ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ފައިނަލް މެޗު

  • ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-2 ޕޮޗިއޮން
  • ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-2 ޕޮޗިއޮން
  • ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-2 ޕޮޗިއޮން
 
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-2 ޕޮޗިއޮން

67' ޓީސީގެ ފޭދޫ  އިއްބެ ޕޮޗިއޮންގެ އޭރިއާ ތެރެއަށް ވެދެ ދޮނުވާލި ބޯޅަށް ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެއް ކޯނަރަކަށް، އޭގެ ފަހުން ލިބުނު ހިލޭ ޖެހުމެއް ޔާމިން ވަނީ ފޮނުވާލާފަ، އެބޯޅަ ދިޔައީ ދަނޑި މަތިން، ޔާމިން ކުޅެން ނުކުމެފައި މިވަނީ ދާދި ދެންމެ އަކު..

4 މާރޗް 2017 | ހޮނިހިރު 00:04
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-2 ޕޮޗިއޮން

65' ޕޮޗިއޮން ނުރައްކާތެރި ހަމަލާއެއް ޓީސީގެ ގޯލާށް އަމާޒްކޮސް ފޮނުވާލައިފި، އެކަމަކު ބެންޖޯގެ ފައިގައި ޖެހުމުން ގޯލާ އަމާޒްވާ ގޮތެއް، ޓީސީގެ ފަރާތުން ފެންނަނީ ވަރަށް ބޮަޑށް ދޫކޮށްލައިގެން ތިބޭތަން، ފުރަތަމަ ހާފާއި ޚިލާފަށް ޓީސީގެ ކުޅުން ދައްކަން ފާހަގަކުރެވޭ

4 މާރޗް 2017 | ހޮނިހިރު 00:00
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-2 ޕޮޗިއޮން

59'  ޕޮޗިއޮން އަށް ކޯނަރެއް، އެޓީމުން ދެ ގޯލުވެސް ކަމިޔަބު ކޮށްފައިވަޏީ ލިބުނު ކޯނަރަކުން، ޕޮޗިއޮން އިން ވަރަށް ގާތްގާތުގައި ވަނީ ޓީސީގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮސްފައި

3 މާރޗް 2017 | ހުކުރު 23:53
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-2 ޕޮޗިއޮން

ޕޮޗިއޮންގެ މި ލަނޑަކީ ޓީސީގެ ދިފެންޑަރު ފައްރާހުގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެއް

3 މާރޗް 2017 | ހުކުރު 23:49
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-1 ޕޮޗިއޮން

54' ޕޮޗިއޮން އިން މެޗުގެ ލީޑު ނަގައިފި، މި ލަނޑު ކާމިޔާބު ކުރީ އެޓީމަށް ލިބުނު ކޯނަރަކުން 

3 މާރޗް 2017 | ހުކުރު 23:48
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެވަނަ ހާފް): ޓީސީ 1-1 ޕޮޗިއޮން

ފުރަތަމަ ހާފާއި ޚިލާފަށް ކޮރެއާ ޓީމުން ފެންނަނީ މާ ބޮޑށް ކުރިއަށް ޖެހިގެން ކުލޭތަން،  އެޓީމުގެ ކުޅުން ކުރީ ހާފާއި އަޅާ ބަލާއިރު، ވަރުގަދަ ކަމަށް ފެނޭ، ޓީސީން ފެންނަނީ ހަމަޖެހިގެން ކުޅެން މަސައްކަތްކުރާތަން، 

3 މާރޗް 2017 | ހުކުރު 23:41
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ދެ ހާފް): ޓީސީ 1-1 ޕޮޗިއޮން

ޓީސީ އާއި ޕޮޗިއޮން ބައްދަލުކުރާ މެޗުގެ ދެވަަނަ ހާފް ފަށައިފި

3 މާރޗް 2017 | ހުކުރު 23:38
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ހާފްޓައިމް): ޓީސީ 1-1 ޕޮޗިއޮން

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން. ޓީސީއަށް ލަނޑު ޖަހައިދިނީ ބެންޖޯ، ޕޮޗިއޮންއަށް ލަނޑު ޖަހައިދިނީ  ޖެންގް ޔޮންގް

3 މާރޗް 2017 | ހުކުރު 23:25
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 1-1 ޕޮޗިއޮން

ޕޮޗިއޮން އިން ލަނޑު ޖަހާފައިވަނީ  ޖީ ކިޔޯންގް ޑޫކް ނަގައިދިން ކޯނަރަކުން ޖެންގް ޔޮންގް، އޭނާ ލަނޑުޖެހި އިރު ހުރީ ރަނގަޅަށް މާކު ނުކުރެވިކަން ފާހަގަކޮށްލެވޭ

3 މާރޗް 2017 | ހުކުރު 23:24
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 1-1 ޕޮޗިއޮން

43' ޕޮޗިއޮން އިން ނަތީޖާ ހަމަކޮށްފި، އެޓީމުން ލަނޑު ޖަހާފައިވަނީ ލިބުނު ކޯނަރަކުން.

3 މާރޗް 2017 | ހުކުރު 23:20
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 1-0 ޕޮޗިއޮން

36' ޕޮޗިއޮން ވަރަށް ނުރައްކާތެރި ޙަމަލާއެއް، އެޓީމުގެ 20 ނަންބަރު ފޮނުވާލި ބޯޅަ ކީޕަރު ކިރަން ވަނީ ވަރަށް ހުޝިޔާރު ކަމާއިއެކު ދިފާއުކޮށްފައި

3 މާރޗް 2017 | ހުކުރު 23:16
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 1-0 ޕޮޗިއޮން

34' ޓީސީގެ ނާއިޒް (ދާދު) ގެ ހަމަލާއެއް، ގޯލާ ދިމާލަށް ދާދު ފޮނުވާލި ބޯޅަައިގައި މާ ބާރެއްނެތް، ބޯޅަ ދިޔައީ އަރިަމތިން ބޭރަށް

3 މާރޗް 2017 | ހުކުރު 23:11
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 1-0 ޕޮޗިއޮން

31' ޓީސީގެ ފޭދޫ އިއްބެ އަށް ވަރަށް ހުސް ފުރުސަތެއް، އެކަނިމާ އެކަނި ބޯޅަ ހިފައިގެން ޕޮޗިއޮން އޭރިއާ ތެރެއަށް ވަދެ ކީޕަރު ގައިން ނައްޓާލާން އުޅުމުގެ ތެރޭގައި ކީޕަރު ވަނީ އެ ބޯޅަ ސަލާމަތް ކޮށްފަ

3 މާރޗް 2017 | ހުކުރު 23:08
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 1-0 ޕޮޗިއޮން

28' އަނެއްކާވެސް ޓީސީގެ ހަމަލާއެއް، މިފަހަރުއޭރިއާ ބޭރުގައި ހުރެފައި ވަހީދު ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށް

3 މާރޗް 2017 | ހުކުރު 23:04
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 1-0 ޕޮޗިއޮން

20' ލީޑު ނެނގުމަށް ފަހު ޓީސީން ދަނީ މެޗު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން، ބެންޖޯ ކާމިޔާބު ކޮށްދިން ލަނޑަކީ ވަރަށް ރިތި ބަޮލުން ގޯލުގެ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެއް، އޭގެ ފަހުން ޕޮޗިއޮން އިން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލުމަށް މަސައްކަތް ކޮށްފަ، ނަމަވެސް ޓީސީގެ ކީޕަރު ކިރަން ވަނި އެ ބޯޅަ ސަލާމަތްކޮށް، މި މެޗުގައި ޓީސީއަށް ސަޕޯޓް ކުރުމަށް ގިނަ ދިވެހިން ސްޓޭޑިއަމްގައި ތިބި ކަން ފާހަގަ ކޮށްލެވޭ

3 މާރޗް 2017 | ހުކުރު 22:59
Writer Profile Picture
އަހުމަދު ފައިރޫޒު
ޓީސީން ލަނޑު ޖަހައިފި

17' ޓީސީއަށް ކޯނަރެއް، އައްޒާމް ނަގައިދިން ކޯނަރުން ލަނޑު ޖަހާފައިވަނީ އަބްދުﷲ ޙަނީފް ބެންޖޯ

3 މާރޗް 2017 | ހުކުރު 22:54
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 0-0 ޕޮޗިއޮން

12' މެޗުގެ މިހާތަނަށް އައިއިރު ދެ ޓީމުގެ ފަރާތުންވެސް ފެންނަނީ ވަރަށް ވާދަވެރި ކުޅުމެއް، ދެޓީމުން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފަ، ޓީސީގެ ފަރާތުން ފެންނަނީ ވަރަށް ވަރުގަދަ އަށް ހަމަލާތަކަށް އެރުމަށް މަސައްކަތް ކުރަމުން އަންނަތަން

3 މާރޗް 2017 | ހުކުރު 22:50
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 0-0 ޕޮޗިއޮން

06' ޓީސީ އަށް ރަނުގެ ފުރުސަތެއް، ފޭދޫ އިއްބެ އަށް ޕޮޗިއޮންގެ ހާފްތެރެއިން ލިބުނު ގޯލަށް ގާޮލާ ދިމާލަށް ފޮނުވާލި ނަމަވެސް ކުޑަތަންކޮޅެއް ބޭރުވީ، ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށް

3 މާރޗް 2017 | ހުކުރު 22:43
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް (ފުރަތަމަ ހާފް): ޓީސީ 0-0 ޕޮޗިއޮން

04' ޕޮޗިއޮން އިން ހަމަލާއެއް  އުފައްދަން މަސައްކަތްކުރި، އެކަމަކު މާ ނުރައްކާވާ ގޮތެއް ނުވި، ޓީސީއަށް ފުރުސަތެއް ވަނީ ލިބިފަ

3 މާރޗް 2017 | ހުކުރު 22:41
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް: ޓީސީ - ޕޮޗިއޮން

02' ޕޮޗިއޮން އަށް ލިބިނު ކޯރެއް، މާ ނުރައްކާ ކުރެވޭ ގޮތެއް ނުވި، ކީޕަރު ކިރަން އެ ބޯޅަ ދިފާއު ކޮށްފި

3 މާރޗް 2017 | ހުކުރު 22:39
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް: ޓީސީ - ޕޮޗިއޮން

މެޗު ފަށައިފި، މެޗު ފަށާފައިވަނީ ޓީސީން

3 މާރޗް 2017 | ހުކުރު 22:37
Writer Profile Picture
އަހުމަދު ފައިރޫޒު
ޝެއިޚް ކަމާލް ކަޕް ފައިނަލް: ޓީސީ - ޕޮޗިއޮން

މެޗު ފަށައިފި، މެޗު ފަށާފައިވަނީ ޓީސީން

3 މާރޗް 2017 | ހުކުރު 22:37
Writer Profile Picture
އަހުމަދު ފައިރޫޒު
މެޗު ފަށަން ދެޓީމުން ދަނޑަށް ނުކުމެއްޖެ

މެޗު ފެށުމަށްޓަކައި ދެޓީމުން ވެސް ވަނީ ދަނޑަށް ނުކުމެފައެވެ. މެޗު ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ދަނޑަށް ވަދެފަ، މެޗު ފަށަނީ ޓީސީ، 

3 މާރޗް 2017 | ހުކުރު 22:36
Writer Profile Picture
އަހުމަދު ފައިރޫޒު
ޓީސީގެ ފުރަތަމަ އެގާރައަށް ބަދަލެއް

ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ފައިނަލް މެޗުގެ ވާދަކުރާ ޓީސީގެ ފުރަތަމަ އެގާރައަށް ވަނީ ބަދަލެއް ގެނެވިފައެވެ. އެގޮތުން މި މުބާރާތުގެ ކުރިން ޓީމުން ކުޅެފައިވާ މެޗުތަކުގައި ފުރަތަމަ އެގާރައިން ފެންނަ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް މިއަދު ފުރަތަމަ އެގާރައިގައި ހިމަނާފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި މިއަދު ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ ސަމްވީލް ޤާސިމް ބޮންޑާއެވެ.

3 މާރޗް 2017 | ހުކުރު 22:33
Writer Profile Picture
އަހުމަދު ފައިރޫޒު
ދެޓީމުގެ ފުރަތަމަ އެގާރަ

ޓީސީ ސްޕޯޓްސް ކުލަބު

  • ގޯލް ކީޕަރު ކިރަން ކުމާރު ލިންބޫ
  • އަލް ސައިދު އީސާ އަލް މަޣްރަބީ
  • އަބުދުﷲ ޙަނީފް (ބެންޖޯ)
  • އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)
  • ޝަމްވީލް ޤާސިމް (ބޮންޑާ)
  • އަލީ ނާފިއު (ކަޅޭ)
  • އަހުމަދު ފައްރާހު
  • ހަސަން ނާއިޒް (ދާދު)
  • އައްޒާމް މުޙައްމަދު
  • ހަސަން އިބްރާހިމް ވަހީދު
  • މުޙައްމަދު އިމްޝާދު

 

ޕޮޗިއަން ސިޓިޒެން އެފްސީ

  • ގޯލް ކީޕަރު ޗޮއި އާން ސިއޯން
  • ލީ ސިއޯން ވޫ
  • ލީ މިން ކޭ ޔޫ
  • ޕާކް ޖުން ސޫ
  • ޖޭން ޔަންގް
  • ޖީ ކިޔޯންގް ޑިއުކް
  • ޕާކް ސިއުންގް
  • ކިމް ސިއޯން ޖިން
  • ޝައު ޓާއި ވޫ
  • ޝިން ސިއޯން ހިޔޫން
  • ހުވާން ޖިން ސާން

 

3 މާރޗް 2017 | ހުކުރު 22:24