ފަލަސުރުހީ: ރައީސް މުހައްމަދު ނަޝީދާއެކު

  • އަޅުގަނޑު ލަފައެއް ނުކުރަން ޓްރެޝަރީ ބޮންޑެއް ވިއްކިދާނެ ކަަމަކަށް: ރައީސް ނަޝީދު
  • އަމަން ބަލަހައްތާ މީހުންނަށް އުޖޫރަ ނުދެވޭނަމަ، ސަރުކާރުގެ ސައްހަ ކަމެއް ނެތް: ރައީސް ނަޝީދު
  • ވައްކަމާއި ފަސާދައާއި ކޮރަޕްޝަން ވެރިކަމުގެ ތެރޭގައާއި ސަރުކާރުގެ ތެރޭގައި އުފެދިފައިމިވަނީ އިންތިހާ އަށް: ރައީސް ނަޝީދު
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އަޅުގަނޑު ލަފައެއް ނުކުރަން ޓްރެޝަރީ ބޮންޑެއް ވިއްކިދާނެ ކަަމަކަށް: ރައީސް ނަޝީދު

ސަރުކާރުން އުންމީދު ކުރޭ 200 މިލިއަން ޑޮލަރެއްގެ ޓްރެޝަރީ ބޮންޑެއް ވިއްކަން، އެއީ އެއް މަސް ދުވަހުގެ ހަމަޖެހުން، އެނގިވަޑައިގަންނަވާނެ ސަރުކާރަށް ޖެހޭ މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރަން، ފެނަށް ކަރަންޓަށް ބޭހަށް ކާޑަށް މިއީ ކޮންމެ މަހަކު ސަރުކާރުން ސަކާކޮށްފައި ހުންނަން ޖެހޭ ފައިސާ، އަޅުގަނޑުމެންނަކަށް ނެތް އެއްކައިރި ކުރެވިފައި، އެކަންކަން މިހެން ދާކަމަށް ވާނަމަ އަޅުގަނޑުމެންނަށް ކުރިމަތިލާން މިޖެހެނީ ވަރަށް ބަނަ ދުވަސްވަރަކާ.

 

އަޅުގަނޑު ދަންނަވަން އެނގޭތޯ ފުރަތަމަ ކަމަކަށް އަޅުގަނޑު ދެކޭ ގޮތުގައި 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑެއް ވިއްކައިގެން ނުވާނެ، އެ ބޮންޑުގެ އިންޓްރެސްޓް ރޭޓާއެކީގައި އެ ބޮންޑު އަނބުރާ ދައްކަންޖެހޭނީ ހަމަ ޑޮލަރުން، މިއަދު 50 މިލިއަން ޑޮލަރު އަޅުގަނޑުމެންގެ ރިޒާވުގައި ހުރިއިރު، އެ ވިއްކަވާ ޓްރެޝަރީ ބޮންޑު އަނބުރާ ދައްކަވަން ކޮންތާކުންތޯ އެ ފައިސާ އަނބުރާ ދައްކަވަނީ، ކިހާ ދުވަހެއްގެ ތެރޭގައިތޯ އެ އަނބުރާ ދައްކަން ޖެހެނީ، 120 ދުވަހުގެ ތެރޭގައި އާންމުކޮށް ޓްރެޝަރީ ބޮންޑެއް އަނބުރާ ދައްކަންޖެހޭ، 120 ދުވަސް ވާއިރުގައި އެފައިސާ އަނބުރާ ޖަމާވަނީ ކޮން މަގަކުންތޯ، މީގެން އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ސާފެއް ނުވޭ

 

އަދި ހަމައެކަނި އެފައިސާ އަނބުރާ ދެއްކުމެއް ނޫން، އެއާއެކީގައި ހަމަ އެހެން ޚަރަދުތައް ވެސް ކުރަންޖެހޭ، ފުރަތަމަ ކަމަކަށް އަޅުގަނޑު ލަފައެއް ނުކުރަން ޓްރެޝަރީ ބޮންޑެއް ވިއްކިދާނެ ކަަމަކަށް ރާއްޖޭގެ އިގްތިސާދު އޮތް ގޮތުގެ ސަބަބުން

 

ޓްރެޝަރީ ބޮންޑެއް ސަރުކާރަށް ވިއްކުނު ކަމަށް ވިޔަސް އަޅުގަނޑަށް ފެންނަ ފެނުމުގައި މީގައި ސަރުކާރަށް އަރައި ގަންނަން ވަރަށް ދަތި، މިއަންނަ މަސް ހަމަޖެއްސިދާނެ އެ ބޮންޑުން އެހެން ނަމަވެސް ކުރިއަށް އޮތް ތަން ސަރުކާރަށް ހަމަޖެއްސޭކަށް ނެތް، ރައީސް ޔާމީން އިގްތިސާދީ ސިޔާސަތު ކަނޑައެޅިގެން ފެއިލްވެއްޖެ އިނގޭތޯ، އެބޭފުޅާ އަށް އެއްގޮތަކަށް ވެސް އެނގިވަޑައެއް ނުގެންނެވި އިގްތިސާދީ ކަންކަން ކުރިއަށް ގެންދަވާކަށް.

 

ވަރަށް ގިނަ ބޭފުޅުންނަށް ވާގޮތެއް އަޅުގަނޑު ހިތުން، މިސާލަކަށް ގްރޭޑް 10 އަކާ ހަމައަށް އިގްތިސާދު ކިޔުއްވާފައި ހުންނެވީމާ ދެން ބައެއް ފަހަރު ހީފުޅު ކުރައްވަނީ ތިމަންނާއަށް މިކަން ވަރަށް ބޮޑަށް އެނގެޔޭ، އެކަމަކު ގައުމެއްގެ އިގްތިސާދު ހިންގުން އެއީ އަދި އެކަނި މިފޮތުގައި އޮންނަ ގޮތަށް އެކަނި ވަމުންދާ ގޮތެއް ނޫން، ވަރަށް ގިނަ ބައެއްގެ ލަފަޔާ އިރުޝާދާއެކީގައި މެނުވީ ވާކަމެއް ނޫން.

5 ފެބްރުއަރީ 2017 | އާދީއްތަ 03:15
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އަމަން ބަލަހައްތާ މީހުންނަށް އުޖޫރަ ނުދެވޭނަމަ، ސަރުކާރުގެ ސައްހަ ކަމެއް ނެތް: ރައީސް ނަޝީދު

އަމަން ބަލަހައްޓާ ފަރާތްތަކަށް ދޭންޖެހޭ އުޖޫރަ މަސްނިމޭ އިރަށް ނުދެވޭ ކަމަށްވާނަމަ ސަރުކާރެއްގެ ސައްޚަކަމެއް ނެތް، ރައީސް ޔާމީނަކަށް ސަރުކާރަކު ނުހުންނެވޭނެ މުސާރަ ނުދެއްވާނަމަ އެއް، ހަގީގަތުގައި ފުލުހުންގެ ވާޖިބެއް މިއަދު އެއީ އަދި އެހެން ރައްޔިތުންގެ ފަރާތުން ވެސް މިކަމުގައި ތެދުވެ ދިނުން، ޓީޗަރުންގެ މުސާރައަށް ވީގޮތެއް ވެސް ނޭނގެ، ނަރުހުންގެ މުސާރައަށް ވީގޮތެއް ވެސް ނޭނގެ، ފުލުހުންނާއި ސިފައިންގެ މުސާރައަށް ވަމުންދާ ގޮތެއް ވެސް ނޭނގެ، ކާތިބުންނާއި ސެކެޓްރީންނާއި ޑިރެކްޓަރުންނާއި ޕާމަނަންޓް ސެކެޓްރީންނާ   އެހެން ވެސް އިދާރީ މުވައްޒަފުން މުސާރަތައް ވެސް މިވަނީ އެތައް ތަނަކުން ލަސްވެފައި، މިއީ އަޅުގަނޑުމެންނަށް ކުރިއަށްދެވޭނެ ގޮތެއް ނޫން، މިމަހު ލަސްވީމާ ދެން މިއަންނަ މަހު އަދި މިކަން މާ ތާށި ވެގެންދާނެ.

5 ފެބްރުއަރީ 2017 | އާދީއްތަ 03:12
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ވައްކަމާއި ފަސާދައާއި ކޮރަޕްޝަން ވެރިކަމުގެ ތެރޭގައާއި ސަރުކާރުގެ ތެރޭގައި އުފެދިފައިމިވަނީ އިންތިހާ އަށް: ރައީސް ނަޝީދު

ވައްކަމާއި ފަސާދައާއި ކޮރަޕްޝަން ވެރިކަމުގެ ތެރޭގައާއި ސަރުކާރުގެ ތެރޭގައި އުފެދިފައިމިވަނީ އިންތިހާ އަށް، އެތައް އެތައް ބިލިއަން ޑޮލަރެއް އަޅުގަނޑުމެންގެ މާލީ ނިޒާމުގެ ތެރެއިން ބޭންކުގެ ނިޒާމުގެ ތެރެއިން މިވަނީ ދޮވެ ސާފުކޮށްފަ، އެކަންކަން އެހެންވީމާ އެހެން ވިޔަފާރިތަކުގެ އިތުބާރު ދިވެހިރާއްޖޭގެ މައްޗަށް ކުޑަވެގެންދާނެ، އިތުބާރު ކުޑަވީމާ ބޭރު ވިޔަފާރިވެރިންގެ އިންވެސްޓްމެންޓްތައް ދިވެހިރާއްޖެ އަށް އަންނަ ލެތް މަދުވާނެ

 

ދިވެހިރާއްޖެ އަށް ބޭރުގެ ގައުމުތަކުން ބޭރުގެ ވިޔަފާރިތަކުން އިންވެސްޓް ނުކުރާ ކަމަށް ވާނަމަ ދިވެހި އުފެއްދުންތެރިކަން މަދުވާނެ، ވަޒީފާގެ ފުރުސަތު މަދުވާނެ، ރައްޔިތުންގެ އާމްދަނީ މަދުވާނެ، ކަންމަތީ ފިހާރަތަކުގެ ވިކުރާ މަދުވެގެންދާނެ އެހެން ފިހާރަތަކުގެ ވިކުރާ ވެސް މަދުވެގެންދާނެ، އެހެންވީމާ މިބުރު ޖަހަމުން އެނބުރެމުން ސެނބުރެމުން މިދަނީ ތިރިއަށް

 

އެއީ އަޅުގަނޑުމެންނަށް ދިމާވާ ވަރަށް ހިތާމަވެރިކަމެއް، އެންމެ ފަހުން އަޅުގަނޑުމެންނަށް އޭގެ އާޚިރު ނަތީޖާ މި ފެންނަނީ، އަޅުގަނޑުމެންގެ ބައިނަލްއަގްވާމީ ރިޒާވަކު ފައިސާއެއް ނެތް، އަޅުގަނޑުމެންނަށް މަހުން މަހުން މުސާރައެއް ނުދެވޭ، ފުލުހުންނަށް ދޭންޖެހޭ މުސާރަ ނުދެވިގެން ފުލުހުންނަށް ލޯނެއް ދެއްވައިފި، ދެން މިއަށް ވުރެ ހިތާމަވެރި ލަދުވެތިކަމެއް ސަރުކާރަކަށް ކުރިމަތިނުވާނެ.

5 ފެބްރުއަރީ 2017 | އާދީއްތަ 03:10
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ވޯލްޑް ބޭންކުން ބުނެފައިވަނީ ދިވެހިރާއްޖޭގެ އިގްތިސާދު ވަނީ ވަރަށް ނާޒުކު ފަށްތަރެއްގައޭ: ރައީސް ނަޝީދު

އިގްތިސާދު މިނާ އިގްތިސާދީ އިލްމުގައި ހުންނަ މިންގަނޑުތަކެއް ހުރޭ، އޭގެ ތެރޭގައި ހާއްސަކޮށް ގައުމީ އުފެއްދުންތެރިކަން އިތުރުވަމުންދާ މިންގަނޑު އެއީ ވަރަށް މުހިންމު މިންގަނޑެއް، ޖީޑީޕީ އިތުރުވަމުންނެއް ނުދޭ ގައުމީ އުފެއްދުންތެރިކަން އިތުރުވަމުންނެއް ނުދޭ.

 

އިގްތިސާދު މިނުމުގައި ގެންގުޅޭ އަނެއް މިންގަނޑަކީ ތަކެތީގެ އަގު އުފުލިގެންދާ މިންވަރު، އަޅުގަނޑުމެންނަށް މި ފެންނަނީ އަގުތައް ވަރަށް މައްޗަށް އުފުލިގެންދާ ތަން، އިންފްލޭޝަން ވަރަށް ބާރަށް ކުރިއަށް އަރަމުންދާތަން، އަގުތައް މައްޗަށް އަރައިގެން ދިއުމަކީ އިގްތިސާދު ހީނަރުވާކަމެއް.

 

ވަޒީފާގެ ފުރުސަތޭ އަޅުގަނޑު މި ދަންނަވަނީ ސަރުކާރުގެ ވަޒީފާގެ ފުރުސަތެއް ނޫން، ވިޔަފާރީގެ ތެރެއިން އުފެއްދުންތެރިކަމުގެ ތެރެއިން ނިކުންނަ ވަޒީފާގެ ފުރުސަތު، މަސްވެރިކަމަށް ހުރި ފުރުސަތުތައް، ޓޫރިޒަމަށް ހުރި ފުރުސަތުތައް، އުފެއްދުންތެރިކަމަށް ހުރި ފުރުސަތުތައް، އެ ފުރުސަތުތައް ވެސް މިއަންނަނީ ކުރިއަށް ވުރެ މާބޮޑުތަނުން ހަނިވެގެން ދަށްވެގެން.

 

އަޅުގަނޑުމެންނަށް ވޯލްޑް ބޭންކުން ވެސް އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވެސް ރިޕޯޓްތައް ސާފުކޮށް އެބަހުރި ފެންނަން، މިއަދު ވެސް ބޭންކުން ބުނެފައިވަނީ ދިވެހިރާއްޖޭގެ އިގްތިސާދު ވަނީ ވަރަށް ނާޒުކު ފަށްތަރެއްގައޭ.

 

އަޅުގަނޑު ދާދި ފަހުން އެމަރިކާ އަށް ކުރި ދަތުރެއްގައި ވޯލްޑް ބޭންކުގެ ޗެއާމަނާއެކުގައި މެންދުރު ކެއުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު، އެބޭފުޅާ އަޅުގަނޑަކަށް ވަރަށް ދިގުކޮށް ސާފުކޮށްދެއްވި ރާއްޖެއަށް އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ވަމުންދާގޮތް.

5 ފެބްރުއަރީ 2017 | އާދީއްތަ 03:07
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޑރ. ޖަމީލާ އެއްވެސް މައްސަލައެއް ނެތް: ރައީސް ނަޝީދު

އެއްވެސް މައްސަލައެއް ޑރ. ޖަމީލާ އުޅެނީ އެއް ނޫން، އަޅުގަނޑު މިތަނަށް އައި އިރުވެސް ޑރ. ޖަމީލާ ބައްދަލުކޮށްފައި އަޅުގަނޑު މި އައީ އަދި އަޅުގަނޑުމެން އިނގިރޭސީވިލާތުގައި އުޅޭ އިރުގައި މަދުވެގެން ހަފްތާއަކު ދެ ފަހަރު އަޅުގަނޑުމެން ދެ މީހުން ބައްދަލުވެ މަޝްވަރާކޮށް ހަދަން، އަޅުގަނޑާ ޖަމީލާ ދޭތެރޭގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް، ހަމަގައިމުވެސް އަޅުގަނޑު ވަރަށް އިޚްތިރާމްކުރަން ޖަމީލަށް، އަޅުގަނޑު ދެކޭ ގޮތުގައި ޑރ. ޖަމީލަކީ ދިވެހިރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައި ހުންނެވި ބޭފުޅެއް، އެހެންވީމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޑރ. ޖަމީލާއެއްކޮށް މަސައްކަތް ކުރަމުން ކުރިއަށް އޮތްތަނުގައި ވެސް ދާނަން،

5 ފެބްރުއަރީ 2017 | އާދީއްތަ 03:03
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރައީސް މައުމޫނާއި، ޤާސިމް އިބްރާހިމްވެސް އަޅުގަނޑުމެންނާއި ގުޅޭނެ ކަމަށް އުއްމީދުކުރަން: ރައީސް ނަޝީދު

އެމްޔޫއޯގެ އެންމެ ބޮޑު ބޭނުމަކީ އެހެން ސިޔާސީ ޕާޓީތަކާ އެކުގައި އެމްޑީޕީ މަސައްކަތްކުރުމުގެ ތަރުތީބުތަކެއް ހޯދުން، އަޅުގަނޑުމެންނަށް ވަރަށް ދަތިވެފައި އޮންނަނީ އެހެން ޕާޓީއަކާ އެކުގައި މަސައްކަތް ކުރަން، އަޅުގަނޑު ދުށް ގޮތުގައި އަދި މިހާރު ވެސް އަޅުގަނޑު ދެކޭ ގޮތުގައި ޑިމޮކްރަސީގެ ވަރަށް މުހިންމުކަމެއް އެއީ ތަފާތު ފިކުރުތަކުގެ ޕާޓީތަކާއެކުގައި މަސައްކަތްކުރުމުގެ ތަޖުރިބާތަކެއް ހޯދުން، އެމްޔޫއޯ އިން އަޅުގަނޑުމެންނަށް އެ ފުރުސަތު ވަރަށް ފުޅާކޮށް ލިބިގެންދޭ، އަޅުގަނޑުމެންނަށް އެބަ ލިބޭ އަދާލަތު ޕާޓީއާއެކުގައި މަޝްވަރާކޮށްގެން އަދާލަތު ޕާޓީއާއެކުގައި މަސައްކަތްކުރުމުގެ ވަރަށް ބޮޑު ޖާގަ، ހަމައެއާއެކީގައި ކާނަލް ނާޒިމާއި ޑރ. ޖަމީލަށް ތާއީދުކުރާ ފަރާތްތަކާ އެކީގަވެސް މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިގެންދޭ، އަޅުގަނޑު އަދިވެސް އުންމީދު ކުރަނީ ޖުމްހޫރީ ޕާޓީ ވެސް އަދި ރައީސް މައުމޫން ވެސް އަޅުގަނޑުމެން މި ސިޔާސީ އެކުވުމުގައި މިހާރަށް ވުރެ މާބޮޑަށް ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށް،

5 ފެބްރުއަރީ 2017 | އާދީއްތަ 03:02
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއްވެސް ބޭފުޅަކަށް އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް އިރެއްގައި ނެންގެވިދާނެ ކަމަށް: ރައީސް ނަޝީދު

އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއްވެސް ބޭފުޅަކަށް އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް އިރެއްގައި ނެންގެވިދާނެ ކަމަކަށް، ހަގީގަތުގައި އެމްޑީޕީގެ ގިނަ މެންބަރުންނަކީ ރާއްޖޭގައި ތިބި މިނިވަން ޚިޔާލުގެ ބޭފުޅުން އަދި ރާއްޖޭގައި ތިބި ޑިމޮކްރަސީ ގަބޫލުކުރާ ގިނަ ބައިވަރު ރައްޔިތުން، އެ ރައްޔިތުންގެ އެ މެންބަރުންގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނުނެންގެވޭނެ، އަޅުގަނޑަކަށް ވެސް އަދި އެހެން އެއްވެސް ބޭފުޅަކަށް ވެސް، އެ މެންބަރުން އަމަލުކުރައްވަމުން ގެންދަވާނީ އެ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ޕާޓީއަށާއި ރާއްޖެއަަށް އެންމެ ފައިދާހުރި ގޮތަކަށް، އެ ބޭފުޅުން ވިސްނަވާނެ، އަޅުގަނޑަށް ފެނިފައި އޮތް ތަނުގައި އެބޭފުޅުންނަކީ ވިސްނުން ތޫނު ހާއްސަކޮށް ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ފުން ނަޒަރަކުން ބައްލަވާ ބޭފުޅުންތަކެއް، އެހެންވީމަ އަޅުގަނޑެއް ނުދެކެން އެ މެންބަރުންގެ ކޮންޓްރޯލް ނެގުމަކީ ބޭނުންތެރިކަމެއް ކަމަށް ވެސް،

5 ފެބްރުއަރީ 2017 | އާދީއްތަ 03:01
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެމްޑީޕީގެ މެމްބަރުން އެދެނީ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑު ނިކުތުމަށް: ރައީސް ނަޝީދު

އެމްޑީޕީ ދެކޭ ގޮތުގައި އެމްޑީޕީ އެދޭ ކެނޑިޑޭޓަކަށް، ޕާޓީ އެދޭ ކެނޑިޑޭޓަކަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވިއްޖެނަމަ ދެން އެދެނީ އެހެން ކެނޑިޑޭޓަކަށް ޕާޓީ އިން ތާއީދުކުރަން، އެ އަނެއް ކެނޑިޑޭޓަކީ އެބޭފުޅުންނެއް ނޭދޭ ޕާޓީގެ ކެނޑިޑޭޓަކަށް ވުމަކަށް، އަޅުގަނޑުމެން އެ ވިސްނުމުގައި މަސައްކަތް ކުރަނީ ހާއްސަކޮށް އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ދެކިވަޑައިގެން ތިއްބެވީ ޕާޓީ އެދޭ ކެނޑިޑޭޓް އެއީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެބޭފުޅުން ކުރުމަށް

5 ފެބްރުއަރީ 2017 | އާދީއްތަ 02:59
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފަލަސުރުހީ: ރައީސް މުހައްމަދު ނަޝީދާއެކު

ވޭތުވެދިޔަ 20-15 އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުން ވަނީ އަޅުގަނޑަށް ވަރަށް ބޮޑު ހޭދައެއްކޮށްފަ. އެ ރައްޔިތުންގެ އުންމީދުތަކެއް ވަނީ އަޅުގަނޑަށް މަސައްކަތްތަކަކާ ވަރަށް ބޮޑަށް ގުޅުވާފަ.  ވަރަށް ގިނަ ގައުމީ މަޖިލީހުގެ މެންބަރުން ވެސް އަދި އެހެން ރައްޔިތުން ވެސް އެބަ ދެކޭ އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އަޅުގަނޑުމެންގެ ފަރާތުން ކެނޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑު ހުރުމޭ.

5 ފެބްރުއަރީ 2017 | އާދީއްތަ 02:35