޭނާގެ އަންހެނުން ސިލްވިއާ ބޮންގޯ
ގަބޮންގެ ވެރިކަމުން ދުރުކުރި އަލީ ބޮންގޯ އޮންޑިމްބާ އާއި އޭނާގެ އަންހެނުން ސިލްވިއާ ބޮންގޯ
އޭއެފްޕީ
ގެބޯން
ގެބޯން ގެ ކުރީގެ ފަސްޓް ލޭޑީ 20 އަހަރަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފި
ގެބޯންގެ ކުރީގެ ރައީސް އަލީ ބޮންގޯގެ އަނބިކަނބަލުންނާއި ދަރިފުޅަށް ކޮރަޕްޝަންގެ ތުހުމަތުގައި 20 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު، އެމީހުން ބުނަނީ މިއީ މިލިޓަރީ ޖުންޓާ އިން ބާރުގެ ބޭނުން ކޮށްގެން ކުރި ސިޔާސީ ހުކުމެއް ކަމަށް.

ބުދަ ދުވަހު ގެބޯން ކޯޓަކުން ކުރީގެ ފަސްޓް ލޭޑީ ގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

62 އަހަރުގެ ސިލްވިއާ ބޮންގޯ އާއި އޭނާގެ ދަރިފުޅު 33 އަހަރުގެ ނޫރުއްދީން ބޮންގޯ ގެ ޣައިރު ހާޒިރުގައި ޝަރީއަތް ކުރުމަށް ފަހު، ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ސާބިތުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.

މެދުތެރޭ އެފްރިކާގެ ތެލުގެ މުއްސަނދިކަން ލިބިފައިވާ ބޮންގޯ ގައި 55 އަހަރު ވަންދެން ގޮށްމުށުގެ ބާރުގައި ބޮންގޯ އާއިލާ އިން ވަނީ ވެރިކަން ކޮށްފައެވެ.

ކުރީގެ ފަސްޓްލޭޑީ އާއި އޭނާގެ ދަރިފުޅު ވަނީ އެމީހުންގެ މައްޗަށް ކުރި ތުހުމަތު ތަކަށް އިންކާރު ކޮށް މިއީ ސިޔާސީ ދައުވާ އެއް ކަމަށް ބުނެފަ އެވެ.

ކުރީގެ ރައީސް އަލީ ބޮންގޯ 2023 އޯގަސްޓް 30 ވަނަ ދުވަހު ބަޣާވާތެއް ގައި ވެރިކަމުން ދުރުކުރީ 14 އަހަރު ވެރިކަން ކުރުމަށް ފަހު، އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ކާމިޔާބު ވެއްޖެ ކަމަށް އިއުލާން ކުރިތާ ވަގުތުކޮޅެއްގެ ތެރޭގައެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އެ އިންތިޚާބަކީ މަކަރު ހީލަތް ހަދާ ނަތީޖާ އޮޅުވާލާފައިވާ އިންތިޚާބެއް ކަމަށެވެ.

ފަރަންސޭސި ރައްޔިތުކަން ލިބިފައިވާ އަލީ ބޮންގޯގެ އަނބިކަނބަލުންނާއި ދަރިފުޅަށް ތުހުމަތު ކުރެވުނީ 2018 ގައި އަލީ ބޮންގޯ އަށް ސީރިއަސް ސްޓްރޯކެއް ޖެހުމާ އެކު ކުރީގެ ލީޑަރު ބޭނުން ކޮށްގެން، އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައި ގެބޮން ގެ ވަސީލަތްތައް އަމިއްލަ ފައިދާ އަށް ބޭނުން ކުރި ކަމަށެވެ.

ބަޣާވާތައް ފަހު 20 މަސް ދުވަހަށް ހައްޔަރުކޮށް، މެއި މަހު ކުރީގެ ލީޑަރު ދޫކޮށްލީ ޞިއްޙީ ސަބަބުތަކާ ހުރެ ލަންޑަނަށް ދިއުމަށެވެ.

- ކޮމެންޓް